ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް
ކުޅިވަރު
09 Jan 2023 | 18:46
ޕޯޗުގަލްގެ ކޯޗަކަށް ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި

ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗަކަށް ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި އެވެ. އުމުރުން 49 އަހަރުގެ މާޓިނޭޒް އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ 2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕްގައި ބެލްޖިއަމްގެ ޤައުމީ ޓީމާއެކުގައެވެ. 

2016 ވަނަ އަހަރުން ފެށިގެން ބެލްޖިއަމްގެ ކޯޗުގެ މަގާމުގައި 6 އަހަރު ހޭދަކުރުމަށް ފަހު މާޓީނޭޒް އެޓީމާއި ވަކިވީ ޤަތަރު ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ބެލްޖިއަމް ކަޓައިގެން ދިއުމާއެކު އެވެ. މާޓީނޭޒް ބުނީ އޭނާ ބެލްޖިއަމް ޓީމާއި ހަވާލުވީ 2018 ގެ ވޯލްޑްކަޕަށް އެޓީމު ކޮލިފައި ކޮއްދިނުމަށް ޓާގެޓުކޮށްގެން ކަމަށެވެ.  އަދި އޭނާގެ ކޯޗުކަމުގައި ބެލްޖިއަމް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ތިން ވަނަ ހޯދުމުގެ އިތުރުން 2021 ވަނަ އަހަރު ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އެޓީމު ކުޅެފައި ވެއެވެ. 

ޕޯޗުގަލްގެ ކުރީގެ ކޯޗު ފެނާންޑޯ ސަންޓޯސް މަގާމުން އިސްތިއުފާ ދިނީ ވޯލްޑް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ މުބާރާތުން ޕޯޗުގަލް ކަޓައިގެން ދިއުމާއި ގުޅިގެންނެވެ. ސަންޓޯސްގެ ކޯޗުކަމުގައި ޕޯޗުގަލް އިން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން ޔުއެފާ ނެޝަނަލް ލީގު ކާމިޔާބުކޮއްފައެވެ.

މާޓިނޭޒް ބުނީ މިތަނަށް އާދެވުނީތީ ވަރަށް އުފާވާ ކަމަށެވެ. ދުނިޔޭގެ އެންމެ މޮޅު ހުނަރުވެރި އެއް ގައުމީ ޓީމު ތަމްސީލުކުރުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސާ ވާހަކަ ދެއްކި ފުރަތަމަ ދުވަހުން ފެށިގެން މި ޓީމާއި އެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން އުފެދުނެވެ. އަހަރެންގެ އުންމީދަކީ ޕޯޗުގަލް ޓީމާއި އެކު ރަގަޅު ކާމިޔާބީތަކެއް ހޯދުން، އެކަން ހާސިލްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.

ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި މި ވަގުތު ޕޯޗުގަލް އޮތްއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ، ބްރޫނޯ ފެނާންޑޭޒް އަދި ބާނާޑޯ ސިލްވާ ފަދަ ހުނަރުވެރި މާޝްހޫރު ގިނަ ކުޅުންތެރިންތަކެއް ޕޯޗުގަލް ޓީމުގައި ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.