ގާސިމް އިބްރާހިމް ޖޭޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
01 Jan 2023 | 17:16
މި އަހަރަކީ ޑިމޮކްރަސީ ހަރުދަނާކުރަން އަޒުމު ކަނޑައަޅާ އަހަރަށް ހައްދަވާ: ގާސިމް

މި އަހަރަކީ ހުރިޔާ ރައްޔިތުންވެސް ޑިމޮކްރަސީ ހަރުދަނާކުރުމަށް އަޒުމު ކަނޑައަޅާ އަހަރުކަމުގައި ހައްދަވާދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ. 

އެމަނިކުފާނު މިފަދައިން އެދިވަޑައިގެންފައިވަނީ އާ އަހަރުގެ ތަހުނިޔާ ރައްޔިތުންނަށް އަރިސްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

އެ ޓްވީޓުގައި ގާސިމް ވަނީ މި އަހަރަކީ ގައުމު ތަރައްގޫކޮށް ގާނޫނީ ވެރިކަން ދަމަހައްޓާ ޑިމޮކްރަސީ ހަރުދަނާކުރުމަށް މަސައްކަތް ކުރާނެ އަހަރެއްކަމުގައި ކަނޑައެޅުމަށް އެދިލައްވާފައެވެ. 

އަދި އިންސާނީ ހައްގުތަކަށް ރައްކާތެރިވެ ހަމަހަމަ ކަމާއި އަދުލުވެރިކަން މަތީ ދެމި ތިބުމުގެ އަޒުމު އާލާކުރުމަށްވެސް ގާސިމް ވަނީ އެދިވަޑައިގެންފައެވެ. 

"އާ އަހަރުގެ ތަޙްނިޔާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރަން. މިފެށޭ އާ އަހަރަކީ ޤައުމު ތަރައްޤީކޮށް، ޤާނޫނުގެ ވެރިކަން ދަމަހައްޓައި، ޑިމޮކްރަސީ ހަރުދަނާ ކޮށް، އިންސާނީ ހައްޤުތަކާއި، ހަމަހަމަކަމާއި، ޢަދުލުވެރިކަންމަތީ ދެމިތިބުމުގެ ޢަޒުމު އާލާކުރާނޭ އަހަރެއްކަމުގައި ލައްވާށިއެވެ"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް 

ގާސިމް މި ފަދައިން އެދިލައްވާފައިވާއިރު މި އަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރެވެ. މި އިންތިޚާބުގެ ފޯރި މިހާރުވެސް ވަރުގަދަ ވެފައިވާއިރު ޖުމްހޫރީ ޕާޓީއިންވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ. 

އެހެން ނަމަވެސް އިންތިޚާބުގައި ވާދަކުރާނީ ވަކި ޕާޓީއެއްގެ ގޮތުގައިކަމެއް ނުވަތަ ކޯލިޝަން ހަދައިގެންކަމެއް އަދި މިހާތަނަށް ޖުމްހޫރީ ޕާޓީއިން އިއުލާނުކޮށްފައެއް ނުވެއެވެ. 

އޭގެ އިތުރުން ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރަށް ވަފާތެރި ހިއްސާދާރެއްކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ހަންދާނު
ޑިމޮކްރެސީ އަދިވެސް ހަރެއް ނުވޭތަ! ދެން އިތުރަށް ހަރެއް ނުވާނެ…
01 Jan 2023
ގަލަން
އެއް ވެސް ކަމެއް ހަރުދަނާ ނުކުރެވޭނެ ތިޔަބޭކަލުން ތިބެގެން ޑިމްރަސީ ވިޔަސް އެހެން ކަމެއް ވިޔަސް އާބަޔަކު ބޭނުންވޭ މިހާރު
02 Jan 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.