ރައީސް ސޯލިހު ފަރެސްމާތޮޑާ އެމްޑީޕީ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ހަބަރު
12 Dec 2022 | 12:43
ރައީސް ސޯލިހު ފަރެސްމާތޮޑާ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގދ ފަރެސްމާތޮޑާއަށް ކުރައްވާ ދަތުރުފުޅުގައި، އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރ ޕާރސަން ފައްޔާޒް އިސްމާއިލްގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދާއި އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. 

ރައީސް ސޯލިހު ގދ އަތޮޅަށް ކުރައްވާ މި ފަތުރުފުޅަކީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރޭ އެރަށުގައި މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާއެއް ބާއްވަވާފައެވެ. އަދި އެ ޖަލްސާގައި ވާހަކަފުޅުވެސް ދައްކަވާ މަސްވެރިންނަށް ކޮށްދެއްވާނެ ކަންކަމުގެ ވާހަކަފުޅުތައް ހިއްސާކުރައްވާފައެވެ. 

ރައީސް ސޯލިހުއަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރަށް ވެފައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑިޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވާ ބޭފުޅެކެވެ. 

އެމަނިކުފާނު މިއަދު އެމްޑީޕީގެ މެމްބަރުންނާއި ވަކިން ބައްދަލުކުރައްވާފައިވާއިރު، ޕާޓީއާއި މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާނެކަމަށް ބެލެވެއެވެ. 

އޭގެ އިތުރުން ޕާޓީގެ ކުރިމަގާއި މެދު މެމްބަރުންގެ ޚިޔާލު ހޯއްދަވާނެކަމަށްވެސް ބެލެވެއެވެ. 

ރައީސް ސޯލިހު ފަރެސްމާތޮޑާގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާފައިވާކަން އެ ޕާޓީގެ އޮފިޝަލް ޓޮވިޓާ އެކައުންޓުން ވަނީ ހިއްސާކުރައްވާފައެވެ. އަދި އެ ބައްދަލުވުމުގެ ވަރަށް ގިނަ ފޮޓޯތައްވެސް ހިއްސާކޮށްފައިވެއެވެ. 

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް އައްޔަން ކުރުމަށް ބައްވާ ޕްރައިމަރީ ބޯމަތިވަމުން އަންނައިރު، އެ ޕްރައިމަރީގައި ބައިވެރިވުމުގެ ޝައުގުވެރިކަން އެމްޑީޕީގެ ދެ ރައީސުންވެސް ވަނީ ފާޅުކުރައްވާފައެވެ. 

އެއާއެކު އެމްޑީޕީގެ ދެ ރައީސުންގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ބަހުގެ ހަމަލާތަކެއްވެސް ވަނީ ބަދަލުކުރެވެން ފަށައިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ
28 Jul 2026
ޤައުމީ އަސްކަރިއްޔާގެ ހިނގާލުން މާދަމާ ހުޅުމާލޭގައި
ލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރި
28 Jul 2026
ކުޑަކުދިން ބަހައްޓާ ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް ހައްޔަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ.
28 Jul 2026
ދަރަނީގެ ހާމަކުރުމާއި އިންވެސްޓަރުންނާ ގުޅުން ބެލެހެއްޓުމުގައި ސްރީލަންކާ ދުނިޔޭގެ ހަތަރުވަނައަށް
ސްރީލަންކާގެ ފިނޭންސް ވުޒާރާއިން ބުނީ މި ކުރިއެރުން ހާސިލުކުރެވުނީ 2024 ވަނަ އަހަރުގެ ފަހުކޮޅު ޕަބްލިކް ޑެޓް މެނޭޖްމެންޓް އޮފީހުގެ ދަށުން ރަސްމީ އިންވެސްޓާ ރިލޭޝަންސް ޕްރޮގްރާމެއް ޤާއިމުކުރުމުގެ ސަބަބުން ކަމަށެވެ.
28 Jul 2026
އޮގަސްޓް އިންޓޭކްއަށް ފޯމު ހުށަހެޅުމުގެ ފަހު ފުރުސަތު ބުރާސްފަތި ދުވަހު
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2026 ގެ ދެވަނަ ޓާރމްގެ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ އެންމެފަހު ސުންގަޑިއަކީ މިމަހު 30 ވާ ބުރާސްފަތި ދުވަސް ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.
28 Jul 2026
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.
28 Jul 2026
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި
ޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.