Advertisement

މަރަޑޯނާއަށް ފަހު މެސީގެ ފޮޓޯ އަޖެންޓީނާގެ ޕެސޯ ނޫޓުގައި

22 Dec 2022 | 19:50
މެސީ އަދި މަަރަޑޯނާ

އާޖެންޓީނާގެ ސެންޓްރަލް ބޭންކުން 1000 ޕެސޯ ނޫޓުގައި ލިއޮނަލް މެސީގެ ފޮޓޯޖެހުމަށް ވިސްނަމުން އަންނަ ކަމަށް އެގައުމުގެ ނޫހެއްކަމަށްވާ އެލް ފިނަންސިއެރޯ ނޫހުން ރިޕޯޓް ކޮށްފިއެވެ.

މެސީ އަކީ އާޖެންޓީނާ އަށް ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަނެވެ. މީގެ އިތުރުން ފާއިތުވި 36 އަހަރުގެ އެޓީމަށް ވޯލްޑް ކަޕް ކާމިޔާބުކުރެވިފައި ނުވާތީ މިކާމިޔާބީ އާއި އެކު މެސީގެ މަގުބޫލުކަން އެގައުމުގައި ވަނީ އެތަށް ގުނައަަށް އިތުރުވެގެން ގޮސްފައެވެ.

 10 ޕެސޯ ނޫޓުގައި މަރަޑޯނާގެ ފޮޓޯ

ޤައުމީ ޓީމު ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް އެގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެފައިވާއިރު މަޝްހޫރު އޮބެލިސްކޯގައި ކުރިއަށްދިޔަ އުފާފާޅުކުރުންތަކުގައި އެތައް މިލިއަން ބަޔަކު ބައިވެރިވި އެވެ.

1000 ޕެސޯ ނޫޓުގައި ލިއޮނަލް މެސީގެ ފޮޓޯ

އާޖެންޓީނާގެ ސެނެޓަރު ނޯމާ ޑުރަންގޯ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑިއޭގޯ މަރަޑޯނާގެ މަރުވުމުނ،ް އޭނާގެ ތަސްވީރު ޕެސޯ ނޯޓުގައި ޖެހުމަށް ގޮވާލާފައިވެއެވެ. އޭރު އޭނާ ލަފާދިނީ ނޫޓުގެ އެއްފަރާތުގައި މަރަޑޯނާގެ ފޮޓޯ އަދި ނޫޓުގެ އަނެއް ފަރާތުގައި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑާ ދެކޮޅަށް މަރަޑޯނާ އަތުން ޖެހި "ހޭންޑް އޮފް ގޯޑް" ގޯލުގެ ފޮޓޯ ހިމެނުމަށެވެ.

Advertisement

ކޮމެންޓް