އެމް.ޑީ.ޕީގެ ޕްރައިމަރީ އިންތިޚާބުގެ ކެމްޕެއިންގައި ނ. ވެލިދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ:ފޮޓޯ/އެމްޑީޕީ
ހަބަރު
08 Jan 2023 | 13:02
މާލޭގެ ރައްޔިތުންނަށް ވަޢުދުވީ 5000 ގޯތި މިއަހަރު މެދުތެރޭގައި ހަވާލުކުރާނަން: ރައީސް

މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދޭން ވަޢުދުވެފައިވާ 5000 ގޯތި މިއަހަރުގެ މެދުތެރޭގައި ޙަވާލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމް.ޑީ.ޕީގެ ޕްރައިމަރީ އިންތިޚާބުގެ ކެމްޕެއިންގައި ނ. ވެލިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ވަޢުދަކީ މި ސަރުކާރުން ވީ އެންމެ ބޮޑު ވަޢުދުކަމަށާ އެ ވައުދާއި އެއްގޮތަށް 16،000 އަށްވުރެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށެވެ.

އެގޮތުން މާލޭ ސަރަޙައްދުގައި އެކަނިވެސް 8782 ފްލެޓާއި 5000 ގޯތި ދިނުމުގެ އަމަލީ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ވީ ވަޢުދާ އެއްގޮތަށް 5000 ގޯތި ކަނޑާ، އިން ވަކިކޮށް މިއަހަރުގެ މެދުތެރޭ ޙަވާލުކުރައްވާނެކަމަށެވެ.

"މާލޭ ސަރަޙައްދުގައި އެކަނި 8782 ފްލެޓާއި 5000 ގޯތި ދިނުމުގެ އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ އެ ދަނީ ކުރިއަށް. މިއަހަރުގެ މެދުތެރެއަށް އަންނައިރު މާލޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވަޢުދާއެއްގޮތަށް 5000 ގޯތި ކަނޑާ، އިން ވަކިކޮށް އަޅުގަނޑުމެން ޙަވާލުކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ބައިވެރިވެ ވަޑައިގެން މާލޭގައި ބޭއްވި ކެންޕެއިން ޖަލްސާގައިވެސް އެމަނިކުފާނު ވަނީ މާލެ ސަރަހައްދުގައި 8،782 ފްލެޓުގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށް ވިދާޅުވެފައެވެ.

އަދި މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދިނުމަށްޓަކައި ވެވަޑައިގަތް ވައުދު ވެސް ފުއްދަވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ދެއްވަމުން އެކަން އެމަނިކުފާނު ކުރަށްވާނީ "ކުރެންދޫ ރައްޔިތުންނަށް ކަނޑުން އެއްހާސް ގޯތި ދިން ގޮތަކަށް ނޫން" ކަމަށް ވިދާޅުވެ ރައީސް ނަޝީދަށް، ރައީސް ޞާލިހް ވަނީ ފާޑުވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.