ގެވެށި އަނިޔާ ރަމްޒުކޮށްދޭ ކުރެހުމެއް
ރިޕޯޓް
12 Dec 2022 | 18:01
އަވައްޓެރިޔާއަށް ގެވެށި އަނިޔާ ކުރާކަން އެނގޭތަ؟ މި އޮތީ ރިޕޯޓު ކުރާނެ ގޮތް

ގެވެށި އަނިޔާ އަކީ ރާއްޖޭގައި އާންމު ވެފައިވާ ބޮޑު އިޖްތިމާއީ މައްސަލައެކެވެ. 

އެހެން ނަމަވެސް މިއީ، އާދަގެ ކަމަކަށް ހަދާ ދޫކޮށްލެވޭ ވަރަށްވުރެ ނުރައްކާތެރި ކަމެއްކަން މިފަހުން ފެންމަތިވެފައިވާ މައްސަލަތަކަށް ބަލާލުމުންވެސް ހާމަވެގެންދެއެވެ. 

މީހަކަށް ގެވެށި އަނިޔާއެއް ކުރާކަން ފާހަގަކުރެވޭނަމަ އެއީ އަޅާ ނުލާ ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ. އަދި ތިމާއާއެކު އުޅޭ، ނުވަތަ ތިމާއާއި އިންވެގެން ހުންނަ ގެ ތަކުގައި ދިރިއުޅޭ މީހަކަށް އެފަދަ ކަމެއް ކުރިމަތިވޭތޯ ބަލާ އޮޅުން ފިލުވަންވެސް ޖެހެއެވެ. 

އެއީ ފަހަރެއްގައިވެސް މީހެއްގެ ޒާތީ ދިރިއުޅުމާއި ބެހުން ކަމަކަށް ނުބެލެވޭނެއެވެ. ނުވަތަ ތިމާއާއި ނުބެހޭ ކަމެއްގައި މަތިން ބައިން ޖެހުން ކަމަކަށްވެސް ނުބެލެވޭނެއެވެ. 

ތިމާފަދަ އަނެއް މީހާއަށް، އޭނާގެ މައްޗަށް ބާރު ފޯރުވޭ މަގާމެއްގައި ހުރި މީހެއްގެ ފަރާތުން ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާތަކެއް ލިބެމުންދާކަން ފާހަގަކުރެވޭނަމަ ލަސްނުކޮށް ކަމާ ބެހޭ ފަރާތަށް ރިޕޯޓު ކުރަންވީއެވެ. އެއީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެކެވެ. 

ފަހަރުގައި ރިޕޯޓު ނުކޮށް، ތިމާއާއި ނުބެހޭ ކަމެއް ކަމުގައި ދެކިގެން އަޅާ ނުލާ ހުރެއްޖެ ކަމަށް ވާނަމަ އަނިޔާވެރިކަން ބޮޑުވެ، މީހެއްގެ ފުރާނަ ދިއުމަކީވެސް ވެދާނެ ކަމެކެވެ. އަނެއްކޮޅުން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް ދުރާލާ އެ އަނިޔާތަކުން މީހާ ސަލާމަތް ކޮށްދެވިއްޖެ ނަމަ، އެ ސަލާމަތް ކޮށްދެވުނީ ފުރާނައެކެވެ. މީހެއްގެ މުސްތަގުބަލެވެ. 

އެހެން ކަމުން ތިމާގެ އަވެއްޓެރިއަކަށް، ނުވަތަ ތިމާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް ގެވެށި އަނިޔާ ކުރާކަން އެނގޭނަމަ، ލަސްނުކޮށް ރިޕޯޓު ކުރާށެވެ. އަދި އެފަދަ މައްސަލަތައް ކަމާ ގުޅުންހުރި ފަރާތްތަކަށް ރިޕޯޓު ކުރުމަށް ބާރު އަޅާށެވެ. 

ގެވެށި އަނިޔާ ރިޕޯޓްކުރުމަށް 1421

ގެވެށި މައްސަލަތައް ރިޕޯޓު ކުރެއްވުމަށް، މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާރވިސަސްގެ ހިލޭ ގުޅޭ ނަންބަރު 1421 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރައްވާށެވެ.

އެމަރޖެންސީ ހާލަތްތަކުގައި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ހިލޭ ގުޅޭ ނަންބަރު 119 އަށް، އެމަރޖެންސީ ނޫން ހާލަތްތަކުގައި އެ މުއައްސަސާގެ 3322111 ނަންބަރު އަދި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ނަންބަރު 3300600 ނަންބަރަށް ގުޅުއްވާށެވެ. 

ކުޑަ ކުދިންނާއި ގުޅުންހުރި މައްސަލައެއް ނަމަ ނުވަތަ ކުޑަ ކުއްޖަކަށް އަނިޔާއެއް ލިބޭކަން ފާހަގަކުރެވޭނަމަ ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅުއްވާ މައްސަލަ ރިޕޯޓު ކުރައްވާށެވެ. 

އޭގެ އިތުރުން ގެވެށި އަނިޔާއައި ގުޅުންހުރި މައްސަލަތައް ހިއްސާކުރެެއްވުމަށް ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަންގެ ނަންބަރު 3327117، އަދި ފެމެލީ ލީގަލް ކްލިނިކްގެ ނަންބަރު 9977771، އަދި 3331779 އާއި ގުޅުއްވައިގެންވެސް ރިޕޯޓު ކުރެވޭނެއެވެ. 

ގެވެށި އަނިޔާ ހުއްޓުވޭނީ ގުޅިގެން އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ. މުހިންމީ އަނިޔާއެއް ލިބޭނަމަ، އެކަން ވީ އެންމެ އަވަހަށް ހުއްޓުވާ، ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އެކަން ކުރުމަށް، އެފަދަ މައްސަލަތައް ލަސްނުކޮށް ރިޕޯޓުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ކޮމެންޓް
އަލީ
ތީ ހުސްވާހަކަ އެވެސް ކަމެވާތަނެނޫ
12 Dec 2022
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