ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: އަވަސް
ހަބަރު
05 Feb 2023 | 20:12
ޖޭޕީގެ ގައުމީ ކޮންގްރެސް މި މަހު 24، 25 ގައި ބާއްވަނީ!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީއިން ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމާ، ޕާޓީގެ ޕްލޭނުތައް އެކުލަވާލުމަށް ބާއްވާ އެ ޕާޓީގެ ގައުމީ ކޮންގްރެސް މި މަހުގެ 24 އަދި 25 ގައި ބޭއްވުމަށް ނިންމައިފި އެވެ. 

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހު ވޮއިސްއަށް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އަލީ ޞާލިހު ވިދާޅުވީ މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 500 އާއި 700 އާއި ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށެވެ. އަދި މި ކޮންފަރެންސްގައި ބައިވެރިވާނީ ޖޭޕީގެ އެކި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ މަންދޫބުންކަމަށް ޞާލިހު ވިދާޅުވި އެވެ. 

ޖުމްހޫރީ ޕާޓީއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީއިން ވާދަކުރާނެކަން އިއުލާނުކޮށްފަ އެވެ. އެހެން ނަމަވެސް އިންތިޚާބުގައި ވާދަކުރާނީ ޕާޓީއިން ވަކި ކެންޑިޑޭޓެއް ނެރެގެން ކަމެއް ނުވަތަ އެހެން ސިޔާސީ ޕާޓީއަކާއި އެކު ކޯލިޝަން ހަދައިގެން ކަމާމެދު އަދި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ. 

އެކަމާއި ގުޅޭގޮތުން މީގެ ދުވަސްކޮޅެއް ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖޭޕީއާއެކު ކޯލިޝަން ހަދަން ބޭނުންވާ ފަރާތްތަކަށް އަދި އެ ފުރުސަތު އޮތް ކަމަށެވެ.

އެހެން ނަމަވެސް އެކަންކަން ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށާއި، ކައުންސިލުން ނިންމާ ގޮތެއްގެ މައްޗަށް ރިޔާސީ އިންތިޚާބުގެ ކަންކަން ތަރުތީބުވެގެން ދާނެކަމަށް ގާސިމް ވިދާޅުވި އެވެ. 

ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި އުފައްދާފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ބޮޑު ޕާޓީއެވެ. އެގޮތުން އެ ޕާޓީގައި 18000 މެމްބަރުން ތިބެއެވެ. 

ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ޖޭޕީއިން ކުރަމުންދާއިރު، އެ ޕާޓީއަކީ މިހާރު މިއޮތް ސަރުކާރުގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. 

އެއާއެކުވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީއިން ކުރިއަށް ދާނީ އެމްޑީޕީ ކޯލިޝަނާއި އެކުގައިކަން އަދި އޮތީ ކަނޑަނާޅައެވެ. ގަބޫލު ކުރެވޭގޮތުގައި މި ނިންމުން އެ ޕާޓީގެ ގައުމީ ކޮންގްރެސްގައި މަޝްވަރާކުރުމަށް ފަހު ނިންމާނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.