ޑރ މުހައްމަދު ޖަމީލު އަހުމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ހަބަރު
19 Jan 2023 | 12:31
ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމާއި ރިޕޯޓުގައި އޮތް އެއްޗަކާ ދިމައެއް ނުވޭ: ޑރ ޖަމީލު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ އާރަށުގެ ޚިޔާނާތް ސާބިތުވާކަމަށް ކަނޑައަޅާ އިއްވި ހުކުމާއި، އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި އޮތް އެއްޗަކާ ދިމާނުވާކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައެވެ. 

ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ކުރަން ޖެހޭ ދިރާސާތައް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ވ. އާރަށުގެ މައްސަލައާއި ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގައި ނުހިމެނޭ އެތައް ކަމެއް ރިޕޯޓުގައި ހިމަނާފައިވާކަން ގާނޫނީ ޓީމަށް ފާހަގަކުރެވިފައިވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

ވަކިން ޚާއްސަކޮށް އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިބަސް ދެއްވި ހެކިންގެ ވާހަކަތަކަށް ވަރަށް ބޮޑެތި އުނިއިތުރުތައް ގެނެސްފައިވާކަން ގާނޫނީ ޓީމަށް ފާހަގަކުރެވިފައިވާކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް ފާހަގަވެގެން ދިޔަ ވަރަށް ބޮޑެތި ކަންތައްތަކެއް އެބަހުރި ރިޕޯޓުގައި އެކުލަވާލައްވާފަ ހެކިވެރިން ބުންޏޭ ކިޔާފަ.. ތިބޭފުޅުން ކުރިމަތީގައި ހެކިބަސް ދިނީ.. މިސާލަކަށް ފަސީހު ޒާހިރު މިވެނި ވާހަކައެއް ބުންޏޭ ބުނިއިރުގައި އެއީ އެއްވެސް ތަނެއްގައި އޭނާ ބުނި ވާހަކައެއް ނޫން"

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު 

ގިނަ ދުވަސްތަކެއް ވަންދެން ޝަރުއީދާއިރާގައި މަސައްކަތްޕުޅު ކުރައްވާފައިވާ ޑރ ޖަމީލު ވިދާޅުވީ އެމަނިކުފާނުގެ ކެރިއަރުގައި ދުވަހަކުވެސް އެފަދަ ބޮޑެތި ގޯސްތަކެއް ހަދާފައިވާ ޝަރީއަތެއްވެސް އަދި މައްސަލަ ނިންމި ގޮތުގެ ރިޕޯޓެއްވެސް ދެކިވަޑައިގެންފައި ނުވާކަމަށެވެ. 

އެހުރިހާ ދިރާސާތަކެއް ފުރިހަމަ ކުރުމަށްފަހު އަންނަ ހަފްތާގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށައަޅާނެކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި އެއާއެކު އެމަނިކުފާނު ވިދާޅުވީ ހައިކޯޓުން ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ ކަމާމެދު ފުރިހަމަ ޔަގީންކަންވެސް އޮތްކަމަށެވެ. 

ކޮމެންޓް
ގައުމު
ހަރާން ހުކުމް ބާތިލްކުރޭ ސަބަބުވެރި ގާޒީން ބޭރުކުރޭ އަދުލު އިންސާފު ގާއިމުކުރޭ.
19 Jan 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.