Advertisement

ކުލަގަދަ ރަސްމިއްޔާތަކާއެކު އެސްޓިއޯ ގައްދޫ ފުޓްސަލް ޗެލެންޖު ފަށައިފި

22 Dec 2022 | 17:06
އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން :- ގާފު ފޮޓޯ | ޝަޖާއަތު އަހުމަދު

އެސްޓިއޯ ގައްދޫ ފުޓްސެލް ޗެލެންޖް 2022 ނަމުގައި 18 ޓީމާއި އެކު ގދ.ގައްދޫގައި މިއަދު ހަވީރު ފުޓްސަލް މުބާރާތެއް ފަށައިފިއެވެ. އަންހެން އަދި ފިރިހެން ދެޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުން މިއަދު ފެށިއިރު އަންހެން ޑިވިޝަންގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގެ ދެޖިންސުގެ ޒުވާނުންނަށް ހުޅުވާލެވިގެން ބާއްވާ މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި 12 ޓީމު އަދި އަންހެން ޑިވިޝަންގައި 06 ޓީމު ބައިވެރިވެފައި ވެއެވެ.

މުބާރާތުގެ މެޗުތަށް ގައްދޫ ކައުންސިލްގެ ފޭސްބުކު ޕޭޖުން ލައިވްކުރުމަށް ވަނީ ނިންމާފައެވެ. މުބާރާތުގެ ލައިވް ކަވަރޭޖްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލިޝް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި މި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ގާފު އޮންލައިން އެވެ.

Advertisement

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން :- ގާފު ފޮޓޯ | ޝަޖާއަތު އަހުމަދު

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ، ގައްދޫ ޑަބްލިއުޑީސީ އާއި، ގދ. އަތޮޅު ކައުންސިލާއި ޔޫތު މިނިސްޓްރީ އެވެ. މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ދިރާގު ، ކިންގް ސްޕޯޓްސް އެމްވީ ، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ( ތާޒާ ) ، ފެނަކަ ، އާރްޑީސީ ، ރަތެ ކޭވަކެ ، ގްލެމިފައި ، ބްރިލިއަންޓް ކޮމްޕެނީ ، އަޔާޑާ މޯލްޑިވްސް ، ގޭންގް ޖަމިއްޔާ، ލާޔާ އެސޯސިއޭޝަން ، އޯއާރްވައިއެކްސް ހާޑްވެއާ ، އެލިއަން ، ފާތިމަތު އަނާ، އަޒުމް 2، ގޯބީސް މޯލްޑިވްސް، އިންކް ސެންޓާރ ، މައިކްރޯ ލިންކްސް، ޔޮލްކް ފުޓްބޯޅަ ކްލަބު ، ސްޓާރ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސް ، ބޭންކް އޮފް މޯލްޑިވްސް އަދި ނައިސް މާޓެވެ.

Advertisement

ކޮމެންޓް