އަލޮންސޯ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
31 Dec 2022 | 20:45
އެސްޕަންޔޯލް އާއި އެއްވަރުވެ ބާސެލޯނާއަށް މުހިންމު ދެ ޕޮއިންޓް ގެއްލިއްޖެ!

ސްޕެނިޝް ލަލީގާގައި އަމިއްލަ ދަނޑުގައި އެސްޕަންޔޯލް އާއި ވާދަކުރި މެޗު 1-1 ން އެއްވަރުވެ ލީގު ތާވަލުގެ ކުރީގައި ދެ ޕޮއިންޓްގެ ލީޑެއް ނެގުމަށް ބަސެލޯނާއަށް ލިބުނު ފުރުސަތު އެޓީމުން ނަގާލައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓްކުރީ ބާސެލޯނާއިންނެވެ. މިހާފުގައި އެސްޕަންޔޯލް މުޅި ޓީމު ފަހަތައްޖެހި ޑިފެންސް ކުރަމުން ދިޔައިރު ބަސެލޯނާގެ ގޯލަށް އަމާޒުކޮށް އެޓީމަށް ފޮނުވާލެވުނީ އެންމެ ބޯޅައެކެވެ. ނަމަވެސް މެޗުގެ ވަރަށް ކުރީކޮޅު ބާސެލޯނާއިން ލަނޑެއްކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

އެސްޕަންޔޯލްއަށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދިނީ ސްޕެއިންގެ ތަޖުރިބާކާރު ފޯވާޑް ޖޯސެލޫ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ފުރަތަމަ ހާފުގެ ހަތް ވަނަ މިނެޓްގައި ބާސެލޯނާއަށް ލީޑު ހޯދައިދިނީ މިސީޒަނުގައި އިގިރޭސި ކުލަބް ޗެލްސީ ދޫކޮށް އެޓީމާއި ގުޅުނު ސްޕެއިންގެ ޑިފެންޑަރ މާކޯސް އަލޮންސޯ އެވެ. މިއީ އެޓީމުގެ ޑެންމާކް ޑިފެންޑަރ އެންޑްރިއާސް ކްރިސްޓެންސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އަލޮންސޯ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0 ން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓްކުރީ ބާސެލޯނާއިންނެވެ. ނަމަވެސް މިހާފުގައި ދޭތެރެ ދޭތެރެއިން އެސްޕަންޔޯގެ ކުޅުންތެރިން ކުރިއަށްޖެހި ބާސެލޯނާގެ ގޯލަށް ނުރައްކާކުރެވޭތޯ ކުރަމުން ދިޔަ މަސައްކަތުގެ ނަތީއްޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 73 ވަނަ މިނެޓްގައި ބާސާގެ ޕެނަލްޓީ އޭރިއާތެރެއިން އެޓީމުގެ ޑިފެންޑަރ އަލޮންސޯ އެސްޕަންޔޯލްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ އެޓީމަށް ޕެނަލްޓީއެއް ދީފައެވެ.

މި ޕެނަލްޓީ ގޯލުތެރެއަށް ފޮނުވާލައިގެން އެސްޕަންޔޯލްއަށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްދިނީ ސްޕެއިންގެ ތަޖުރިބާކާރު ފޯވާޑް ޖޯސެލޫ އެވެ. މިރޭގެ މެޗުގައި 16 ރީނދޫ ކާޑާއި ދެ ރަތް ކާޑު ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ރަތް ކާޑު ފަހު ހާފުގެ 78 ވަނަ މިނެޓްގައި ދެއްކީ ބާސެލޯނާގެ ޑިފެންޑަރ ޖޯޑީ އަލްބާ އަށެވެ. ދެ ރީނދޫ ކާޑާއެކު އަލްބާއަށް ރަތް ކާޑު ދެއްކިތާ ދެ މިނެޓް ފަހުން ރެފްރިވަނީ އެސްޕަންޔޯލްގެ ބްރެޒިލް މިޑްފީލްޑަރ ވިނީޝިއަސް ސޫޒާ އަށް ވެސް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު 15 މެޗުން ބާސެލޯނާއަށް 38 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނާގައި އޮތް ރެއާލް މެޑްރިޑަށް ވެސް 15 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. ބާސެލޯނާގެ ފައިދާ ގޯލު އިތުރުވި ނަމަވެސް ރެއާލްއަށް ލީގުގެ ކުރި ލިބެނީ މި ދެޓީމު ރެއާލްގެ ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވެފައި ވާތީއެވެ. ސްޕެނިޝް ލީގުގައި ޕޮއިންޓްގެ ގޮތުން ދެޓީމު އެއްވަރުވެއްޖެ ނަމަ ކުރި ލިބޭ ޓީމެއް ކަޑައަޅާނީ ހެޑް ޓޫ ހެޑް ގެ ނަތީއްޖާއަށް ބަލައިގެންނެވެ.

މި ސީޒަނުގެ ފުރަތަމަ އެލް ކުލަސިކޯ ރެއާލް މެޑްރިޑުން ކާމިޔާބުކޮއްފައި ވަތީ މިވަގުތު ހެޑް ޓޫ ހެޓްގެ ނަތީއްޖާއިން ކުރި ލިބެނީ ރެއާލް މެޑްރިޑަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.