ވައިޓް ހެލްމެޓުން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަނީ
ހަބަރު
12 Feb 2023 | 19:59
ތުރްކިޔޭ ސީރިޔާ ބިންހެލުން: ޤަޠަރުން ސީރިޔާ އަށް އެހީ ފޮނުވައިފި

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުންތަކަށް ފަހު ސީރިޔާގެ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ވައިޓް ހެލްމެޓްސް އަށް އެހީވުމަށް ޤަޠަރުން އެހީފޮނުވައިފިއެވެ.

ޤަޠަރުން އެހީ ފޮނުވައިފައިވަނީ ހުޅަނގުއުތުރު ގައި މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ އެއިޑް ގްރޫޕަށެވެ. އެހީގެ ގޮތުގައި ފޮނުވި ތަކެތީގެ ތެރޭގައި ހިމެނެނީ އެމްބިޔުލާންސް މަރާމާތު ކުރުމަށް ބޭނުންވާނެ ސާމާނާއި ހެވީލޯޑް ވެހިކަލް ތައް ދުއްވާ ހެދުމަށް ބޭނުންވާނެ ފިޔުލް ފަދަ ތަކެއްޗެވެ.

"މިކަމުގައި ހުރަސްކުރަން އޮތް މަގު ދިގު، އެކަމަކު މިދަތި ހާލަތުގައި ޤަޠަރުގެ އެހީއާއި ނުލައި މިކަމާއި ކުރިމަތިލުމަކީ ދަތިކަމެއް،" ވައިޓް ހެލްމެޓުން ޓްވިޓާގައި ބުނެފައިވެއެވެ.

ވައިޓް ހެލްމެޓަކީ ސީރިޔާގައި ކާރިސާ ތަކުގައި އެކިއެކި އެހީފޯރުކޮށްދީ މީހުން ސަލާމަތް ކުރުމަށް އެކުލަވައިލެވިފައިވާ 3000 ދަރުމަވެރިންގެ ގްރޫޕެކެވެ.

ހޮނިހިރު ދުވަހު ވައިޓް ހެލްމެޓުން ބުނީ ބުރާސްފަތި ދުވަހުގެ ފަހުން އެއްވެސް މީހަކު ދިރިއޮއްވައި ކޮންކްރިޓް ތަކުގެ ދަށުން ސަލާމަތްކުރެވިފައި ނުވާކަމަށާއި މުޅިންވެސް ނެރެވިފައިވަނީ މަރުވެފައިވާ މީހުންގެ ހަށިތައް ކަމަށެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން ވެސް ވަނީ ސީރީޔާ އަށް އެހީ ފޮނުވައިފައެވެ. އެކަމަށްޓަކައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދް ވަނީ އެޤައުމުގެ ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ.

"ޔޫއޭއީ އަކީ އެންމެ ފުރަތަމަ ސީރިޔާއަށްޓަކައި ތެދުވި ޤައުމުތަކުގެ ތެރެއިން އެއް ޤައުމު، އެމަޖެންސީ އެއިޑާއި އިންސާނީ އެހީ އަދި ރެސްކިޔު ޓީމު ވަނީ ފޮނުވައިފައި" ދަމަސްކަސް ގައި އިމާރާތުގެ ފޮރިންގ މިނިސްޓަރ ޝެއިޙް ޢަބްދުﷲ ބިން ޒައިދް އަލް ނަހްޔާން އާއި އެކު ބޭއްވި ބައްދަލުވުމެއްގައި ބައްޝާރުލް އަސަދު ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.