ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު: ފޮޓޯ/ މިހާރު
ހަބަރު
24 Jan 2023 | 07:07
ޑރ. ޝަހީމް ޝާހިދަށް: ޕީޕީއެމަށް އެއްޗެހި ގޮވާނަމަ ރައްދުދެވޭނެ ވާހަކަ ދަންނަވަން

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި، އިދިކޮޅު ޕީޕީއެމަށް އެއްޗެހި ގޮވާނަމަ އެކަމަށް ރައްދު ދެއްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ ވެރިކަމަކީ ޖައްބާރު އަނިޔާވެރި ވެރިކަމެއް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި، ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް އަކީ ކޮންމެ ދިމާއަކުން ބިނާކުރަނިވި ޚިދުމަތްތަކެއް ޤައުމަށް ކޮށްދީފައިވާ ޕާޓީއެއް ކަމަށެވެ. 

"ރައީސް ޔާމީން ގެ ވެރިކަމުގައި ޤާއިމުކުރި ބޮޑެތި ބިޔަ މަޝްރޫޢުތައް އެހުރީ ފެންނަން. ޝާހިދުމެން އެތެރޭގެ ޕްރައިމަރީގައި ޕީޕީއެމަށް އެއްޗެހި ގޮވަންޏާ ރައްދު ދެވޭނެ ވާހަކަ ދަންނަވަން." ޝާހިދު ޓެގް ކުރައްވައި ޝަހީމް ކުރެއްވި ޓުވީޓް ގައި ވިދާޅުވެފައިވެއެވެ. 

އިއްޔެ ކ. ގުރައިދޫގައި ކުރިއަށްދިޔަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޕްރައިމަރީގެ ކެމްޕޭން ބައްދަލުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ރައީސް ޞާލިހާއި ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދަށް ޕްރައިމަރީ ކާމިޔާބު ވެއްޖެ ނަމަ، ޕީޕީއެމްގެ އަނިޔާވެރި ޖައްބާރު ވެރިކަމަށް އަނެއްކާވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

“ދެން ހުންނެވި ކެންޑިޑޭޓް (ރައީސް ނަޝީދު) އަށް ފުރުސަތު ދެއްވައިފި ނަމަ އެއީ ޕީޕީއެމްގެ އަނިޔާވެރި ޖައްބާރު ވެރިކަމަށް އަނެއްކާވެސް ފުރުސަތު ލިބިގެން އެ ދަނީ. ތިބޭފުޅުން ތިބެން ޖެހޭނީ އަނެއްކާވެސް ގުރައިދޫގައި ބަންދުވެގެން. ގުރައިދޫގެ ބިންވެސް ވިއްކާލާނެ ބޭރުގެ މީހުންނަށް ގުރައިދޫގެ ބަނދަރުވެސް ވިއްކާލާނެ ބޭރުގެ މީހުންނަށް،” ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.