ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
22 Jan 2023 | 12:24
ޤުރުއާން އަށް އިހާނަތިކޮށް ހިތި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން: ޝާހިދު

ސްވިޑެން ގެ ފާ-ރައިޓް، ސިޔާސީ ޕާޓީއެއްގެ ލީޑަރަކު ކަމަށްވާ ރަސްމުސް ޕަލުޑާން ޤުރުއާން އަށް އިހާނަތިކޮށް ހިތި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއްޖެއެވެ. 

ފާ- ރައިޓް ޕާޓީގެ ހަރުކަށި ލީޑަރު ރަސްމުސް ޕަލުޑާން އިސްވެ ހުރެ އެ ޕާޓީގެ މެމްބަރުން ތަކެއް ގުރުއާން ލިޔެފައިވާ ޚަތިމުތަކެއް ސްވިޑެން ގައި ހުންނަ ތުރުކިޔޭ އެމްބާސީ ކުރިމަތީގައި އަންދާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. 

ސްވިޑެން ގެ ސަރުކާރުގެ ހުއްދައާއި އެކު ފުލުހުންގެ ފުރިހަމަ ހިމާޔަތުގެ ދަށުގައި ހިންގި މި ހަރުކަށި އަމަލު ގާތްގަޑަކަށް ގަޑި އިރެއްހާ އިރުވަންދެން ކުރިއަށް ދިޔަ އިރު، މި ހަރަކާތުގެ ތެރެއިން، ހަތިމުތަކެއް އެންދުމުގެ އިތުރުން ތުރުކިޔޭ އާއި ދެކޮޅަށް އަޑު އުފުލައި އިސްލާމް ދީނަށް ފުރައްސާރަ ވެސް ވަނީ ކޮށްފައެވެ. 

މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ މުސްލިމް ގައުމު ތަކުންވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން، ތުރުކިޔޭ، ސައުދީ އަރަބިއްޔާ، ޖޯޑަން އަދި ކުވޭތުން ވަނީ އެކަން ކުށްވެރިކޮށް ބަޔާން ވެސް ނެރެފައެވެ. 

މި މައްސަލާގައި ދިވެހި ސަރުކާރުން ވަކި އެއްޗެއް ހާމަ ނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުންދަނިކޮށް، ޝާހިދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، ރަސްމުސް ޕަލުޑާން ގެ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

ސްވިޑެން ގެ ސަރުކާރުގެ ހުއްދަ އާއި އެކު ރަސްމުސް ޕަލުޑާން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ސްވިޑެން ނޭޓޯގެ މެންބަރަކަށް ވުމަށް ތުރުކިޔޭ އިން ހުރަސް އަޅަމުން ގެންދާތީ ހިންގި ހަރަކާތެއް ކަމަށް އެމީހުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.