ނެޓްފްލިކްސްގެ "ކާރމެން ސެންޑިއޭގޯ" މިފަހަރު ކުޑަކުދިންނަށް ޙާއްސަ!

25 Jan 2019 | 14:28

ނެޓްފްލިކްސް ސްޓްރީމިންގް ސާރވިސް އިން އެންމެ ފަހުން ތައްޔާރުކުރި އަމިއްލަ އުފެއްދުން ވަރަށް ތަފާތެވެ. އާންމުކޮށް ބޮޑެތި މީހުންގެ ފިލްމް އަދި ސީރީޒް ބެލުންތެރިންނާ ހަމައަށް ގެނެސްދެމުން އަންނަ ނެޓްފްލިކްސް އިން މިފަހަރު ހުށަހަޅަދިނީ ކުޑަކުދިންގެ ކާޓޫނެކެވެ.

ބޮޑުވަމުން އަންނަ ކުދިންނަށް ޙާއްސަ ތަފާތު އެކި ފިލާވަޅުތަކެއް އެކުލެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ މި ކާޓޫނުން ފެނިގެންދަނީ އަންހެން "ސުޕާރ-ތީފް" އެއްގެ ވާހަކައެއެވެ.

ކާރމެން ސެންޓިއޭގޯ ދުނިޔެއަށް އެންމެ ފުރަތަމަ ފެނިގެންދިޔައި 1980 ގެ އަހަރުތަކުގައި އެމެރިކާގަެި ނެރުނު ވީޑިއޯ ގޭމްތަކެއްގެ ތެރެއިންނެވެ. ކާރމެން ގެ ވާހަކަ މި ސީރީޒުން ދައްކުވައިދެނީ ކުށްކުރުމަށް ކުޑަކުދިން ތަމްރީނުކުރާ ނުބައިބައި ބޮޑު ޖަމިއްޔާއެއްކަމަށްވާ "ވައިލް" ގެ ތެރެއިން ނުކުންނަ "ސުޕާ-ތީފް" އެއްގެ ގޮތިގައެވެ.

"ވައިލް" އިން ކަންތައްތައް ކުރަނީ އެންމެ ރަނގަޅަކަށް ނޫންކަން ޒުވާން ކާރމެން އަށް ވިސްނޭ ހިސާބުން އޭނާގެ ތަމްރީނުން ދަސްވި ހުރިހާ އުކުޅުތަށް "ވައިލް" އާ ދެކޮޅަށް ބޭނުންކުރަން ކާރމެން ނިންމައި، އޭގެ ސަބަބުން ކުރިމަތިވާ ތަފާތު ކަންތައްތައް މި ކާޓޫނުގެ އެޕިސޯޑްތަކުން ފެނިގެންދެއެވެ.

ޑައިލޮގް މެދުވެރިކޮށް ކުޑަކުދިންނަށް ތަފާތު އެކި ދާއިރާތަކުން މަޢުލޫމާތު ލިބޭގޮތަށް ފަރުމާކުރެވިފައިމި ވާހަކައިގެ ތެރެއިން ފާހަގަކޮށްލެވޭ ކެރެކްޓާރ ތަކެއްވެސް ހިމެއެވެ. އެގޮތުން ކާރމެން ގެ ކެރެކްޓާގެ އިތުރުން "ޕްލޭޔާރ" އަދި "ގޭރީ" ފާހަގަކޮށްލެވެއެވެ.

ވޮއިސް އެކްޓަރުންގެ ގޮތުގައި މި އުފެއްދުމުގައި ހަރަކާތްތެރވާ ފަރާތްތަކުގެ ތެރެއިން ހޮލީވުޑް ގެ ނަން މަޝްހޫރު ފަންނާނުން ހިމެނެއެވެ. އެގޮތުން ކާރމެން ގެ އަޑަކީ "ޖޭން ދަ ވާރޖިން" ސީރީޒް އިން އާންމުންގެ މަޤްބޫލުކަން ހޯދި ތަރި ޖީނާ ރޮޑްރީގެޒް ގެ އަޑެވެ. އަދި ޕްލޭޔާރ އަށް އަޑުއެޅުމުގައި މަސައްކަތްކޮށްފައިވަނީ ނެޓްފްލިކްސް ގެ ސުޕާރ-ހިޓް "ސްޓްރޭންޖާރ ތިންގްސް" އިން ތަަޢާރަފްވި ފިން ވުލްފްހާރޑެވެ.

Advertisement

ކޮމެންޓް

Advertisement