މީގެ ކުރިން ބޭއްވި ޢާއިލީ ހާވީރެއް
ހަބަރު
20 Mar 2026 | 16:01
ދިވެހި ފުލުހުންގެ 'ޢީދު ހަވީރު 1447' ގްރޭޓާރ މާލޭގެ 4 ސަރަހައްދެއްގައި ބާއްވަނީ

ފިތުރު ޢީދުގެ އުފާފާޅުކުރުމަށާއި ފުލުހުންނާއި ރައްޔިތުންގެ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ދިވެހި ފުލުހުންގެ ހިދުމަތުން އިންތިޒާމުކުރާ 'ޢީދު ހަވީރު 1447' ގްރޭޓަރ މާލޭގެ ހަތަރު ސަރަހައްދެއްގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށްދާނީ މާރިޗު 20 އިން 22 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭ ގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ މާލޭގެ އިސްލާމީ މަރުކަޒުގެ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކާއި، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދުގެ އިތުރުން ވިލިމާލޭ ފުޓްބޯޅަ ދަނޑުގައެވެ. މިއީ އާއިލާތަކަށް އަމާޒުކޮށްގެން، ޢީދުގެ އުފާވެރިކަން އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

މި "ޢީދު ހަވީރު" ގައި ކުޑަކުދިންނާއި އާއިލާތަކަށް ބައިވެރިވެވޭނެ ތަފާތު މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި ހަރަކާތުގެ ބޭނުމަކީ ހިތްފަސޭހަ މާހައުލެއްގައި ފުލުހުންނާއި ރައްޔިތުން ބައްދަލުވެ، އެކުވެރިކަމުގެ ގުޅުން ވަރުގަދަކުރުން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ވީހާވެސް ގިނަ އާއިލާތަކުން ކުދިންނާއެކު މި ހަރަކާތުގައި ބައިވެރިވުމަށް ފުލުހުން ވަނީ އެދިފައެވެ. މި ހަރަކާތްތައް ރޭވިފައިވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެ ފަދަ ގޮތަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.