ގަލޮޅު މޮޗަރީ ކައރީ ފުލުހުން -- ފޮޓޯ/ވޮއިސް
ހަބަރު
12 Dec 2022 | 13:54
ޕޯސްޓްމޯޓަމް ހެދުމަށް ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި

ހދ. ނޮޅިވަރަމުގައި ނިޔާވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ނިޝާމާ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިތެރޭގައި ޚަބަރު ހުސްވެފައި އޮއްވާ ޢާއިލާއަށް ފެނުނީ މިދިޔަ ހޮނިހިރު ދުވަހު މެންދުރު ގެ ވަގުތެއްގައެވެ. 

އެ މައްސަލަ އާއި ގުޅިގެން ފުލުހުން އެދުވަހު ބުނީ، ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ، އެދުވަހު މެންދުރު 12:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

އަދި އެ މައުލޫމާތު ލިބުމާއި އެކު ފުލުހުން، އެ ސީން އަށް އެޓެންޑްވެ ހޭނެތިފައި އޮތް މީހަކު، ފުލުހުންގެ އެހީތެރިކަމާއެކު އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

އަދި އެއީ 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށާ، އެ މީހާ ހެލްތު ސެންޓަރ އަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް، ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

އެކަމާއި ގުޅިގެން މައުލޫމާތު ދެމުން މިއަދު ފުލުހުން ބުނީ، ޕޯސްޓްމޯޓަމް ހެދުމަށް ނިޝާމާގެ ހަށިގަނޑު މިހާރު މާލެ ގެނެވިފައިވާ ކަމަށާ، އެކަމަށްޓަކައި ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ. 

ނިޝާމާގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައި ވަނީ އޭނާގެ ފިރިމީހާ އެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށް ފުލުހުން ރޭ ބުނެފައި ވެއެވެ. 

ކޮމެންޓް
އަންނައުނު
ޕޯސްޓް މޯޓަމާ އޮޓޯޕްސީއާ ހަދައިގެން ކޮން އިތުރު ވޭނެއް މައްޔިތާއަށް ދޭކަށް؟ ފެންނަން އޮތީ ހަޤީގަތް. ރާގު ބަދަލުވެ، މޮޅު ނަންނަން ކިޔާ އެއްޗެހި ހެދުމުގެ ބޭނުމެއް އޮތްހެނެއް ހީއެއް ނުވޭ.
12 Dec 2022
ގުޅޭ ލިޔުންތައް
25 Sep 2026
ޙޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސަޢޫދީ ދިފާޢުކުރުމަށް ކުއްލި ބައްދަލުވުމެއް
ޙޫޘީންގެ ހަމަލާތަކާ ގުޅިގެން ސަޢޫދީ އާއި ތުރުކީ އާއި ޕާކިސްތާނުން ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.