ހަބަރު
22 Nov 2022 | 12:11
ފެބްރުއަރީން ފެށިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑުގައި ދަތުރެއް ނުކުރެވޭނެ

އަންނައަހަރުގެ ފެބްރުވަރީން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭނީ މުއްދަތުހަމަނުވާ ޑޮކިއުމެންޓް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ. 

މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓަރ ޖެނެރަލް އޮފް އޭވިއޭޝަން ސެކިއުރިޓީ ޙުސެއިން ނަޒީފް ސޮއިކުރައްވާ ރާއްޖޭގެ އެއަރޕޯޓް އޮޕަރޭޓަރުންނާއި، ލޯކަލް އެއަރލައިން އޮޕަރޭޓަރުންނާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ފޮނުވި ސަރކިއުލަރގައި މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓްތައް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭނެ އެންމެފަހު ތާރީޚެއްގެގޮތުގައި ބަޔާންކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 22 ވަނަ ދުވަހެވެ.

އެހެންކަމުން، އަންނައަހަރުގެ ފެބްރުވަރީ 23 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވެނީ މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އައިޑީ ކާޑު، ވާރކް ވިސާ، ލައިސަންސް ކާޑު ކަމަށާއި އަދި އެއަރޕޯޓު ސެކިއުރިޓީ ފާސް، ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑް ނަމްބަރު ޖެހި ރަސްމީ ލިޔުން ވެސް ބޭނުން ކުރެވޭނީ މުއްދަތު ހަމަނުވާ ނަމަ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. 

ކޮވިޑް-19 އާއި ގުޅިގެން އެފަދަ ލިޔެކުއުންތައް ހޯދުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އެ މިނިސްޓްރީން ވަނީ އެތެރެގޭ އުދުހުންތަކުގައި އެފަދަ ލިޔެކުއުންތަކުގެ މުއްދަތު ހަމަވެފައިވީނަމަވެސް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަވާފަ އެވެ.

އެގޮތުން ޓިކެޓް ގަތުމަށާއި އެއަރލައިންއަށް ޗެކިންގ ކުރުމަށާއި ސެކިއުރިޓީ ޗެކް ޕޮއިންޓުތަކުނ،ް ކާކުކަން ދެނެގަތުމަށް އެފަދަ ލިޔެކިޔުންތައް އަންނަނީ ބޭނުން ކުރަމުން ނެވެ.

އެހެންނަމަވެސް، ކޮވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައި އޮތް ސިއްހީ ކުއްލި ހާލަތު  13 މާޗް 2022 އުވާލާފައިވާއިރު، ދަތުރުފަތުރު ކުރުމަށްވެސް ދީފައިވާ ލުއިތައް ޑިފެންސް މިނިސްޓްރީން މިވަނީ އުވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.