ވިލިމާލޭގައި އެމްޓީސީސީ ބަސް ދުއްވަނީ -- ފޮޓޯ/ އެމްޓީސީސީ
ވިޔަފާރި
02 Feb 2023 | 09:29
މާދަމާއިން ފެށިގެން ވިލިމާލޭގައި ބަހުގެ ހިދުމަތުން އަގު ނަގަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން ވިލިމާލޭގައި ދެމުންގެންދާ އީ.ވީ ބަހުގެ ޚިދުމަތުން މާދަމާއިން ފެށިގެން އަގުނަގާ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފިއެވެ.

ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭ މި ޚިދުމަތުގެ އަގަކީ -/5 ރުފިޔާއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި އާރްޓީއެލް ވިލިމާލޭ ބަހުގެ ޚިދުމަތަށް 3 ގޮތަކަށް ފައިސާދެއްކޭނެއެވެ. އެއީ 

* އާރްޓީއެލް މޯބައިލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ނަގައިގެން

* ކޮންކްޓެކްޓްލެސް މާސްޓަރކާރޑް އަދި ވިސާ ޑެބިޓް ކާރޑް ނުވަތަ ކްރެޑިޓް ކާރޑް މެދުވެރިކޮށް

* ބަހުން ކަރުދާސް ޓިކެޓް ގަނެގެން

ކަރުދާސް ޓިކެޓް ދޫކުރުން ހަމަޖެހިފައިވަނީ ބަހުގެ ތެރެއިންނެވެ. ޓަރމިނަލްތަކުން ބަހުގެ ޙިދުމަތުގައި

ބޭނުންކުރާ ކަރުދާސް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނާނެކަމަށް އެމްޓީސީސީން ވަނީ ހަނދާން ކޮށްދީފައެވެ.

"މިގޮތުން ބައްލަވައިގަންނަވާ ޓިކެޓުގެ ފައިސާ ލާނެ ޙާއްސަ ފޮއްޓެއް، ބަސްތެރޭގައި ބެހެއްޓިފައި ހުންނާނެއެވެ. ބަސް ތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމާއެކު، ހުރިހާ ބޭފުޅުންވެސް ސީދާ ޓިކެޓުގެ އަގު ހަމަވާނެހެން ފައިސާ ގެންނެވެމަށް ދަންނަވަމެވެ." އެމްޓީސީސީގެ އިއުލާނުގައި ވެއެވެ.

ބަހުގައި ފައިސާ މާރުކުރެވެން ހަމަޖެހިފައި ނުވާ މައިގަނޑު ސަބަބަކީ، ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކުރުމަށާއި، ބަހުގެ ޝެޑިއުލަށް ބުރުލެއް އެރިޔަ ނުދިނުމަށް ކަމަށާއި އަދި ކަރުދާސް ޓިކެޓް ގަނެވޭނެ އިންތިޒާމް ހަޖައްސާފައިވުމުގެ މައިގަނޑު މަޤްޞަދަކީ އިސް ރަށްވެހީންނަށް މި ޚިދުމަތް ބޭނުންކުރުމުގައި ފަސޭހަކޮށްދިނުން ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ ކިޔުއާރް ޓިކެޓް ނަގާނެ ގޮތުގެ ވީޑިއޯ، އެމްޓީސީސީގެ އާރްޓީއެލް ޔޫޓިއުބް ޗެނަލުންނާއި މީސް މީޑިއާގެ މަންސަތަކުގައި ޝާޢިޢު ކުރެވިފައި ހުންނާނެ ކަމަށާއި އަދި އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.

ޓްރައިއަލް މުއްދަތަށްފަހު، ޓިކެޓް ނަގައިގެން ދަތުރުކުރަން ފެށުނު ނަމަވެސް މި ޚިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި،

3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކެވުމުން ހިލޭ ލިބޭނެއެވެ.

އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ() އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެއެވެ. މީގެ އިތުރުން، ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

އާރްޓީއެލް ވިލިމާލޭ ބަހުގެ ރޫޓް މެޕް އާރޓީއެލް ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް

ބައްލަވާލެވެން ހުންނާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.