ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން: ފޮޓޯ/ މަޖިލިސް
ހަބަރު
15 Feb 2023 | 11:35
އޭސީސީއަށް ހުށަހެޅުނު މައްސަލަތައް ގިނަ ވުމުން އެތަން އުވާލި ސަރުކާރެއް މިއީ: އަލީ

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލަތަކެއް ހުށަހެޅުމުން އެ މައްސަލަ ތައް ދިފާއުކޮށް، ރައްޔިތުންގެ މަޖިލީހުގައި ތިބި ބައެއް މެންބަރުންގެ ބައިވެރިވުމާއި އެކު އެ ކޮމިޝަން އުވާލި ސަރުކާރެއް މި ނޫނީއްޔާ ދިވެހިރާއްޖޭގެ ތާރީޚްގައި ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނިޓަރކުރެވޭނެ ޤާނޫނެއް އެކުލަވާލުމަށް އެދި ގޮވާލާ ޤަރާރަށް ބަހުސް ކުރަން އަލީ ހުސައިން ވިދާޅުވީ، އޭސީސީ އަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށް އުފެއްދި ތަނެއް ނަމަވެސް، ވޭތުވެދިޔަ 15 ވަރަކަށް އަހަރުގައި ކުލީގެ ގޮތުގައި އެ އޮފީހުން ދެއްކި ފައިސާ، ކޮރަޕްޝަން މައްސަލަތަކުގައި އަލުން އަނބުރާ ހޯދުނު ފައިސާއަށްވުރެ ގިނަ ކަމަށެވެ. 

އެހެންވީމާ ހަގީގަތުގައި މިހާރު ރައްޔިތުން އެބަ ސުވާލު އުފައްދާ އެންޓި ކޮރަޕްޝަން ކޮމިޝަނެއް ރާއްޖޭގައި މިގޮތަށް ހަމަ އޮންނަންވީތޯ، ނުވަތަ އެހެން މައްސަލަ ތައް ބަލާގޮތަށް ފުލުހުންގެ އިދާރާއިން ހަމަ ކޮރަޕްޝަން ގެ މައްސަލަތައް ބަލަންވީތޯ.

އަލީ ހުސައިން 

މިފަދައިން ސުވާލު އުފައްދަން ނުވާ ސަބަބެއްވެސް ނެތް ކަން ފާހަގަކުރައްވައި އަލީ ހުސައިން ވަނީ އާއްމު ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންގެ މައްސަލަ ތައް ބެލުމުގައި ގެންގުޅޭ ތަފާތު ތަކަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގައި ތިބޭ މީހުން ހިންގާ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތަކުގެ ތަހުގީގަށް، އެ މީހުން ހާޒިރު ކުރަނީ "ކޯޓު ފަޓުލޫނުގައި ޓައީ" އަޅާފައި ތިއްބާ ކަމަށާ، އެހެން ނަމަވެސް، އާއްމު ރައްޔިތަކު ރިހާކުރު ފުޅިއެއް ވަގަށް ނެގި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަނީ އެ މީހަކު ޖަލުގައި ބަންދު ކޮށްގެން ކަމަށް އަލީ ވިދާޅުވި އެވެ. 

ޢަލީ ވިދާޅުވީ، އެހެނިހެން ގައުމުތަކުގައި އޭސީސީއެއް އުފައްދާފައި އޮންނަނީ މަސައްކަތް ކުރަން ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ އޭސީސީން މަސައްކަތް ކުރާތަން ނުފެންނަ ކަމަށާ، ފެންނަނީ އޭގެ އިދިކޮޅު ކަމަށެވެ. 

އެއާއި ޚިލާފަށް އަޅުގަނޑުމެންނަށް ފެނުނީ އާދަޔާ ޚިލާފް މަންޒަރެއް މި ސަރުކާރުގައި. މި ވޭތުވެދިޔަ ތާރީޚް ގައި، ދިވެހިރާއްޖޭގެ ތާރީޚްގައި ނުފެންނަ މަންޒަރެއް އަޅުގަނޑުމެންނަށް ފެނުނީ މި ސަރުކާރުގައި މި ހަތަރު އަހަރު ތެރޭގައި ފެނުނު. އެއީ  އޭސީސީއަށް ވަކިމީހަކާއި ގުޅޭގޮތުން 80 ވަރަކަށް މައްސަލަ ހުށަހެޅުނީމާ، ވަކި ބަޔަކާއި ގުޅޭގޮތުން 80 ވަރަކަށް މައްސަލަ ހުށަހެޅުނީމާ، އެންޓި ކޮރަޕްޝަން ކޮމިޝަން އުވާލީ. އަޅުގަނޑުމެން ދުވަހަކުވެސް ނުދެކެން އޭސީސީއަށް މައްސަލަ ހުށަހެޅުނީމާ އެ މައްސަލަތައް ދިފާއުކޮށްފައި، ރާއްޖޭގެ ޓީވީތަކަށް އަރައި، މީޑިއާ ތަކަަށް އަރައި ޑިފެންޑް ކުރި މަންޒަރެއް އަޅުގަނޑު ނުދެކެން މި ސަރުކާރުގައި ނޫނިއްޔާ. ހަމައެކަނި ޑިފެންޑް ކުރީ އެއްވެސް ނޫން. މިތަނުގައި. މި ރައްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުން، އެ ބޭފުޅުންނާ ގުޅިފައި ތިބި މެންބަރުން ބޭނުންކޮށްގެން އެންޓި-ކޮރަޕްޝަން އުވާލީ. މިއީ ދެރަވަރު ކަންކަން. ދިވެހިރާއްޖޭގެ ތާރީޚްގައި ވަރަށް ހުތުރުކޮށް ލިޔެވޭނެ ކަންކަން. 

ޢަލީ ހުސައިން 

އޭސީސީއަށް ބަލަން ހުށަހެޅުނު މައްސަލަތައް ގިނަ ވުމުން އެ ކޮމިޝަން އުވާލުމަށްފަހު އަލުން އަނެއްކާ މިހާރު އުފައްދާފައިވާއިރު، އެ ކޮމިޝަނުން މިހާތަނަށް ކުރެވުނީ ކޮންކަމެއް ތޯ ޢަލީ ހުސައިން ވަނީ ސުވާލު ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.