އާރްޓީއެލް ފެރީއަކަށް މީހުން އަރުވަނީ - ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ
ހަބަރު
22 Nov 2022 | 09:18
އާރްޓީއެލްގެ ސްޕީޑް ފެރީތައް ޅ. އަތޮޅަށް ދަތުރު ފަށައިފި

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ "އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން ފެށި "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ހިދުމަތް ޅ. އަތޮޅަށް ދޭން ފަށައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޅ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތަށް އަހުލުވެރި ކުރުމުގެ ގޮތުން ދަތުރުތައް އިއްޔެ ފަށާފައިވާ ކަމަށެެވެ. އަދި މިހާރު ކުރިއަށްދާ ދަތުރު ތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. 

"ތިން ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު، މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ" މިނިސްޓްރީގެ ޓްވީޓްގައި ވެއެވެ.

ފެރީ ދަތުރުތައް ޅ.އަތޮޅުގެ ހުރިހާ ރަށްތަކަށް ދަތުރުކުރާ އިރު ޖުމުލަ ތިން ރޫޓަކުން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަތުރުކުރާ ޅ އަތޮޅުގެ ރަށް ރަށުން ޅ. މަޑިވަރުގައި ގާއިމްކޮށްފައިވާ އެއާޕޯޓްއަށް ވެސް އާރްޓީއެލް ފެރީގެ ދަތުރުތައް ކުރާނެއެވެ.

ޅ. އަތޮޅުގައި ފެރީގެ އަގުތައް ކޮޅަކަށް އުޅެނީ 35 ރުފިޔާއިން ފެށިގެން 105 ރުފިޔާއާ ދެމެދު އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ޖޫން 12 ގައި ފެށި އިރު، ފުރަތަމަ ފެށީ ޒޯން 1 ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ހއ. އަތޮޅުންނެވެ. އޭގެ ފަހުން ހދ.، އަދި ށ. އަތޮޅަށް ފެރީގެ ދަތުރުތައް ވަނީ ފަށައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.