ރައީސް ޞާލިހާއި ގާސިމް އިބްރާހިމް އަދި ރައީސް ނަޝީދު އެކުގައި/ ފޮޓޯ: އަވަސް
ހަބަރު
11 Feb 2023 | 23:01
ނަޝީދުގެ ތާއީދު ގާސިމަށް ލިބިއްޖެނަމަ ރައީސް ޞާލިހު ދެވަނަ ބުރަށް ދަތުރެއް ނުކުރާނެ: ތާރިގު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއީދުކުރައްވަން ނިންމަވައިފިކަމަށް ވާނަމަ، އެމްޑީީގެ ޓިކެޓު ލިބިލެއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބުގެ ދެވަނަ ބުރަށް ދަތުރު ނުކުރައްވާނެކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެ އެވެ. 

ތާރިގު މިފަދައިން ވިދާޅުވެފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ގާސިމް ވާދަކުރައްވާނެކަން ދޭހަވާ މޭރުމަކުން ނަޝީދު ވާހަކަދެއްކެވުމާއި ގުޅިގެން އުފެދިފައިވާ ބަހުސްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ތާރިގު ވިދާޅުވީ ގާސިމް އިބްރާހިމަކީ ސިޔާސީ މައިދާނުގައި ރައީސް ޞާލިހަށްވުރެ ގިނަ ދުވަސްވީ ތަޖުރިބާކާރެއް ކަމަށެވެ. ގާސިމްއަކީ 1985 ވަނަ އަހަރުން ފެށިގެން އިސްލާހީ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށް އޭނާ ވިދާޅުވި އެވެ. 

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ގާސިމް އިބްރާހިމް ރައީސް ޞާލިހުގެ ފަހަތްޕުޅުގައި ހުންނެވީތީ ވެރިކަމަށް އާދަވުނު ނަމަވެސް އަބަދު ގާސިމް ހުންނަވާނީ ރައީސް ޞާލިހުގެ ފަހަތްޕުޅުގައިކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށް ތާރިގު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު 

"ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަކީ ރައީސް ސޯލިހަށްވުރެ ސީނިއަރ ޕޮލިޓީޝަނެކެވެ. 1985 ވަނަ އަހަރުންފެށިގެން އިސްލާހީ މަސައްކަތުގައި ދެމިހުރި ފަރާތެކެވެ. ހާލަތްތަކެއް މެދުވެރި، ނަސީބަކުން ވެރިކަމަށް އާދެވުމަކީ ކޮންމެފަހަރަކު ޤާސިމްގެ ތާއީދު ރައީސް ސޯލިހަށް ލިބޭނެކަމެއްނޫނެވެ"

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު

ތާރިގު ވިދާޅުވީ ރައީސް ޞާލިހަށް އޮތީ ދެގޮތް ކަމަށެވެ. އެއްގޮތަކީ ރިޔާސީ އިންތިޚާބުގައި ދުރާލާ ގާސިމްގެ ފަހަތްޕުޅަށް ވަޑައިގަތުންކަމަށް ތާރިގު ވިދާޅުވިއެވެ. އެ ނޫންކަމަށް ވާނަމަ ދެން އޮތް ގޮތަކީ ދެވަނަ ބުރުގައި ގާސިމްގެ ފަހަތްޕުޅަށް ވަޑައިގަތުން ކަމަށް އޭނާ ވިދާޅުވިއެވެ. 

އެއާއެކު ތާރިގު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދު ގާސިމަށް ތާއީދުކުރައްވަން ނިންމަވައިފިކަމަށް ވާނަމަ، ރައީސް ޞާލިހު ދެވަނަ ބުރަށްވެސް ނުދާނެކަމަށެވެ. 

ޖޭޕީގެ ރައީސް ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 

"ރައީސް ނަޝީދުގެ ތާއީދު ޤާސިމްއަށް ލިބިއްޖެނަމަ ރައީސް ސޯލިހު ދެވަނަ ބުރަށް ދަތުރުކުރާނެކަމަށް ނުބެލެވެއެވެ"

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ވަނީ ތައްޔާރުވާން ފަށައިފަ އެވެ. 

ރިޔާސީ އިންތިޚާބަށް އެމްޑީޕީއިން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިޚާބުގައި ޕާޓީ ދެބައިވެ، ޕާޓީގެ ތެރޭގައި އުފެދުނު ދެ ފެކްޝަންގެ ތަޅާފޮޅުން ބޮޑުވެެފައިވާއިރު، މިހާތަނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ރައީސް ޞާލިހުގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވާނެ ކަމެއް ނަޝީދު ރަސްމީކޮށް އިއުލާނު ކުރައްވާފައެއް ނުވެއެވެ. 

މި އިންތިޚާބުގައި ވާދަވެރި ސިޔާސީ ޕާޓީއިން ވާދަކުރައްވާނީ ރައީސް ޔާމީންކަމަށް އެ ޕާޓީއިން ބުނަމުންދާއިރު، އެމަނިކުފާނުގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެއް ނުވެއެވެ. 

އެއާއެކު ރާއްޖޭގެ ތިންވަނަ އަށް އެންމެ ބޮޑު ޕާޓީ ޖޭޕީއިންވެސް ދަނީ ތައްޔާރީތައް ވަމުންނެވެ. އެހެން ނަމަވެސް މިހާތަނަށް ރިޔާސީ އިންތިޚާބުގައި ޖޭޕީއިން ވަކި ކެންޑިޑޭޓެއް ނެރެގެން ވާދަކުރާނެކަން އިއުލާނުކޮށްފައެއް ނުވެއެވެ. 

އެހެންކަމުން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ތަފާތު އިންތިޚާބަކަށް ވެގެންދާނެކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރައްވާ ފަރާތްތައް ދަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ދިވެހި މުސްކުޅިން
ގާސިމު ހުންނެވީ ސާލިހު އާއެކީ ގައި ކުރިއަށްދާން ގާސިމުގެ ދަރިކަލުންނަކީ ސޯލިހުގެ ރަނިންގ މޭޓް
12 Feb 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.