ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
12 Dec 2022 | 00:06
މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެގޮތް ވަރަށް އަވަހަށް ހަމަޖެހޭނެ: ރައީސް

މަސްވެރިންނަށް ތެޔޮ ލިބުމުގެ ދަތިކަން ހައްލު ކޮށް، މަސްވެރިންނަށް ހެޔޮ އަގުގައި އަދި ކްރެޑިޓަށްވެސް ތެޔޮލިބޭނެ މަގު ދާދިއަވަހަށް ހަމަޖައްސައި ދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވިދާޅުވެއްޖެެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ ފަރެސް މާތޮޑާގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ހަވީރު، ފަރެސްމާތޮޑާ އާއި އަދި ހުވަދު އަތޮޅުގެ މަސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މަސްކިރުވުމަށް ހުރި ދަތިތަކާއި، މަސްވެރިން މަސްކިރުވުމަށް ދުރުދަތުރު ކުރަން ޖެހުމުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި، ތެޔޮލިބުމަށް ހުރި ދަތިތައް ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުވަދު އަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ މިދަތިތައް ދާދިއަވަހަށް ހައްލުކުރެވިގެންދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރުބިތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ. މީގެ އިތުރުން މަސްވެރިންނަށް ތެޔޮ ލިބުމުގެ ދަތިކަން ހައްލު ކުރުމަށް، އެސްޓީއޯ މެދުވެރިކޮށް ފިއުލް ސަޕްލައި އިން، މަސްވެރިންނަށް ހެޔޮ އަގުގައި އަދި ކްރެޑިޓަށްވެސް ތެޔޮލިބޭނެ މަގު ދާދިއަވަހަށް ހަމަޖައްސައި ދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް، ކޫއްޑޫގެ ކެޕޭސިޓީ ބޮޑު ކުރުމާއި ތިނަދޫގައި ޤާއިމް ކުރާ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖް ޤާއިމް ކުރުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތުވެސް ހާމަކުރައްވާފައެވެ. މީގެ އިތުރުން ފެލިވަރުގެ ކެޕޭސިޓީ މަތިކުރުމާއި، ތ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރިޔަށްދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިޖަލްސާގައި އެންމެ ޒުވާން ކެޔޮޅަށާއި، އެންމެގިނައިން މަސްކިރުވި ތިން ދޯންޏަށާއި، އެންމެ ގިނައިން މަސްގަތް ކުންފުނިތަކަށާއި، މަސްވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ފަރާތްތަކަށާއި، ކޭމްބްރިޖް އޯލެވެލް އިމްތިހާނުގައި މެރިންސައިންސް މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ސްކޫލުތަކަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ. 

މިޖަލްސާގައި ވަނީ، މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކުގެ ތެރެއިން، ކުރީގެ ފިޝަރީޒް މިނިސްޓަރ ، ހ. މީނާޒް، އަލްމަރްޙޫމާ ޑރ ފާޠިން ޙަމީދަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ
27 Jul 2026
ދުވާ ޓްރެކާ ދިމާ ނެރުން ވަންނަން އުޅުނު ލޯންޗެއް އަރިއަޅާލައި އަޑިއަށް
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗްގެ ބޮޑުބައި އަޑީގައި އޮތްއިރު އެ ހިސާބު މޫދުގައި އެއްބަޔަކު ތިއްބެވެ.
27 Jul 2026
މާފުށީގައި ޕެރެސެއިލިން އެއް ފަޅައިގެންގޮސް ނުރައްކާތެރި ހާދިސާއެއް
މި ހާދިސާގައި މޫދަށް ވެއްޓުނު މީހާއަށް މާބޮޑެތި އަނިޔާތަކެއް ނުވިނަމަވެސް މާފުށި ސިއްހީ މަރުކަޒުން ފަރުވާ ހޯދިކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ
27 Jul 2026
އިސްރާއިލް ސިފައިން ފަރުވާ ހުރަސްއެޅުމުން ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެ
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަސްކަރީ ޗެކްޕޮއިންޓެއްގައި އިސްރާއީލް ސިފައިން އެމްބިއުލާންސް ހުއްޓުވައި ލަސްކުރުމުގެ ސަބަބުން، ބަނޑަށް ހަ މަސްވެފައިވާ ފަލަސްތީނުގެ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެއެވެ.
27 Jul 2026
ކޯސްޓްގާޑުގެ އެމްއާރުސީސީ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިމާރާތް ހުޅުވައިދެއްވައި، އެމްއާރުސީސީގެ އޮޕްސްރޫމް ބައްލަވާލައްވައި ސެންޓަރުގެ އޮޕަރޭޝަނަލް ޤާބިލުކަމާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތުގެ ގޯތިތެރޭގައި ގަހެއް ވެސް އިންދަވައިދެއްވާފައެވެ.
27 Jul 2026
ފަޅުރަށަކުން ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، ވެލި ބަސްތާތައް ހުސްކުރުވައިފި
ފަޅުރަށަކުން ޤަވާއިދާ ޚިލާފަށް ވެލި ނަގަމުންދިޔަ ބަޔަކު ހުއްޓުވައި، އެ އެމީހުން ނަގާފައިވާ ވެލިތައް އަނބުރާ ހުސްކުރުވައިފިއެވެ.
27 Jul 2026
އީރާނުގެ އުޅަނދަށް ޔޫކްރެއިނުން ދިން ހަމަލާއަށް ރައްދުދޭނަން
ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އެ ގައުމުގެ އުޅަނދަކަށް އަމާޒުކޮށް ޔޫކްރެއިނުން ދިން މި ހަމަލާގައި އެއްޗެއް ގޮވައި، އުޅަނދުގައި ހުރި ފަޅުވެރިއަކު ވަނީ މަރުވެފައެވެ. އަދި މި ހާދިސާގައި އިތުރު ފަޅުވެރިއަކަށް އަނިޔާވެފައިވާ ކަމަށްވެސް އީރާނުން މައުލޫމާތު ދެއެވެ.
27 Jul 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަންހެންމީހާ ހުރި ކޮޓަރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ފައްސި ވެފައިވާކަން ވަގުތީ ނަތީޖާއިން ދައްކައެވެ.