Advertisement

މުލްހާމްގެ ހެޓްރިކާއެކު އުތުރުކޮޑާއަށް ފަސޭހަ މޮޅެއް!

22 Dec 2022 | 22:35
ނިއުޖެނެރޭޝަން އާއި އުތުރުކޮޑާ ވާދަކުރި މެޗުތެރެއިން :- ގާފު ފޮޓޯ | ޝަޖާއަތު އަހުމަދު

އެސްޓީއޯ ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅެވުނު ގުރޫޕް ބީގެ ފުރަތަމަ މެޗުގައި އުތުރުކޮޑާއާއި ނިއުޖެނެރޭޝަން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު 10-1 ން އުތުރުކޮޑާއިން ކާމިޔާބުކޮށްފިއެވެ. 

މެޗުގެ ފުރަތަމަ ހާފުގައި އުތުރުކޮޑާ ޓީމުން ތިން ލަނޑި ކާމިޔާބުކުރި އިރު މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު ހަތް ލަނޑު ކާމިޔާބުކުރިއެވެ. މިރޭގެ މެޗުގައި ނިއު ޖެނަރޭޝަންގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނުނު އިރު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަމއެކަނި ގޯލް ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝަހުދާން އެވެ.

މި މެޗުގައި އުތުރުކޮޑާގެ ގޯލުތަށް ކާމިޔާބުކޮށްދިނީ އިޔާސް ނާޒިމް، އިބްރާހިމް ހުސެއިން، ޒިޔާން އަހުމަދު، މުލްހާމް އިބްރާހިމްގެ އިތުރުން މުހައްމަދު ސާއިދު އެވެ. މި މެޗުގައި ކިންގް އޮފްދަ މެޗަށް ހޮވުނު މުލްހާމް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ހަދާފައިވާއިރު ޒިޔާން އާއި އިބްރާހިމް ހުސެއިން އަދި ސާއިދު މިއިން  ކޮންމެ ކުޅުންތެރިއަކު ދެގޯލް ކާމިޔާބުކުރިއެވެ.

Advertisement

ގައްދޫ ކައުންސިލުން ބާއްވާ މި މުބާރާތް ރަސްމީކޮށް ފެށި މިއަދު ހަވީރު އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގައި 12 ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ 6 ޓީމަކުންނެވެ. މިއަދު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޝަންގެ މެޗުތަކުންނެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާއިރު، މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އެވެ. އަދި އެސޯސިއޭޓް ޕާޓްނަރުންނަކީ، ގައްދޫ ޑަބްލިއުޑީސީ އާއި، ގދ. އަތޮޅު ކައުންސިލާއި ޔޫތު މިނިސްޓްރީ އެވެ. މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ދިރާގު ، ކިންގް ސްޕޯޓްސް އެމްވީ ، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ( ތާޒާ ) ، ފެނަކަ ، އާރްޑީސީ ، ރަތެ ކޭވަކެ ، ގްލެމިފައި ، ބްރިލިއަންޓް ކޮމްޕެނީ ، އަޔާޑާ މޯލްޑިވްސް ، ގޭންގް ޖަމިއްޔާ، ލާޔާ އެސޯސިއޭޝަން ، އޯއާރްވައިއެކްސް ހާޑްވެއާ ، އެލިއަން ، ފާތިމަތު އަނާ، އަޒުމް 2، ގޯބީސް މޯލްޑިވްސް، އިންކް ސެންޓާރ ، މައިކްރޯ ލިންކްސް، ޔޮލްކް ފުޓްބޯޅަ ކްލަބު ، ސްޓާރ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއާސް ، ބޭންކް އޮފް މޯލްޑިވްސް އަދި ނައިސް މާޓެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ.

Advertisement

ކޮމެންޓް