ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: ފޮޓޯ/ ސަން
ހަބަރު
31 Jan 2023 | 10:47
ޖޭޕީގެ ކޮންގްރެސް މިފެށޭ ފެބްރުއަރީ މަހު މާލޭގައި

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ފަހު ހަފްތާގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

"ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސް މި ފެށޭ ފެބްރުއަރީ މަހުގެ ފަހު ހަފްތާގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މިހާރު ކުރިއަށް ދަނީ ކޮންގްރެސް ބޭއްވުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކަމަށާ، އޭގެތެރޭގައި ކޮންގްރެސް ބޭއްވުމަށް ކަނޑައަޅާފައިވާ ތަން، ދަރުބާރުގެ ތައްޔާރު ކުރުމުގެ މަސައްކަތާއި، އެހެނިހެން އިދާރީ ކަންކަން ކުރުން ހިމެނޭކަމަށެވެ.  

ގާތް ގަޑަކަށް 500 އެއްހާ ޖޭޕީގެ މެންބަރުންނާއި އެކު ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންގްރެސްގެ ތެރެއިން މުހިންމު ދެކަމެއް ކުރުމަށް ނިންމާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ. އެއީ:

1) ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލެއް ގެންނަންޖެހޭ ނަމަ އެކަން ކުރިއަށް ގެންދިޔުން

2) އައު ކައުންސިލަަށާއި މަގާމުތަކަށް މެންބަރުން ހޮވުން. އަންނަ ފެބްރުއަރީގައި ޕާޓީގެ ކައުންސިލްގައި ހިމެނޭ މެންބަރުންނާއި، އެނޫންވެސް މަގާމު ތަކުގައި މިހާރު ތިބި މެންބަރުންގެ ދައުރު ހަމަވާނެއެވެ. 

މިއާއެކު އަލީ ވިދާޅުވީ, ކޮންގްރެސްގައި ހޮވާ އާ ކައުންސިލްގެ ފުރަތަމަ ޒިންމާ އަކަށް ވާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު ޕާޓީން ނިންމާ ގޮތްތަކެއް ނިންމުން ކަމަށާއި، އެކަން އެ ކޮންގްރެސްގެ ތެރެއިން ނުވަތަ ކޮންގްރެސް ނިމުމަށްފަހު ވަރަށް އަވަހަށް ކުރެވޭނެ ކަމަށެވެ. 

"އައު ކައުންސިލްގެ މެންބަރުންގެ އެންމެ ފުރަތަަމަ ޒިންމާ އަކަށް ވާނީ ރިޔާސީ އިންތިޚާބާއި މެދު ގޮތެއް ނިންމުން. އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓެއް ނެރޭނީތޯ ނުވަތަ ނޫންތޯވެސް ކަނޑައަޅާނީ އެ ކައުންސިލުން." އަލީ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު މިހާރު އޮންނަ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. މިވަގުތު އެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރަހީމް އެވެ. މިދިޔަ އަހަރު ބޭއްވި ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްވަމުން އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން 2023 ގެ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓެއް ނެރޭނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. 

ރާއްޖޭގައި މިހާތަނަށް ގިނަ ޕާޓީތަކަކުން ބައިވެރިވާ ގޮތަށް ބޭއްވި ރިޔާސީ އިންތިޚާބު ތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމް ވާދަނުކުރައްވަނީ ހަމައެކަނި 2018 ވަނަ އަހަރުގެ އިންތިޚާބުގައެވެ. އޭގެކުރިން 2008 ވަނަ އަހަރު އާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް ވާދަކުރެއްވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގާސިމް އިބްރާހިމް ވާދަ ނުކުރެއްވި ނަމަވެސް އިންތިޚާބު ކާމިޔާބު ކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ކުރިއަށްދަނީ ޖުމްހޫރީ ޕާޓީގެ ހިއްސާ އާއި އެކުއެވެ. އެގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާއި، ކެބިނެޓުގައިވެސް ޖޭޕީ ތަމްސީލް ކުރައްވާ އެކި ފަރާތްތައް ތިއްބެވިއިރު މިނިސްޓްރީ ތަކުގެ އިސް މަގާމުތަކުގައިވެސް ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާ އެކި ފަރާތްތައް އެބަ ތިއްބެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.