ގްރީން ކޮމެޓް---ފޮޓޯ:ގޫގުލް
ހަބަރު
31 Jan 2023 | 10:43
ކޮންމެ 50،000 އަހަރަކުން ފެންނަ ދުންތަރިއެއް ބަލާލުމުގެ ފުރުސަތު

- "Comet c/2022 E3"  ގްރީން ކޮމެޓް ބަލާލަން ބެނުންވާ މީހުންނަށް، ޖައްވާއި ބެހޭ ކަންކަން ކުރި އަރުވަން މަސައްކަތް ކުރަމުންދާ ކުންފުންޔެއް ކަމުގައިވާ ސްޕޭސްކެޓް ގެ ފަރާތުން ހާއްސަ ސެޓަޕްއެއް މާލެއާއި ހުޅުމާޅޭގައި ބަހައްޓާނެ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ކޮންމެ 50000 އަހަރަކުން އިރު ވަށާ ދައުރު ކުރާ މި ދުންތަރި މާލެ ސަރަހައްދުގައި ބަލާލުމުގެ ފުރުސަތު އޮންނާނީ 31 ޖެނުއަރީ 2023 ގެ ރޭގަނޑު 8:00 ފެށިގެން މަސްވެރިންގެ ޕާކްގައެވެ.

އަދި ހުޅުމާލެއިން މި ދުންތެރި ބަލާލުމުގެ ފުރުސަތު 1 ފެބްރުއަރީ 2023 ގެ ރޭގަނޑު 20:00 އިން ފެށިގެން ފޭސް 2 ގެ ވޯލްޑް ކަޕް ބެލި ސަރަހައްދުގައި އޮންނާނެއެވެ.

މީގެ އިތުރުން ސްޕޭސްކެޓް އިން ބުނެފައިވަނީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުންތަރި ފެންނާނެ ކަމަށާއި އުޑުމަތި އަނދިރި ކޮށް އޮންނަ ސަރަހައްދު ތަކުން ހަމަލޮލަށްވެސް ކޮމެޓް ފެންނާނެ ކަމަށެވެ.

އަދި މިބުރަށް ފަހު އެ ދުންތަރި އަނެއްކާވެސް ދުނިޔެއަށް ފެންނާނީ މީގެ 50000 އަހަރު ފަހުން ކަމަށެވެ.

މި ހަރަކާތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ސްޕޭސްކެޓް އެމްވީ އަށް +9609674222 ގުޅުއްވާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.