ކުޑަގިރި ހުޅުވައިދެއްވުމަށްފަހު ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 Feb 2023 | 11:04
ކުޑަގިރިއަކީ މާލޭގާ ދިރިއުޅޭ މީހުންގެ ރަށެއް: ރައީސް

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްޤީ ކުރި ކުޑަގިރިއަކީ މާލޭގާ ދިރިއުޅޭ މީހުންގެ ރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކުޑަގިރި ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ޖަޒީރާވަންތަ ގައުމެއްގެ އަހުލުވެރިން ކަމަށާއި ދިރިއުޅުމާ ގުޅި ލާމެހިފައިވާ އެއްކަމަކީ މި ޖަޒީރާތަކުގެ އަހަހިމޭންކަމާއި ހިތްހަމެޖެހުން ކަމަށެވެ. ނަމަވެސް މާލޭގާ ދިރިއުޅޭ ރައްޔިތުންނަށް ވަނީ މި އުފާވެރިކަން ގެއްލި މަހުރޫމުވެފައި ކަމަށެވެ.

މާލެއަސް މީހުން ހިޖުރަކޮށް، މާލެ ތޮޮއްޖެހި، މާލޭގެ ރައްޔިތުންނަށް ގޮނޑުދޮށް ތަކުގެ ހިތްހަމަޖެހުމެއް ނުލިބޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މި އުފާވެރިކަން ލިބެމުންއައި ކުޑަބަނޑޮސް ވެސް މީގެ 10 ވަރަކަށް އަހަރުކުރިން އޭރުގެ ސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން އެރަށް އަތުލައި އެރަށަށް ދިވެހިންނަށް ނުދެވޭގޮތް ހަދާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުރިމަތިވެފައި އޮތް ވަރަށްބޮޑު ކަންބޮޑުވުމެއްކަމާއި މިއަދު ހުޅުވުނު ކުޑަގިރި ޕިކްނިކް އައިލެންޑާއެކު މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން އެފުރުޞަތު އަލުން ފަހިކޮށްދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ކުޑަގިރިއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށެއްކަން ފާހަގަކުރައްވައި އެރަށަށް ކުޑަކުދިންނާ މުސްކުޅިންނާ ނުކުޅެދޭ ފަރާތްތަކާއި އަދި ޢާއިލާއެއްގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް އަންނާނެކަމަށާއި ދަތުރު އަންނަ ހުރިހާ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމުކޮށް އެ ރަށަކީ އެންމެންނަށް ވެސް ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ ކުޑަގިރިއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެރަށުގެ ޚިދުމަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވަމުން ދިއުމަށްވެސް އެދިވަޑައިގަންނަވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ރަސްމިއްޔާތެއްގައި އެމަނިކުފާނު ވިދާޅުވެފައިވާފަދައިން ކިޔަވާކުދިން ދަތުރު އައިސް، ސްކައުޓާއި ގައިޑް ހަރަކާތްފަދަ ހަރަކާތްތަކުން ކޭމްޕްގޮސް ހެދުމަށް ކުޑަގިރިއާ ޖެހިގެން ކުޑަރަށެއް ތަރައްޤީކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވާކަން ވެސް ފާހަގަކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.