މެމްބަރު އިސްމާއިލް ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
07 Jan 2023 | 11:25
ރ. އަތޮޅަކީ އޮންނަ ތަނެއްކަންވެސް އެނގުނީ ރައީސް ސޯލިހު ވެރިކަން އައިފަހުން: އިސްމާއިލް

ރ. އަތޮޅަކީ އޮންނަ އަތޮޅެއްކަންވެސް ބަޔަކަށް އެނގުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު ކަމަށް މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެ އެވެ. 

މެމްބަރު އިސްމާއިލް އެފަދައިން ވިދާޅުވެފައިވަނީ ރައީސް ސޯލިހު ރ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫގައި ބޭއްވި އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން މެމްބަރު އިސްމާއިލް ވިދާޅުވީ ވޭތުވެ ދިޔަ ވެރިކަންތަކުގައި ރ އަތޮޅަކީ ވަރަށް ބޮޑަށް އެކަހެރިކޮށް ބާކީކޮށްފައި އޮންނަ އަތޮޅެއްކަމަށެވެ. 

އެހެން ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން، ފާއިތުވި 4 އަހަރު ތެރޭގައި ރ އަތޮޅަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ފުއްދަވާދެއްވާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ގަބޫލުކުރަންވީ ހަގީގަތަކީ މި ފާއިތުވެދިޔަ ހުރިހާ ދައުރެއްގައި މި ރ އަތޮޅު އޮތީ ބިކަވެ، ބާކީވެފައި. މި 4 އަހަރު ފިޔަވައި ރާއްޖޭގައި މަޝްހޫރު ގޮތެއްގައި ނޫނީ ރަނގަޅު އިންގިލާބީ ބަދަލެއް މި ރ އަތޮޅަށް ގެނެސްދެއްވި ރައީސެއް އަޅުގަނޑުމެންނެއް ހަމަގައިމުވެސް ދެކެފައެއް ނުވޭ"

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް މުހައްމަދު

މެމްބަރު އިސްމާއިލް ވިދާޅުވީ ރައީސް ސޯލިހަކީ ތަފާތު ލީޑަރެއްކަމަށެވެ. އަދި ތަފާތު ދައްކަވަމުން އަންނަ ލީޑަރެއް ކަމަށެވެ. 

ރ އަތޮޅާއި މުޅި ރާއްޖެއަށް އެމަނިކުފާނު ގެނެސްދެއްވަމުން އަންނަ ކުރިއެރުންތައް އެގޮތުގައި ދެމެހެއްޓުމަށް މި ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބުކޮށްދީ، ދެވަނަ ދައުރެއް އެމަނިކުފާނަށް ހޯއްދަވާދެއްވުމަކީ ލާޒިމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.