ސުކޫލު ކުދިން ތަކެއް--
ރިޕޯޓް
22 Jan 2023 | 09:49
ދަރިފުޅަށް ދޭން އަގުހުރި ހަދިޔާއެއް

ދަރީންނަކީ ކޮންމެ އާއިލާއެއްގެވެސް މުސްތަގުބަލޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ރަނގަޅު ތައުލީމެއް ހާސިލުކޮށް އަދި ވަރުގަދަ ހުނަރުވެރީންނަށް ވެ، މާދަމާ ކަންކަމުގެ ޒިންމާއާ ހަވާލުވާންތިބީއެކުދިންނެވެ. ވުމާއެކު މައިންބަފައިންގެ ހައިސިއްޔަތުން އެކުދިންގެމުސްތަގުބަލަށް ތައްޔާރުވުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުންހިފުމަކީ ކޮންމެހެން މުހިންމުކަމެކެވެ. އެގޮތުން ދަރީންގެ މުސްތަގުބަލަށް ތައްޔާރުވުމަށް ޓަކައި ދުރާލާ ފަހަށް ފައިސާރައްކާކުރެވިދާނެއެވެ. އެއީ އެކުދިންގެ ތައުލީމީ އުމުރުފުރާގައިކުރިމަތިވެދާނެ މާލީގޮންޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން އެޅިދާނެ މުހިންމުފިޔަވަޅެކެވެ.

ރާއްޖެއަކީ ދިރިއުޅުމުގެ ހަރަދުތައް މަތި ގައުމެކެވެ. ހާއްސަކޮށް ވެރިރަށް މާލޭގައި ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑެވެ. އެހެންކަމުން ތިމާއަށް ލިބޭ އާމްދަނީއިން މަހުގެ ހަރަދުތައް ދެކޮޅު ޖެއްސުން މިއަދުމިވަނީ ދަތި އުނދަގޫ ކަމަކަށްވެފައެވެ. ވުމާއެކު، ތިމާ ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫން ހަރަދުތައް ނުކޮށް ފަރުޖައްސާލަން ޖެހޭ ހާލަތްތަކާ ކުރިމަތިލާން އެބަޖެހެއެވެ. މިސާލަކަށް، ދަރިންގެ ސާނަވީ އަދި މަތީ ސާނަވީ އުމުރުފުރާގައި އާންމުކޮށް ބޭނުންވާ ޓިއުޝަން ގެ ހަރަދާއި، ސްކޫލް ޓްރިޕް އަދި ޕޮކެޓް މަނީގެ ހަރަދުތަކަކީ އަތުގައިހުރި ފައިސާކޮޅު މަދުނަމަ ހަރަދުކުރަން ވަރަށް ދަތިކަންކަމެވެ. މިކަން ދެނެގަނެ އެލައިޑް އިންޝުރަންސްއިން ތައާރަފް ކޮއްފައިވާ "ސެކަންޑްރީ ސްކޫލް އެކްސްޕެންސެސް" ޕްލޭނަކީ ދިމާވެދާނެ މިފަދަ މާލީ ގޮންޖެހުންތަކައް ހައްލެއް ލިބިދޭނެ ޕްލޭނެކެވެ.

އެލައިޑް އިންޝުއަރަންސްގެ "ސެކަންޑްރީ ސްކޫލް އެކްސްޕެންސެސް"ޕްލޭނަކީ ދަރިފުޅު ސާނަވީ ސްކޫލުގެ އުމުރު ފެށުމާއިއެކެ، ކޮންމެ އަހަރަކު ތިމާ ކުރިއާލާ ކަނޑައަޅާފައިވާ ފައިސާގެ މިންވަރެއް ލިއްބައިދޭ ލައިފް އިންޝުއަރަންސް ޕްލޭނެކެވެ. މިއީ ކުއްޖާގެ އެންމެ ތުއްތުދުވަހުން ފެށިގެންވެސް އެކުއްޖާގެ މަތީތައުލީމަށް ނުވަތަ ސާނަވީ ތައުލީމު އުނގެނޭ އުމުރުފުރައިގާ ހިނގާނެ ހަރަދުތަކަށް ތައްޔާރުވުމަށް ފަހިވެގެންދާ ރަނގަޅު ވަސީލަތެކެވެ. ކުރިޔާލާ ފަސޭހައިން ފަހަށް ފައިސާ ރައްކާކުރެވޭނެ މަގެކެވެ. މީގެ އިތުރުން މިއީ ތިމާގެ ދަރިފުޅަށް ފަހަށްފައިސާ ރައްކާކުރަމުން ދަނިކޮށް ތިމާ ނިޔާވެއްޖެ ހާލަތެއްގައިވެސް އެކުއްޖާގެ ތައުލީމަށް ފައިސާރައްކާކުރުން ހުއްޓިޔަނުދީ ކުރިއަށް ގެންގޮސްދޭނެ ރައްކާތެރި ވަސީލަތެކެވެ.

