އިންޑިއާގެ ބޮޑު ވަޒީރު މޯދީ---ފޮޓޯ: ބީބީސީ
ދުނިޔެ
23 Jan 2023 | 11:32
މޯދީ މުސްލިމުންނާއި ދެކޮޅަށް ހިންގި ޖަރީމާތަކާ ބެހޭ ބީބީސީ ޑޮކިޔުމެންޓްރީ އިންޑިއާއިން ބްލޮކް ކޮށްފި

2002 ވަނަ އަހަރު ޤުޖަރަތްގައި މުސްލިމުންނާއި ދެކޮޅަށް ހިނގި ގަތުލުއާންމުތަކުގެ ފަހަތުގައިވާކަމަށް ތުހުމަތުކުރެވިފައިވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަދި އޭރު ގުޖުރާތުގެ ޗީފް މިނިސްޓަރުގެ ހައިސިއްޔަތުން މޯދީ އަމަލުކުރިގޮތާއި ބެހޭ  ބީބީސީ ޑޮކިއުމެންޓްރީ އިންޑިއާގެ ސަރުކާރުން ހުއްޓުވާފިއެވެ.

އެގޮތުން މި ޑޮކިޔުމެންޓްރީއާއި ބެހޭ ވީޑިއޯތައް މީސް މީޑިއާ މެދުވެރިކޮށް ހިއްސާކުރުން ވެސް ވަނީ މަނާ ކޮށްފައެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ ސަރުކާރުގެ ހާއްސަ މުޝީރު ކަަންޗާން ގުޕްތާ ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެޤައުމުގެ އިންފޯމޭޝަން ޓެކްނޮލޮޖީގެ ގަވާއިދު ތަކާއި އެއްގޮތަށް ވަގުތީ ބާރުތައް ބޭނުން ކޮށްގެން ވީޑިއޯތައް ހިއްސާ ކުރުން ވަނީ މަނާ ކުރެވިފައި ކަމަށެއެވެ.

އަދި ބީބީސީ އިން މި ޑޮކިއުމެންޓްރީ ނުނެރުނު ނަމަވެސް މީސް މީޑިޔާގެ ޗެނަލްއެއް ކަމުގައިވާ ޔޫޓިޔުބް މެދުވެރިކޮށް ވީޑިއޯ އަޕްލޯޑް ކޮށްފައި ވާކަމަށް ޤުޕްތާ ވިދާޅުވިއެވެ.

މިކަމަާއި ގުޅިގެން ވީޑިއޯއަށް ލިންކް ކޮށް ފައިވާ 50 އަށް ވުރެ ގިނަ އަދަދެއްގެ ޓްވީޓްތަކާއި ޔޫޓިއުބްއަށް އަޕްލޯޑް ކުރެވިފައިވާ ވީޑިއޯތައް ބްލޮކް ކުރުމަށް ޓްވިޓާ އަދި ޔޫޓިޔުބް އަށް އިރުޝާދު ދެވިފައި ވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި މި ދެ ކުންފުނިންވެސް މި އިރުޝާދު ތަކާއި އެއްގޮތަށް އަމަލު ކުރައްވާފައި ވާކަމަށް ވެސް ޤުޕްތާ ވިދާޅު ވެފައިވެއެވެ.

2002 ވަނަ އަހަރު ހިނގި މި މުޒާހަރާތަކުގައި 1000 އަށްވުރެ ގިނަ އަދަދެއްގެ މީހުން މަރުވެފާވާކަމަށް ސަރުކާރުގެ ތަފާސް ހިސާބު ތަކުން ދައްކާއިރު މީގެ ތެރޭގައި ގިނައީ މުސްލިމުން ކަމަށް ފާހަގަ ކުރެވެއެވެ. މި މުޒާހަރާތައް ހިނގި އިރު ޤުޖަރަތްގެ ޗީފް މިނިސްޓަރަކަށް އޭރު ހުންނެވީ މޯދީއެވެ. 

މޯދީއަކީ ހިންދޫންގެ ހަރުކަށި ފިކުރު ދިރުވައި މުސްލިމުންނާއި ދެކޮޅައް އަނިޔާވެރި އަމަލުތައް ހިންގާ އާރއެސްއެސްގެ އިސް މެންބަރެކެވެ. އަދި މޯދީ އިންޑިއާގެ މުސްލިމުންނާއި ދެކޮޅައް ހިންގާފައިވާ އަނިޔާވެރި ޖަރީމާތަކުގެ ސަބަބުން އޭނާ ވަނީ އިނގިރޭސި ވިލާތާއި އެމެރިކާއަށް އެރުން މަނާ ލިސްޓުގައި ލިސްޓުކުރެވިފައެވެ. މި ލިސްޓުން މޯދީގެ ނަން އުނިކުރެވިފައިވަނީ މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ކުރުމާއި ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.