ޖޭޕީގެ އެޑްވައިޒަރު ރިޔާޒު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
14 Feb 2023 | 21:05
މަޑުން ތިބެފައި ޖޭޕީ އިން ބަސް ބުނާނީ ވަގުތު ޖެހުނީމަ: ރިޔާޒު

އަބަދު މަގުމަތީގައި ސިޔާސީ ހަރަކާތްތައް ނުހިންގި ނަމަވެސް ވަގުތު ޖެހުމުން ޖުމްހޫރީ ޕާޓީއިން ބަސް ބުނަމުން ގެންދާނެކަމަށް އެޕާޓީގެ އެޑްވައިޒަރު އަދި މަޖިލީހުގެ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ. 

ރިޔާޒު މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ރާވާފައިވާ މުހިންމު ހަރަކާތްތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

މި ވެރިކަމުގައި ސަރުކާރުގެ ހިއްސާދާރެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ އޮތްއިރު ޕާޓީއިން ފުޅާ ދާއިރާއެއްގައި ސިޔާސީ ހަރަކާތްތައް ހިންގަމުން ނުދާކަމަށް ސިޔާސީ މަޝްރަހުގައި ތިއްބަވާ ފަރާތްތައް ދަނީ ބުނަމުންނެވެ. އަދި ޖުމްހޫރީ ޕާޓީއަކީ :"ހިހޫތަނުން ކާލައިގެން" އޮންނަ ޕާޓީއެއްކަމަށް ސަރުކާރުގެ ވާދަވެރި ޕާޓީއިންވެސް މީގެ ކުރިން ވަނީ ބުނެފައެވެ. 

ޖުމްހޫރީ ޕާޓީ މަޑުން އޮންނަ ސަބަބާއި ގުޅޭގޮތުން ރިޔާޒު ވިދާޅުވީ އެ ޕާޓީއިން މާ ގިނަ ހަރަކާތްތަކެއް ފާއިތުވި ތަނުގައި ނުހިންގީ ފަހަރެއްގައިވެސް ޕާޓީގެ ގާބިލުކަން ނެތިގެން ނޫން ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތައް ހިންގާނެ ވަސީލަތްތައްވެސް ނެތިގެން ނޫން ކަމަށެވެ. 

ސިޔާސީ ޕާޓީއެއް ވިއްޔާ އަބަދުވެސް އޮންނަންޖެހޭނީ މަގުމަތީގައިކަމަށް ޖޭޕީއިން ނުދެކޭކަމަށް ރިޔާޒު ވިދާޅުވި އެވެ. އެހެން ނަމަވެސް ރައްޔިތުންގެ ހައްގުގައި ބަސް ބުނަންވީ ރަނގަޅު ވަގުތުގައި ޖުމްހޫރީ ޕާޓީއިން އަބަދުވެސް ބަސް ބުނަމުން ގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ. 

"އަބަދު ޖުމްހޫރީ ޕާޓީއިން ގަބޫލުކުރާ ގޮތުގައި ޕާޓީ އޮންނަންވާނީ މަގުމަތީގައެއް ނޫން. އެހެންވީމަ އަޅުގަނޑުމެން އެ ވަގުތަކަށް އެންމެ މުނާސަބު، ރައްޔިތުންގެ ކަންތައްތަކުގައި ޖުމްހޫރީ ޕާޓީއިން ދަނީ ބަސް ބުނަމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ދަނީ ބަސް ބުނަމުން، ރައްޔިތުންނާއެކު އަބަދުވެސް ޖުމްހޫރީ ޕާޓީ އޮންނާނެ. ރައްޔިތުންނަށް ކަންބޮޑުވާ ކަންކަމުގައި ބަސް އިއްވާނެ، ރައްޔިތުންގެ ކަންބޮޑުވާ ކަންކަމުގައި ޖުމްހޫރީ ޕާޓީއިން އަބަދުވެސް އަޑުއުފުލާނެ"

ޖޭޕީގެ އެޑްވައިޒަރު ރިޔާޒު ރަޝީދު

ރިޔާޒު ވިދާޅުވީ މި މަހު ޖުމްހޫރީ ޕާޓީއިން ބާއްވާ އެ ޕާޓީގެ ކޮންގްރެސް ވެގެންދާނީ ޖުމްހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތައް ފުޅާކޮށް، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ފެށުމަކަށް ކަމަށެވެ. 

އެ ކޮންފަރެންސްއަށްފަހު ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ޖޭޕީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން ޕާޓީގ އަސާސީ ގަވައިދަށް ގެންނަން ހުށައަޅާ މުހިންމު އިސްލާހުތައް ފާސްކުރެވިގެންދާނެ އެވެ. އޭގެ އިތުރުން އެ ކޮންފަރެންސަށްފަހު އެކުލަވާލެވޭ ކައުންސިލުން ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ނުވަތަ ނޫންކަން ކަނޑައަޅާ ރަސްމީކޮށް އިއުލާނު ކުރާނެކަމަށް އެ ޕާޓީއިން ވަނީ މައުލޫމާތު ދީފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.