ޖެޕީގެ ޕްރެސް ކޮންފަރެންސްގައި އިލްހާމު ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
14 Feb 2023 | 17:06
ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރައްވާނެކަން ނިންމާނީ ކޮންގްރެސްއަށްފަހު: ޖޭޕީ

މިއަަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއިން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅާނީ އެ ޕާޓީގެ ކޮންގަރެސްއަށް ފަހު އެކުލަވާލާ ކައުންސިލުންކަމަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއާއި އެ ޕާޓީގެ އެތެރޭގެ އިންތިޚާބާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވޭތޯ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަކީ ޕާޓީގެ ލީޑަރޝިޕުން ބޭނުންވާ ގޮތް ކަމަށެވެ. އެގޮތުން ޤާސިމް އިބްރާހިމް ފަދަ ސިޔާސީ ތަޖުރިބާކާރެއް ޕާޓީގެ ތެރެއިން ވާދަކުރުމަކީ ޔަގީނުންވެސް ބޭނުންވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެން ނަމަވެސް ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އަދި ޕާޓީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ބާރަކީ ޕާޓީގެ ކައުންސިލަށް ލިބިފައިވާ ބާރެއްކަމަށް އޭނާ ވިދާޅުވިއެވެ. 

މި މަހު ޖުމްހޫރީ ޕާޓީއިން ބާއްވާ ގައުމީ ކޮންގަރެސްއަށްފަހު ޕާޓީގެ ކައުންސިލް އެކުލަވާލެވިގެން ދާނެ ކަމަށާއި، މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއިން ވާދަކުރާނެކަން ނުވަތަ ނޫންކަން ކަނޑައަޅާ، ޕާޓީއިން ނެރޭނެ ކެންޑިޑޭޓެއް ދައްކާނީ އެ ކައުންސިލުން ކަމަށް އިލްހާމް ވިދާޅުވި އެވެ. 

"މި ޕާޓީއިން އަދި ގޮތެއް ނުނިންމަވާ. މި ޕާޓީއިން ގޮތެއް ނިންމަވާނީ މި ކޮންގަރެސް ނިމި ކައުންސިލުން އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓާއި ބެހޭގޮތުން ބަހުސް ފެށޭ ހިސާބުން"

ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އިލްހާމް އަހުމަދު 

އިލްހާމު ވިދާޅުވީ މިހާރު ޖުމްހޫރީ ޕާޓީ އޮތީ ކޯލިޝަނެއްގެ ތެރޭގައި ކަމަށެވެ. އަދި އެ ޕާޓީއިން ގެންދަނީ ކޯލިޝަން ދެމެހެއްޓުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. 

އެހެންކަމުން އަދި ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޕާޓީއިން ވަކި ގޮތެއް ކަނޑައަޅާފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ. 

އިލްހާމު މިފަދައިން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއިން ވާދަކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެހެން ނަމަވެސް އިލްހާމެކޭވެސް އެއްގޮތަށް ޤާސިމް ވެސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖޭޕީއިން ވާދަކުރާނީ ކޯލިޝަނަކާއި އެކުގައިތޯ ނުވަތަ ޕާޓީއިން ކެންޑިޑޭޓެއް ނެރެގެންތޯ ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.