"އެހީ" ޖަމިއްޔާގެ "އެހީވާނަން" ޕްރޮގްރާމް
ހަބަރު
11 Feb 2023 | 23:37
"އެހީވާނަން" ތުއްތު އަލްސަންގެ އުއްމީދު ތަކާއި ގުޅިފައި

"އެހީ" ޖަމިއްޔާގެ ފަރާތުން ރޭ އިފްތިތާޙު ކުރި "އެހީވާނަން" ޕްރޮގްރާމަކީ ކެރިފޯރުންތެރިކަން ނެތި ޒަރޫރީ ބޭނުންތައް ފުއްދުމަށް ނުކުޅެދުންތެރި ވެފައިވާ އާއިލާތަކާއި ބައްދަލުކޮށް އެއާއިލާތަކުގެ ހާލަތު ދެނެގަނެ އޭގެން ކޮންމެ އާއިލާއެއްގެވެސް ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ގިނަބަޔަކު ބައިވެރިވެގެން ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ.

އެގޮތުން މިވަގުތު އެ ޕްރޮގްރާމް އަމާޒުކޮށްފައިއޮތީ ހއ އުލިގަމަށް ނިސްބަތްވާ ތުއްތު އަލްސަންގެ އާއިލާގެ ހާލަތަށް ހެޔޮ ބަދަލެއް ގެނައުމަށެވެ.

"އަހަރެން ބޮޑުވެގެން މަންމައަށް ބޮޑު ބިއްލޫރިގެއެއް އަޅައިދޭނަން، ދެން މަންމަ ބައިންދާނީވެސް ފުއްޖަހާފަ، ސްޓޯބެރީ ކާން" މިއީ ތުއްތު އަލްސަންގެ އުއްމީދެވެ. އޭނާގެ މަންމަ ހިނިތުންކުރުވަން އެތުއްތު ދުލުން ބުނެލި ބަހެވެ.

ހއ އުލިގަމަށް ނިސްބަތްވާ އަލްސަންގެ އާއިލާ ދިރިއުޅެމުންދަނީ އެކާވިސްވަނަ ގަރުނުގައި އަހަރެމެން ތެރެއިން އެކަކުވެސް ފެނިދާނެކަމަށް ހީވެސްނުކުރާފަދަ ދަތި ހާލަތެއްގައެވެ.

ތުއްތު އަލްސަންގެ އާއިލާ ދިރިއުޅޭ ގެ

3 ކުދިންނާއި އެކު ދިރިއުޅެމުންދާ މިދެމަފިރިންނާއި "އެހީ" ޖަމިއްޔާގެ ޓީމުން ވަނީ ބައްދަލުކޮށްފައެވެ. އަދި އެދެމަފިރިން 3 ކުދިންނާއި އެކު ދިރިއުޅޭ ގޭގެ ހާލަތުވެސް ވަނީ ބަލައިފައެވެ. މި އާއިލާގެ އެންމެ ކުޑައީ އަލްސަންއެވެ. އަލްސަންއަށް ވުރެ ދޮއްޓަށް ދައްތަ އަކާއި ބޭބެއެއް ހުރެއެވެ.

5 މެމްބަރުންގެ މި އާއިލާ ދިރިއުޅޭ ގޭގެ ބޮޑު ބައި ހަދައިފައި ހުރީ ފަނުންނާއި ޓިނުންނެވެ. ވިއްސާރަ ވެއްޖެނަމަ ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. އެ ގޭގައި ދެ ކޮޓަރި ހުރި އިރު އެއްކޮޓަރީގެ ބޮކި ދިލެއެވެ. އަނެއް ކޮޓަރި އޮތީ އަނދިރިކޮށެވެ. ފާހަނައެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަން ހަދާފައިވަނީ ޓިނުންނެވެ. ފެންވެރޭނެ ލުއި ގޮތެއް ނެތް މި ފާހާނަ ހެދިފައި ހުރި ދިމާއަކީ ރަނގަޅު ދިމާއަކަށް ނުވާއިރު ގައިން ތާހިރުވުމަށް ބޭނުންކުރުމަށް އެތަން އެކަށީގެން ނުވާކަމަށް އެހީ ގެ ޓީމުން ވަނީ ބުނެފައެވެ.

