Advertisement

ފުރަތަމަ މެޗު ކާމިޔާބުކުރީ އެފްސީ ލެޖެންޑް

22 Dec 2022 | 18:40
ފުރަތަމަ މެޗުގައި އަޔާޑާ އާއި އެފްސީ ލެޖެންޑް ވާދަކުރަނީ

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގެ ގުރޫޕް އޭ ގެ ފުރަތަމަ މެޗުގައި 3-2 ން އަޔާޑާ ބަލިކޮށް މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް އެފްސީ ލެޖެންޑުން ހޯދައިފިއެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑް ހޯދީ އެފްސީ ލެޖެންޑުން ނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިފްޝާން އެވެ. އެޓީމުން ލީދުނެގިތާ މާގިނައިރެއްނުވެ އަޔާޑާއިން މެޗުގެ ނަތީއްޖާ ހަމަހަމަކުރިއެވެ. އަޔާޑާއަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ރަޝިދު އެވެ.

އަޔާޑާގެ ގޯލަައްފަހު އެފްސީ ލެޖެންޑުން ކުޅުން ރަގަޅުކޮށް ދެވަނަ ފަހަރަށް މެޗުގައި ލީޑުނެގިއެވެ. މި ލިނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްހާގް ރަޝީދުއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރިފްޝާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްދީފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 3-1 އެފްސީ ލެޖެންޑް ކުރީގައި އޮވެގެންނެވެ.

Advertisement

ދެވަނަ ހާފުގައި އަޔާޑައިން ކުޅުން ރަގަޅުކޮށް އެފްސީ ލެޖެންޑްގެ ގޯލައް ގިނަ ހަމަލާތަކެއްފޮނުވާލިއިރު އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖީހާން އަހުމަދު ޝާކިރު އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުންކުރެ ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި، މެޗު ނިމިގެން ދިޔައީ 3-2 ގެ ނަތީޖާއަކުން އެފްސީ ލެޖެންޑު ކުރީގައި އޮވެއެވެ.

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖު ފެށުމުގެ ރަސްމިއްޔާތު ތެރެއިން :- ގާފު ފޮޓޯ | ޝަޖާއަތު އަހުމަދު

މި މެޗުގެ ކިންގ އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ލެޖެންޑުގެ (ޖ.10) އަބްދުﷲ މުއާޒް އެވެ.

ގައްދޫ ކައުންސިލުން ބާއްވާ މި މުބާރާތް ރަސްމީކޮށް ފެށި މިއަދު ހަވީރު އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގައި 12 ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ 6 ޓީމަކުންނެވެ. މިއަދު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޝަންގެ މެޗުތަކުންނެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ، ގައްދޫ ޑަބްލިއުޑީސީ އާއި، ގދ. އަތޮޅު ކައުންސިލާއި ޔޫތު މިނިސްޓްރީ އެވެ. މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ދިރާގު ، ކިންގް ސްޕޯޓްސް އެމްވީ ، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ( ތާޒާ ) ، ފެނަކަ ، އާރްޑީސީ ، ރަތެ ކޭވަކެ ، ގްލެމިފައި ، ބްރިލިއަންޓް ކޮމްޕެނީ ، އަޔާޑާ މޯލްޑިވްސް ، ގޭންގް ޖަމިއްޔާ، ލާޔާ އެސޯސިއޭޝަން ، އޯއާރްވައިއެކްސް ހާޑްވެއާ ، އެލިއަން ، ފާތިމަތު އަނާ، އަޒުމް 2، ގޯބީސް މޯލްޑިވްސް، އިންކް ސެންޓާރ ، މައިކްރޯ ލިންކްސް، ޔޮލްކް ފުޓްބޯޅަ ކްލަބު ، ސްޓާރ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސް ، ބޭންކް އޮފް މޯލްޑިވްސް އަދި ނައިސް މާޓެވެ. އަދި މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއވެ.

Advertisement

ކޮމެންޓް