ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް--
ހަބަރު
09 Feb 2023 | 13:06
ޖޭޕީގެ ރައީސް ގެ މަގާމު އުވާލަން ގާސިމް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމާއި ނައިބު ރައީސުންގެ މަގާމު އުވާލަން އެޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށަހަޅުއްވައިފި އެވެ.

ގާސިމް ހުށަހަޅުއްވާފައި ވަނީ ޕާޓީގައި މިވަގުތު އޮތް ރައީސް ގެ މަގާމާއި ނައިބު ރައީސުންގެ މަގާމު އުވާލައި ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ލީޑަރު ކަމުގައި ހަމަޖައްސާށެވެ. އަދި އޭގެ އިތުރުން، ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ފަސް ބޭފުޅަކު އިންތިހާބު ކުރުމަށް ވެސް މިި އިސްލާހުގައި ހުށަހަޅުއްވާފައިވެއެވެ.

ގާސިމް ގެ މި އިސްލާހުތައް، ފެބްރުއަރީ 24، 25 ދެ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ ޖޭޕީގެ ކޮންގްރެސްއަށް ހުށައަޅަން މިހާރު ވަނީ ކަައުންސިލަށް ފޮނުވާފަ އެވެ. 

ޖޭޕީގެ އުސޫލުގައި ވާގޮތުން މި ބަދަލު ގެނެވޭނީ ކޮންގްރެސް އަށެވެ. ނަމަވެސް ކޮންގްރެސްއަށް ގެންދެވޭނީ ޕާޓީގެ ކައުންސިލަށް އިސްލާހުތައް ހުށައަޅާ ކައުންސިލްގެ އަޣުލަބިއްޔަތުން ކޮންގްރެސްއަށް ފޮނުވަން ނިންމާ އިސްލާހުތަކެވެ.

ޖުމްހޫރީ ޕާޓީ މިހާރު ތަރުތީބުވެފައިވާ ގޮތް

1. ލީޑަރު - ގާސިމް އިބްރާހިމް

2. ޑެޕިއުޓީ ލީޑަރު - އަމީން އިބްރާހިމް

3. ޑެޕިއުޓީ ލީޑަރު - ޑރ. ހުސައިން ރަޝީދު ހަސަން

4. ޑެޕިއުޓީ ލީޑަރު - އަހުމަދު ފަޔާޒް (އެފްއޭ) 

5. ޑެޕިއުޓީ ލީޑަރު - އަބްދުﷲ އަމީން

6. ރައީސް - އަލީ ވަހީދު

7. ނާއިބު ރައީސް - އަހްމަދު ސައުދު

ޕާޓީގެ ލީޑަރޝިޕަށް މިފަދަ ބޮޑު ބަދަލެއް ގެންނަން ގާސިމް ނިންމަވާފައިވާ ސަބަބެއް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް، ޕާޓީގެ ރައީސް ގެ މަގާމުގައި މިވަގުތު ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ނިސްބަތް ކޮށް ބޭއަދަބީ ވާހަކަތަކެއް ދެއްކެވި ވާހަކަ ތަކެއް ވަނީ މީގެ ކުރިން ލިކުވެފައެވެ. އަދި މީގެ އިތުރުން، އޭނާ ޓޫރިޒަމް މިނިސްޓަރު ގެ މަގާމުގައި ހުރި އިރު މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އެހެންނަމަވެސް އެ މައްސަލަ ތަކުގައި އޭނާ ޕާޓީން ވަކިކޮށްފައެއް ނުވެއެވެ. 

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބާއްވަން ހަމަޖެހިފައިވާ ތާރީޚަށް އެޕާޓީގެ ހުރިހާ ލީޑަރުންގެ ދައުރު ހަމަވާނެއެވެ. އެހެންކަމުން ކޮންގްރެސް ގެ ތެރެއިން މަގާމުތަކަށް އަލުން ލީޑަރުން އައްޔަން ކުރުންވެސް ކުރިއަށް ދާނެއެވެ. އެއަށްފަހު، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާއިމެދުވެސް ޕާޓީން ގޮތެއް ނިންމުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޕާޓީގެ ތަރުޖަމާނު އަލީ ޞާލިހް މީގެ ކުރިން "ވޮއިސް" އަށް މައުލޫމާތު ދެއްވާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.