އަލްސަންގެ ގޭގެ އެއްކޮޓަރި 

ބަދިގޭގައި ވެސް އަސާސީ ކަންކަން ހަމަނުވާ އިރު، މި އާއިލާ ކައިބޮއި ހަދަނީ ކުދިންގެ ބައްޕަ ދަނޑުވެރިކަން ކުރުމަށް އިންދާ ހައްދާ ތަކެއްޗެވެ. މީގެ އިތުރުން ހެޔޮއެދޭ ދީލަތި ފަރާތްރަކުން ފޯރުވައިދޭ އެހީ އާއި ބައެއް ފިހާރަތަކުން ފަހުން ފައިސާ ދޭގޮތަށް ދޫކުރާ ތަކެތިންނެވެ. އަމިއްލަ މަސައްކަތުން ލިބޭ އެއްޗަކުން ނުފުދެނީ ކުރާ މަސައްކަތަކީ ދަނޑުވެރިކަމަށް ވެފައި އެކަމަކީ މޫސުމީ މަސައްކަތަކަށް ވާތީއެވެ.

މި ނިމުނު ރަމަޟާން މަހު އާއިލާގެ ހުރިހާ މެމްބަރުން ގިނަ ދުވަހު ތިބީ ބަނޑުހައި ހޫނުކަން މަތީގައެވެ. ސަބަބަކީ އާއިލާއަށް ޢާންމުކޮށް އެހީތެރިވެދީ އުޅުނު ދީލަތި އެހީތެރިޔާ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައި އޮތުމެވެ. އެހަމަސް ދުވަސް އެއާއިލާއިން ހޭދަކުރި ގޮތް އެ މަދަދުވެރިޔާ އާއި ހިއްސާ ކުރިކަމަށް އެފަރާތުން ވަނީ "އެހީ" އާއި ޚިއްސާ ކޮށްފައި ކަމަށް "އެހީ" އިން ބުނެއެވެ.

އަލްސަންގެ އާއިލާ ކައްކާކައި ހަދާ ބަދިގެ

ކުޑަ ކުދިން ތަކެއް މިހާ ނިކަމެތި ހާލުގައި އުޅެމުންދިޔަނަމަވެސް ރަށުގެ އެއްވެސް ބަޔަކަށް އުނދަގުލެއް ވާފަދަ ކަމެއް ނުކޮށް އުޅުމަށް އެކުދިންގެ މަންމަ ވަނީ ދަސްކޮށްދީފައެވެ. ދެރަ ނިކަމެތި ހާލުގައި އުޅުނަސް މިކުދިންގެވެސް އުންމީދު ތަކެއް ވާނެއެވެ. 

އަޅުގަނޑުމެންގެ މުޖުއްމަތަމައުގައި ދިރިއުޅޭ މިދަފަ އާއިލާތަކަށް އެހީތެރިވުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ތުއްތު އަލްސަންގެ އުއްމީދުތަކުގައި ކުލަޖައްސައި ދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. އަލްސަންގެ އާއިލާއަށް އެހީވުމަށް "އެހީ" ޖަމިއްޔާގެ "އެހީވަނީ" ގައި ބައިވެރިވެ އަލްސަންގެ އުއްމީދުތައް ފުރިހަމަ ކޮށްދެވިދާނެއެވެ. ފައިސާގެ އެހީ ފޯރުކޮށްދޭން ބޭނުން ނަމަ ލާރި ޓްރާންސްފަރ ކުރެވިދާނެއެވެ. 

ބީ.އެމް.އެލް އިސްލާމިކްއެކައުންޓް ނަމްބަރ: 7770000014819

އެކައުންޓްގެ ނަން: EHEE JAMIYYA

ފައިސާގެ އެހީތެރިކަން ދެވެން ނެތަނަމަ ތަކެތި ވެސް ހަދިޔާ ކުރެވިދާނެ ކަަމަށް "އެހީ" އިން ބުނެއެވެ. 

އެގޮތުން އެހީވާން ބޭނުންވާ ފަރާތްތަކުން އެހީ ޖަމިއްޔާގެ ޓީމާއި ގުޅައިގެން މިކަން ކުރިޔަށް ގެންދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތު 7803433 އަށް ގުޅާލުމުން ލިބޭނެކަމަށްވެސް އެހީ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

އެހީ ޖަމިއްޔާ އިން އިތުރަށް ބުނީ، މިފަދަ އިތުރު ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފައިސާގެ %12.5 ހަރަކާތް ރާވާ ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރެވިގެން ދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.