ގަލޮޅު މޮޗަރީ ކައރީ ފުލުހުން -- ފޮޓޯ/ވޮއިސް
ހަބަރު
17 Dec 2022 | 12:48
ނިޝާމާގެ ޕޯސްޓްމޯޓަމް ނުހެދި ހަފްތާއެއް؛ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

ނިމިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ހދ. ނޮޅިވަރަމުގައި ނިޔާވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު، ނިޔާވިތާ ހަފްތާއެއް ވެފައިވާއިރު ވެސް ޕޯސްޓްމޯޓަމް ނުހަދާތީ ޢާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

މިމަހު 10 ވަނަ ދުވަހު ނިޔާވި ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު މާލެ ގެނެވުނީވެސް މިމަހުގެ 12 ވަނަ ދުވަހުއެވެ. 

އެއަށްފަހު ފުލުހުން ބުނީ، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ފޮނުވިފައި ނުވާއިރު، އެކަމާއި ގުޅިގެން މިއަދުވެސް ފުލުހުންގެ މީޑިއާ އޮފިޝަލް 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަމަ އެފަދައިންނެވެ. 

"ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދަނީ" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

ފުލުހުން މިފަދައިން ވިދާޅުވެފައިވާއިރު, ނިޝާމާގެ ޖަނާޒާގެ ކަންކަން ކުރިއަށް ނުގެންދެވޭތީ އޭނާގެ އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޢާއިލާއިން ވޭހާވެސް އަވަހަށް ޖަނާޒާގެ ކަންކަން ކުރަން ބޭނުންވާއިރު، އެކަން ކުރެވެން އޮތީ ޕޯސްޓުމޯޓަމަށް ފަހުގައެވެ. 

އެހެންކަމުން، ޢާއިލާއިން މިހާރުވެސް އެދެމުންދަނީ ވޭހާވެސް އަވަހަށް ޕޯސްޓްމޯޓަމް ގެ ކަންކަން ނިންމުމަށްފަހު ނިޝާމާގެ ހަށިގަނޑު ޢާއިލާ އާއި ހަވާލުކުރުމެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޙޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސަޢޫދީ ދިފާޢުކުރުމަށް ކުއްލި ބައްދަލުވުމެއް
ޙޫޘީންގެ ހަމަލާތަކާ ގުޅިގެން ސަޢޫދީ އާއި ތުރުކީ އާއި ޕާކިސްތާނުން ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.