ޑރ އިޔާޒު އަދި ހަސަން ލަތީފު/ ފޮޓޯ: ވޮއިސް
ހަބަރު
03 Dec 2022 | 13:35
ނަޝީދާއި މެދު އިޔާޒު ނުރުހުމަކީ، ނަޝީދަށް ވޯޓު ދޭނެ ސަބަބެއް: ހަސަން ލަތީފު

އެމްޑީޕީގެ ރިޔާސީ ޓިކެޓު އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފާނެތީ އަދާލަތު ޕާޓީގެ އިސްއެކްޓިވިސްޓް، އަދި ރައީސް ސޯލިހަށް ސޯޝަލް މީޑިއާގައި ހުޝާމަދުކުރައްވަމުން ގެންދަވާ ޑރ މުހައްމަދު އިޔާޒު ކަންބޮޑުވުން ފާޅުކުރެއްވުމަކީ ނަޝީދަށް އޮތް ތާއީދު އިތުރުވެގެންދާނެ ކަމެއްކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕާރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދުމަށް ބައްވާ ޕްރައިމރީގައި ނަޝީދު ބައިވެރިވެ ވަޑައިގަތުމަށް ނިންމެވުމާއި ގުޅިގެން، ނަޝީދަށް ވޯޓު ނުދިނުމަށް ގޮވާލާ ޑރ އިޔާޒު ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ. 

އެމްޑީޕީގެ އެތެރޭހެ އިންތިޚާބަކާއި ގުޅިގެން އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިއެއްކަމަށްވާ ޑރ އިޔާޒު ވަނީ، އެ އިންތިޚާބުގައި ނަޝީދާއި ދެކޮޅަށް ތެދުވެފައެވެ. ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭން "ހެޔޮނުވާނެ" ކަމަށް ޑރ އިޔާޒު ވިދާޅުވިއެވެ.

"ދެދުވަހު އެކައްޗެއް ނުކިޔާ މީހަކަށް ރިޔާސީ ކެނޑިޑޭޓުކަން ދޭން ހެޔޮނުވާނެ. ރޭގައި ބުނީ ނިޡާމު ބަދަލުކޮށްގެން ނޫނީ ޕްރައިމަރީ ބާއްވަން ޤަވާޢިދު ތަންނުދެޔޭ، މިއަދު އެހުރީ އެބުނާ ތަންނުދޭ ޕްރައިމަރީ އަށް ވޯޓު ހޯދަން ނިކުމެ"

އަދާލަތުގެ ދީނީ އިލްމުވެރިޔާ ޑރ އިޔާޒް 

ޑރ އިޔާޒުގެ އެ ޓްވީޓަށް ރައްދުދެއްވަމުން ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާތީ ޑރ އިޔާޒު ކަންބޮޑުވެލައްވާނަމަ، އަދި ނަޝީދަކީ ޑރ އިޔާޒު ގަޔާވާ މީހަކަށް ނުވާނަމަ، އެއީ އެމްޑީޕީ މީހުން ނަޝީދަށް ވޯޓު ދޭނެ ސަބަބެއް ކަމަށެވެ. 

ޑރ އިޔާޒު ގަޔާވާ މީހަކަށް ވޯޓުދީގެން އެމްޑީޕީއަށް ވެދާނެ ދެރަ ގޮތާއި މެދު އެމްޑީޕީގެ އާންމު މެމްބަރުން ވިސްނާނެކަމަށް ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ. 

"އައްދެ! ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުަރައްވާތީ އިޔާޒް ހާދަ ކަންބޮޑުވީ! ރ.ނަޝީދާ ހުރެ އިޔާޒް ތިޔަހާ ކަންބޮޑުވަންޏާ އެމްޑީޕީގެ މެންބަރުން ދެކޭނީ އެއީވެސް ސަބަބެއްކަމަށް ރ.ނަޝީދަށް ވޯޓުދޭން އޮތް.އިޔާޒް މާ ގަޔާވާ މީހަކަށް ވޯޓުދީގެން އަނެއްކާ  އަށް އެމްޑީޕީއަށް ވެދާނެ ދެރަ ގޮތަކާމެދު ވިސްނާނެ"

އެމްޑީޕީގެ ކުރީގެ ޗެއަރ ޕާރސަން ހަސަން ލަތީފު 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ދެ ލީޑަރުން ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާއިރު، ސަރުކާރު ކޯލިޝަންގައި ތިއްބެވި ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންވެސް ގެންދަވަނީ މި އިންތިޚާބުގައި ނުސީދާ ކެންޕެއިން ކުރައްވަމުންނެވެ. 

އެގޮތުން އަދާލަތު ޕާޓީއާއި އެ ޕާޓީގެ އިސް ބޭފުޅުން ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ތިއްބެވިކަން އެ ބޭފުޅުންގެ ވާހަކަތަކުން ޔަގީން ކުރެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.