ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Jan 2023 | 08:12
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް މިންވަރު ރޭ ފެނިގެންދިޔަ: މެޑަމް ފަޒްނާ

ވެރިކަންކުރާ މައި ޕާޓީއާއި އިދިކޮޅު މައި ޕާޓީ އެއް ރެއެއްގައި އެއް ތަނެއްގައި، ހަމަނުޖެހުމެއް ނުހިނގާ ޖަލްސާ ބޭއްވުމުން ހާމަވެގެން ދިޔައީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ވަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ރޭ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި ބޭއްވިއިރު، އެތަނުގެ ކުރިމަތީ އާޓިފިޝަލް ބީޗުގައި އިދިކޮޅުގެ މުޒާހަރާ ކުރިއަށް ދިޔައެވެ.

ރައީސް ބައިވެރިވެޑައިގެންނެވި ޖަލްސާއަކީ، އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީގެ ފުރަތަމަ ކެމްޕޭން ޖަލްސާއެވެ. އަދި ޕީޕީއެމްގެ ޖަލްސާއަކީ، ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް އިއްވި ހުކުމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ބޭއްވި ޖަލްސާއެކެވެ.

ދެ ޖަލްސާ ނިމުމާއެކު މެޑަމް ފަޒްނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓިއާއި އިދިކޮޅު ޕާޓީން އެއްތަނެއްގައި ޖަލްސާ ބޭއްވިއިރު، ހަމަނުޖެހުން ނުހިނގައި، އެއްވެސް ބަޔަކު ހައްޔަރު ނުކޮށް ޖަލްސާތައް ނިމިގެން ދިއުމުން، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮތް މިންވަރު ފެނިއްޖެ ކަމަށެވެ.

"ހަތަރެއް ޖެނުއަރީ 2022. ތާރީހީ ރެއެއް. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި އޮޕޮސިޝަން ޕާޓީ ޕީޕީއެމްގެ ޖަލްސާ އެއްތަނެއްގައި ބޭއްވި ރެއެއް. ހަމަނުޖެހުމެއް ނެތް. މީހަކު ހައްޔަރެއް ނުކުރޭ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ވަރު ފެނިގެން ދިޔަ ރެއެއް. ކެތްތެރިކަމުގެ ލާމަސީލު މިސާލެއް،" ރައީސް ޞާލިހުގެ ކެތްތެރިކަމަށް ތައުރީފު ކުރައްވައި ފަޒްނާ ވިދާޅުވެފައިވެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނުކުންނާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީއަށް ރައީސް ޞާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވައި، ފޯރިއާއެކު ކެމްޕޭން ކުރަން ފަށާފައި ވާއިރު، އިދިކޮޅުން އިހުތިޖާޖުތައް ކުރިއަށް ގެންދަނީ، އިދިކޮޅުން ރިޔާސީ އިންތިޚާބަށް ނެރެން ބޭނުންވާ ކެނޑިޑޭޓް ޔާމީނަށް ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެންނެވެ.

ކޮމެންޓް
ނަން
04 ޖަނަވަރީ 2022 !؟؟؟
05 Jan 2023
ދިވެހި މީހާ
ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮތް ވަރުން ދޯ އިދިކޮޅު މުޒާހަރާ އަށް ސިފައިންނާ ފުލުހުން ލައްވާ ރޭގަ ވެސް ހިރަސް އެޅީ ލަދު ޛަޔާތދޮގު ހެދުމުގަވެސް ހައްދެއް ނެތް ދޯ؟
05 Jan 2023
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.