އެލައިޑް އިންޝުއަރަންސްގެ މި ޕޮލިސީގައި ބައިވެރިކުރެވޭނީ ހަމައެކަނި ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނެވެ. އަދި ބައިވެރިވާއިރު ކުއްޖާގެ އުމުރު 5 އަހަރުންމަތިވެގެން ނުވާނެއެވެ. މީގެއިތުރުން ޕޮލިސީކުރިއަށްދާނީ ކުއްޖާއަށް 18 އަހަރު ފުރިހަމަވާ އަހަރާ ހަމައަށެވެ.އެހެންނަމަވެސް ޕޮލިސީގެ ފައިސާ ދައްކާ މުއްދަތު ކުއްޖާއަށް 13 އަހަރު ފުރިހަމަވާ އަހަރުގައި ނިމޭނެއެވެ.

ޕޮލިސީއަށް މަހަކު އެއްފަހަރު ނުވަތަ އަހަރަކު އެއްފަހަރު ފައިސާ ދެއްކޭއިރު، ދައްކާ ފައިސާގެ މިންވަރު ކަނޑައެޅުމުގައި މައިގަނޑު ތިންކަމަކަށް ބަލައެވެ. އެއީ ޕޮލިސީ ނަގާފަރާތުގެ (ބެލެނިވެރިޔާގެ) އުމުރާއި، ބައިވެރިކުރުވާ ކުއްޖާގެ އުމުރު ނުވަތަ ކުރިއަށްދާނެ މުއްދަތު، އަދި ފަހަށް ރައްކާކުރަންބޭނުންވާ ފައިސާގެ އަދަދެވެ. މި އިންޝުއަރަންސް ޕްލޭންގެ ފައިސާ ނުވަތަ ޕްރިމިއަމް ކަނޑައެޅުމުގައި މި ހުރިހާ ކަމަކަށް ބަލާ މަޤްސަދަކީ މި ޕްލޭންނަކީ ފަހަށް ފައިސާ ރައްކާކޮށް އިންވެސްޓް ކޮށްދިނުމުގެ އިތުރުން ތިމާ ނިޔާވެއްޖެ ހާލަތެއްގައިވެސް ތިމާގެ ދަރިފުޅުގެ މަތީތައުލީމުގެ ޙަރަދުތަކަށް ފައިސާ ރައްކާކުރުން ކުރިޔައްގެންގޮސްދޭ ޕްލޭނަކަށްވާތީއެވެ.

ޕްލޭންގެ ފައިސާ ދައްކާ މުއްދަތު ނިމުމަށްފަހު ޕޮލިސީގެ މުއްދަތު ހަމަވުމާއި ހަމައަށް ކަނޑައެޅިފައިވާ ފައިސާގެ އަދަދެއް (ޕޮލިސީގެ އިންޝުއަރަންސް އަދަދުގެ %15) ކޮންމެ އަހަރަކުވެސް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ޕޮލިސީގެ މައްޗައް ޑިކްލެއަރ ކުރެވިފައިވާ ބޯނަސްގެ އަދަދެއް ޕޮލިސީގެ އެންމެ ފަހުއަހަރުގެ ފައިސާއާއިއެކު (ކުއްޖާއަށް 18 އަހަރު ފުރޭއަހަރު) ލިބިގެންދާނެއެވެ.

މިސާލަކަށް ޕޮލިސީގެ އިންޝުއަރަންސް ގެ އަދަދަކީ 100،000ރުފިޔާ ކަމުގައިވާނަމަ، ކުއްޖާއަށް 13 އަހަރު ފުރޭ އަހަރުން ފެށިގެން 17 އަހަރުވަންދެން ކޮންމެ އަހަރަކު 15،000 ރުފިޔާ ލިބިގެންދާނެއެވެ. އެއީ 100،000 ރުފިޔާގެ %15 އެވެ. އެއަށްފަހު ބާކީ %25 (25،000 ރުފިޔާ) އަދި ޕޮލިސީގެ މައްޗައް ހިސާބު ކުރެވިފައިވާ ބޯނަސް އެންމެ ފަހުއަހަރުގައި ލިބޭނެއެވެ. މި ޕޮލިސީއިން ލިބޭ އެންމެ މުހިންމު ރައްކާތެރިކަމަކީ ތިމާ ނެތްދުނިޔެއެއްގައިވެސް މިފައިސާ ތިމާގެ ދަރިފުޅަށް ކަށަވަރުވުމެވެ. ވުމާއެކު ސެކަންޑްރީ ސްކޫލް އެކްސްޕެންސެސް ޕްލޭނަކީ އާއިލާގެ މުސްތަގުބަލު ބިނާކުރުމަށް އެހީތެރިވުމުގެ ގޮތުން އެލައިޑުން ފޯރުކޮށްދޭ ވަރަށް ރޭވުންތެރި،އިސްތިރާޖީ ޕްލޭނެކެވެ. ކޮންމެ މަހަކު ކުޑަ އަދަދެއް ދައްކަމުން ގޮސް ވެސް ދަރިފުޅަށް ޓަކައި މި ހަދިޔާ ތައްޔާރުކުރަން ފަށަން ފަސޭހަ ދެމެހެއްޓެނިވި ޕްލޭންއެކެވެ.

ކޮމެންޓް
އަހްމަދް
މިޕްލޭންއަށް އަހަރަކު ކިހާވަރެއްތޯ ދަށް ކަން ޖެހިވަޑައިގަންނަވާނީ
30 Jan 2023
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.