މާރިޔާ އާއި ފިރިކަލުން ޓައިޓެނިކް ގެ މަންޒަރު ކުޅޭ ވީޑިއޯގެ ސްކްރީން ޝޮޓަކާއި ޓައިޓެނިކްގެ އެމަންޒަރު ފެންނަ ފޮޓޯއެއް
ހަބަރު
04 Dec 2022 | 15:18
ސިފައިންގެ އުޅަނދެއްގައި މާރިޔާއާއި ފިރިކަލުން ''ޓައިޓޭނިކް'' ގެ މަންޒަރެއް ކުޅުއްވާ ވީޑިއޯއެއް

ކޯސްޓު ގާޑު އުޅަނދެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ފިރިކަލުން އާމިރު، މަޝްހޫރު ހޮލީވުޑް ފިލްމް ޓައިޓޭނިކްގައި ލިއަނާޑޯ ޑީކެޕްރިއޯ އަދި ކޭޓް ވިންސްލެޓް ޓައިޓޭނިކް ބޯޓުގެ ދިރުނބާކޮޅުގައި ހުއްޓިގެން ތިބޭ ގޮތަށް ތިބެގެން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

ސިފައިންގެ އުޅަނދެއްގެ ކޮޅުފަސްކޮޅުގައި “ޓައިޓޭނިކް”ގެ މަންޒަރެއް ކުޅުއްވަނިކޮށް ނަގާފައިވާ އެ ވީޑިއޯއަކީ މާރިޔާގެ އިންސްޓަގުރަމް އެކައުންޓުގައި އިއްޔެ އަމިއްލައަށް އާންމުކުރެއްވި ވީޑިއޯއެކެވެ. އެ ވީޑިއޯގައި ކުޑަކުއްޖަކާއި ސިފައިންގެ މީހަކުވެސް ފެނެ އެވެ.

މި ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މާރިޔާއަށް އަމާޒުވެފައިވާ އިރު, ބައެއް މީހުން ބުނަމުންދަނީ މިއީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށާ މި މައްސަލަ ކަމާއިބެހޭ އިދާރާތަކުން ބަލަންޖެހޭނެ ކަމަށެވެ. 

އަދި ކޯސްޓު ގާޑު އުޅަނދުތައް މާރިޔާދީދީގެ އަމިއްލަ ބޭނުމަށް ބޭނުން ކުރުމަކީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުން ކަމަށްވެސް ހިޔާލު ފާޅުކުރި މީހަކު ބުނެފައިވެއެވެ.

މީގެ އިތުރުން، ސިފައިންގޭގެ ވަޒީފާގައި ކުރިން އުޅުއްވި ކުރީގެ ކޮމާންޑަރު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ގައުމީ ސަލާމަތުގެ މުދާ އާއިލާގެ އުފަލުގައި ބޭނުންކުރަމުންދާ ކަމަށާއި އޭސީސީން މިކަން ތަހުގީގުކުރަންޖެހޭ ކަމަށެވެ.

"އެމް.އެން.ޑީ.އެފް ގެ ގިނަ އުޅަދުތައް މަރާމާތު ކުރާނެ ފައިސާނެތިގެން ފައްތިޔަލުގައި ވާއިރު، ކިރިޔާވެސް ދުވާ އުޅަދެއްވެއްޖެޔާ މިޖެހެނީ މިގޮތައް އާއިލީ ނާޗަރަންގީޔަށް ބޭނުންކުރަން، މި ނުވޭތޯ މަގާމުގެ ނާޖާއިޒް ފައިދާ ނެގުމަކަށް؟ ބައްޕާރުސަލްގެ މައްސަލަ ބެލުމަށްވުރެ މިކަން ބެލުން ރަގަޅުނުންތޯ؟ އަނެއްކާ އެފްޕީއައިޑީ ގެ ލާރިގަނޑު ހުސްވަނީތޯ؟" ފަޔާޒު ފޭސްބުކުގައި ލިޔުއްވާފައިވެއެވެ. 

ކޯސްޓު ގާޑު އުޅަނދުތައް ޑިފެންސް މިނިސްޓަރުގެ އަމިއްލަ ބޭނުމަށް ބޭނުންކުރެވޭ އުސޫލެއް ސިފައިންގޭގައެއް ނޯވެއެވެ. އެހެން ނަމަވެސް މާރިޔާދީދީ އާއިލާ އާއި އެކު ރިސޯޓުތަކަށް ވަޑައިގަންނަވާ އިރުގަޔާއި، އެނޫންވެސް އަމިއްލަ ކަންކަމުގައި ކޯސްޓު ގާޑު އުޅަނދުތައް ބޭނުންކުރައްވާ ކަމުގެ ތުހުމަތުތައް ދޭތެރެ ދޭތެރެއިން ކުރެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.