ޕޯސްޓަރ/ އޯގަންޒާ
ވިޔަފާރި
24 Nov 2022 | 07:08
ޖޮއިން އެންޑް ވިން“ ނަމުގައި އޯގާންޒާ އިން ޚާއްސަ ޕްރޮމޯޝަނެއް!

މިފަހުން އަންހެން ކަނބަލުންނަށް ޙާއްސަ ކޮށްގެން ސޯސަންމަަގުގަ ހުޅުވި ”އޯގާންޒާ“ އިން ޚާއްސަ ޕްރޮމޯޝަން ފަށައިފިއެވެ. 

”ޖޮއިން އެންޑް ވިން"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގައި ބައިވެރި ވުމުގެ މުއްދަތަކީ ޑިސެންބަރު މަހުގެ ނިޔަލާ ހަމަައަށްށެވެ. މިޕްރޮމޯޝަންގެ ބައިވެރިންގެ ތެރެއިން 3 ބައިވެރިއަކަށް 3 ގިފްްޓް ވޯޗާސް ދޭން ވަނީ ހަމަޖެހިފައެވެ. 

އެގޮތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 1000ރ އަދި 2 ވަނަ ހޮވޭ ފަރާތަކަށް 500ރ އަދި 3 ވަނަ ހޮވޭ ފަރާތަކަށް 350ރ ގެ ވޯޗާ ދެވޭނެކަމަށް އެ ފިހާރައިގެ ފޭސްބުކް ޕޭޖް https://www.facebook.com/Organxza/ ގައި ވަނީ އިއުލާން ކޮށްފައެވެ. 

ޕްރޮމޯޝަންގައި ބައިވެރި ވުމަށް ”އޯގާންޒާ“ ގެ ވައިބާރ ކޮމުއިނިޓީ އަށް   https://invite.viber.com/?g2=AQAv9qmFAIHcq0%2FBzv9pSuCfW4ubqBLuhu7p1jjuLgPKQ1pgKviOdOWEueJfi0%2Bz ލިންްކް މެދުވެރި ކޮށް ޖޮއިން ކުރުމުން ބައިވެރިވެވޭނެއެވެ. 

”އޯގާންޒާ“ އަކީ މިހާރުގެ މާކެޓްރޭޓްތަކާއި ބަލާއިރު އަންބޭފުޅުންނަށް  ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ގިނަ އައިޓަމްސް ތަކެއް އެއްތާކުން ލިބެން އެންމެ އަގު ހެޔޮކޮށް ލިބޭނެ އެއް އައުޓްލެޓް ކަމަށް އެ ފިހާރައިން ބުނެއެވެ. 

"އޯގާންޒާ" ފިހާރާއިންޒަމާނީ ފެޝަންތަކުގެ  ޓޮޕާއި ޖިންސް އާއި ބުރުގާ ޝޯލް އަދި އަންޑާ ގާމެންޓްސް ލިބެންހުރެއެވެ. އަދި ހަމަ އެހެންމެ، ނިގާބް އަޅާ ފަރާތްތަކުން ބޭނުންކުރާ ސާމާނާއި އެކި ޑިޒައިންތަކުގެ ރީތި ފޮއްޗާއި ހެދުން ފެހުމަށް ބޭނުންކުރާ ސާމާނުތަކާއި އެއާ ގުޅުންހުރި ތަފާތު ބާވަތްތައްވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ރޭނދާ, ކަސަބު, ޒިބު، ގޮށް، ވެލިފޮތި، އަދިވެސް އިތުރު ފެހުމަށް ބޭނުންވާ ސާމާނު އެންމެ ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.

ކުޑަ މަސައްކަަތަކުން ބައިވެރިވެވޭ މިޕްރޮމޯޝަންގައި ކޮންމެ ބައިވެރި އަކަށްވެސް ވޯޗާ ހޯދުމުގެ ފުރުސަތު ލިބި އެ ވޯޗާއިން އެމީހަކު ބޭނުންވާނެ ކޮންމެ އައިޓަމެއް ލިބިގެން ދިޔުމަކީ ރަނުގެ ފުރުސަތެއް ކަމަށް އެ ފިހާރައިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.
12 Oct 2026
ހ. ގެއަކުން ގިނަ ބަނގުރާ ކޭސް އަތުލައިގެންފި
މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ މަޢުލޫމާތަކާ ގުޅިގެން ހ. މާދޫގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް، ގިނަ ޢަދަދެއްގެ ބަނގުރާ ކޭސް އަތުލައިގަނެ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.