ރައީސް ޞާލިހު ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ ކެމްޕޭން ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ
ހަބަރު
23 Jan 2023 | 16:48
ނަޝީދު ހޮވިއްޖެނަމަ ޕީޕީއެމްގެ އަނިޔާވެރި ޖައްބާރު ވެރިކަމަށް އަނެއްކާވެސް ފުރުސަތު ލިބިގެން ދާނެ: ޝާހިދު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޕްރައިމަރީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ޕީޕީއެމްގެ އަނިޔާވެރި ޖައްބާރު ވެރިކަމަށް އަނެއްކާވެސް ފުރުސަތު ލިބިގެން ދާނެ ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއްޖެއެވެ. 

ޝާހިދު މިހެން ވިދާޅުވީ، މިއަދު ކ. ގުރައިދޫގައި ކުރިއަށްދިޔަ ރައީސް ޞާލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ ކ. އަތޮޅުގެ ރަށްތަކަކީ މާލެ ސަރަހައްދުގެ ތަސައްވަރާއި ގުޅިފައިވާ ރަށްތަކެއް ކަމަށާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންފަހުން އެ ރަށްތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ފެށިފައިވާ ކަމަށެވެ. 

އަދި އެ އެންމެހައި ކަމެއް ކުރިއަށް ގެންގޮސް، ކ އަތޮޅުގެ ރަށްތަކުގެ ތަރައްޤީ ހުއްޓުމެއްނެތި ކުރިއަށްދާނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއާއެކު ޝާހިދު ވަނީ ރައީސް ނަޝީދަށް ޕްރައިމަރީ ކާމިޔާބު ވެއްޖެ ނަމަ، ޕީޕީއެމްގެ އަނިޔާވެރި ޖައްބާރު ވެރިކަމަށް އަނެއްކާވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

“ދެން ހުންނެވި ކެންޑިޑޭޓަށް ފުރުސަތު ދެއްވައިފި ނަމަ އެއީ ޕީޕީއެމްގެ އަނިޔާވެރި ޖައްބާރު ވެރިކަމަށް އަނެއްކާވެސް ފުރުސަތު ލިބިގެން އެ ދަނީ. ތިބޭފުޅުން ތިބެން ޖެހޭނީ އަނެއްކާވެސް ގުރައިދޫގައި ބަންދުވެގެން. ގުރައިދޫގެ ބިންވެސް ވިއްކާލާނެ ބޭރުގެ މީހުންނަށް ގުރައިދޫގެ ބަނދަރުވެސް ވިއްކާލާނެ ބޭރުގެ މީހުންނަށް،” ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން ޝާހިދު ވަނީ އެ ފުރުސަތު ނުދެއްވުމަށް އެމްޑީޕީގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ކާމިލް
ތީ ގައުމުގެ ޣައްދާރުން
23 Jan 2023
ބިންގޯ
އަންނި އަކީ ހަމައެކަނި ޗޮއިސް ނޫންކަން އެގޭ. އެކަމަކު ކަލޭ އެހެން މީހުންނަށް ޖައްބާރު ކީމަ ކަމަކުނުދޭ.
24 Jan 2023
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.