އެލައިޑްގެ ކަލަންޑަރު
ވިޔަފާރި
28 Jan 2023 | 16:02
އެލައިޑްގެ ކަލަންޑަރެއް ހޯދުމަށް ފަސޭހަ ގޮތެއް!

ފަސޭހަ ގޮތަކަށް އެލައިޑް އިންޝުއަރެންސްގެ ކަލަންޑަރެއް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ ހޯމަ ދުވަހަކީ އެލައިޑް އިންޝުއަރަންސްގެ 38 ވަނަ އަހަރީ ދުވަހެވެ. މި އަހަރަކީ އެލައިޑަށް ހާއްސަ އަހަރަކަށް ވާތީ، އެލައިޑްގެ ކަލަންޑަރު ދިނުމަށްވެސް ހާއްސަ ކަމެއް ބޭއްވުމަށް އެލައިޑުން ވަނީ ނިންމާފައެވެ.

ފަންނުވެރިކަން އިސްކޮށް އޮފީހުގެ މަސައްކަތްތައް ރާވާލައި ހިންގާލުމަށް އެހީއެއް ފޯރުކޮށްދިނުމުގައި އެލައިޑުގެ "ވައިޓް ބޯޑު" ކަލަންޑަރެއް ހޯދުމަށް ގިނަ ފަރާތްތަކަކުން މަސައްކަތް ކުރަމުން ދާއިރު މި މަހު މިހާތަނަށް ކަލަންޑަރު ބެހުމުގެ ދެ ހަރަކާތެއް އެލައިޑުން ކުރިއަށް ގެންގޮސްފައި ވެސް ވެއެވެ.

އެލައިޑުން ބުނީ، ހޯމަ ދުވަހު، އެލައިޑްގެ ފްރަންޓް އޮފީސް؛ ހ.އޯކިޑުން ޕޮލިސީއެއް ބައްލަވައިގަންނަވާ ފުރަތަމަ 38 ފަރާތަށް އެލައިޑްގެ ކަލަންޑަރެއް ލިބޭނެ ކަމަށެވެ.

މި ކަލަންޑަރުގައި ހިމެނޭ ވައިޓްބޯޑަކީ އޮފީހުގައި (އަދި އެ ނޫން ތަންތަނުގައި ވެސް: މިސާލަކަށް ގޭގެ ބަދިގޭގައި ރެސިޕީ ލިޔުމަށް ވެސް) ނޯޓުކުރަންޖެހޭ މުހިންމު ކަންކަމާއި ޑެޑްލައިންސް ނޯޓުކުރެވޭނެ ޓޫލްއެކެވެ. ކަލަންޑަރާ އެއްކޮށް ލިބޭ މެގްނެޓްތައް ބޭނުންކޮށްގެން ޓާސްކް މެނޭޖު ވެސް ކޮށްލެވޭނެއެވެ. އަހަރު ނިމުނީމާ ވެސް މި ބޯޑު ބޭނުންކޮށްލެވޭނެއެވެ.

އިންޝުއަރަންސަކީ ތިމާގެ ނަފްސާއި ގެދޮރަށް، މުދަލަށް ނުވަތަ ވިޔަފާރިއަށް ކުރިމަތިވާ ކަމަކުން ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދޭނެ މަގަކަށް ވެފައި ފަހަށް ފައިސާ ރައްކާކުރުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންކަން ވެސް އިންޝުއަރަންސް ޕްލޭންތަކުގައި ހިމެނޭނެ ކަމަށް އެލައިޑުން މައުލޫމާތުދެއެވެ.

"އިންޝުއަރަންސް ޕްލޭނެއް ބައްލަވައިގަތުމަކީ ވެސް ނުހަނު ފަސޭހަ ކަމެކެވެ.ވަރަށް ފަސޭހައިން ބައްލަވައިގަނެވޭ ޕްލޭންތައް ހުރެއެވެ." އެލައިޑުން ބުންޏެެ.

މީގެ އިތުރުން އެލައިޑުން ބުނީ، ކޮންމެ އަހަރަކު ސައިކަލަށް ނަގަން ޖެހޭ ތާޑް ޕާޓީ އިންޝުއަރަންސަކީ އެލައިޑްގެ "މައި އެލައިޑް" ޕޯޓަލްއިން ވަރަށް ފަސޭހައިން ބައްލަވައިގަނެވިދާނެ ޕްލޭނެއް ކަމަށެވެ. އޮންލައިން ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް ފައިސާ ދައްކާލައިގެން ބައްލަވައިގަނެވިދާނެ ކަމަށެވެ. އެލައިޑްގެ އަހަރީ ދުވަހު ސައިކަލުގެ އިންޝުއަރަންސް އާކޮށްލައްވައިގެން މުޅި އަހަރު ދުވަހަށް ތާޑް ޕާޓީ އިންޝުއަރަންސްގެ ރައްކާތެރިކަމުގެ އިތުރުން އެލައިޑްގެ 2023 ވަނަ އަހަރުގެ ޗާލު ކަލަންޑަރު ވެސް ލިބިދާނެ ކަމަށް އެލައިޑުން ބުންޏެވެ.

މީގެ އިތުރުން، ގޭގައި ގެންގުޅޭ ފަރުނީޗަރާއި ބޮއްކާއި އެއާކޮންޑިޝަނާއި ބަދިގޭ ސާމާނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ "ހިޔާވަހި" ޕްލޭނެއް (ނުވަތަ ހިޔާ ފްލެޓުގައި ދިރިއުޅުއްވާ ފަރާތެއް ނަމަ "އަހަރެންގެ ހިޔާ" ޕްލޭނެއް) ވެސް ބައްލަވައިގަނެވިދާނެއެވެ. މިއީ ގޭގައި ގެންގުޅޭ ފަރުނީޗަރާއި މުދަލަށް، ކުޑަ އަގެއްގައި ވަރަށް ބޮޑު ރައްކާތެރިކަމެއް ހޯދޭނެ ގޮތެކެވެ. އަދި 30 ޖެނުއަރީގައި މި ޕްލޭން ވެސް ބައްލަވައިގަނެގެން އެލައިޑްގެ ކަލަންޑަރެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.

ރާއްޖެއިން ބޭރަށް ދަތުރެއް ރާވާފައި ވާނަމަ، ޓްރެވަލް ޕްލޭނެއް ވެސް އޮންލައިންކޮށް ބައްލަވައިގަނެގެން ލަގެޖާއި ޕާސްޕޯޓާއި ފައިސާގެ ރައްކާތެރިކަމާއި އަދި ދަތުރުމަތީގައި އުޅެނިކޮށް ކުރަންޖެހޭ ސިއްހީ ފަރުވާއަށް ދާ ހަރަދު ވެސް ހޯދޭނެ ގޮތް ގެރެންޓީކޮށްފައި ބެހެއްޓިދާނެއެވެ. 30 ޖެނުއަރީގައި ޓްރެވަލް ޕްލޭނެއް ބެސް ބައްލަވައިގަނެގެން ކަލަންޑަރެއް ހޯއްދަވަންވީއެވެ.

މިހެން ގޮސް އެކި ކަހަލަ ޕްލޭންތައް އެލައިޑު އަދި އެލައިޑް އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްގައި އެބަހުއްޓެވެ. އެލައިޑްގެ އަހަރީ ދުވަހާ ދިމާކޮށް މިއިން ޕްލޭނެއް ބައްލަވައިގަނެގެން ދެމެހެއްޓެނިވި ގޮތުގައި ޓާސްކް މެނޭޖުކޮށްލުމަށް އެލައިޑްގެ ކަލަންޑަރެއް ވެސް ހޯއްދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެލައިޑުން މައުލޫމާތު ދެއެވެ.

މިދިޔަ 38 އަހަރުގެ ތެރޭގައި އެލައިޑްގެ އަމާޒަކަށް ވެފައި ވަނީ ރާއްޖޭގައި ރައްޔިތުންނާއި ވިޔަފާރިތަކާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަމުގައި އެންމެ ގާތް އެހީތެރިޔަކަށް ވުމަށެވެ.

ކޮމެންޓް
.ކަލޯ
.ކަލޯ ތިތަނުން ކަލަންޑަރެއް ނުލިބިގެނެއް ނޫޅެން، ބުކްޝޮޕްތަކުގަވެސް އެބަހުރި މާެރަނގަޅު ކަލަންޑަރުތައް، ކާކުތަ އުޅެނީ ކަލަންޑަރެއް ހޯދަން، އެވެސް އަދި ތިތަނުން ހިދުމަތް ހޯދާފައި...!؟!
28 Jan 2023
ގުޅޭ ލިޔުންތައް
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.