މުހައްމަދު އަހްމަދު ހުސެއިން ޑެޕިޔުޓީ ލީޑަރުގެ މަޤާމަށް ވާދަކުރެއްވުމަށް ފޯމު ހުށައަޅުއްވަނީ
ހަބަރު
16 Feb 2023 | 07:38
އިމިގްރޭޝަން ކޮންޓްރޯލާވެސް ޑެޕިޔުޓީ ލީޑަރުންގެ ރޭހަށް

އިމިގްރޭޝަން ކޮންޓްރޯލަރ މަޤާމުގައި ހުންނެވި މުހައްމަދު އަހްމަދު ހުސެއިން ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރުގެ މަޤާމަށް ނަންހުށައަޅުއްވައިފިއެވެ.

ޕާޓީގެ ޑެޕިޔުޓީ ލީޑަރުން ހޮވުމަށް ނަން ހުށައެޅުމަށް ޖޭޕީ އިން ހުޅުވާލައިފައިވާއިރު އެޕާޓީގެ ޤައުމީ ކޮންގްރެސް މިމަހުގެ 24 ހުން 25 އަށް ވަނީ ބޭއްވުމަށް ހަމަޖެހިފައެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ޞާލިޙް މިކަމާއި ގުޅިގެން "ވޮއިސް" އަށް ވިދާޅުވެފައިވަނީ  ކޮންގްރެސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 500 އާއި 700 އާއި ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށެވެ. އަދި މި ކޮންފަރެންސްގައި ބައިވެރިވާނީ ޖޭޕީގެ އެކި އިންތިޚާބީ މަގާމުތަކުގައި ތިއްބެވި މަންދޫބުންކަމަށް ޞާލިހު ވިދާޅުވި އެވެ. 

ޖުމްހޫރީ ޕާޓީއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީއިން ވާދަކުރާނެކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރާނީ ޕާޓީއިން މިނިވަން ކެންޑިޑޭޓެއް ނެރެގެން ކަމެއް ނުވަތަ އެހެން ޕާޓީ އަކާއި ކޯލިޝަނެއް ހަދައިގެން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ޖޭޕީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ޤާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ޖޭޕީ އާއި އެކު ކޯލިޝަން ހަދަން ބޭނުންވާ ޕާޓީ އަކަށް އެފުރުސަތު އޮތް ކަމަށެވެ. އެހެން ނަމަވެސް އެކަންކަން ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށާއި، ކައުންސިލުން ނިންމާ ގޮތެއްގެ މައްޗަށް ރިޔާސީ އިންތިޚާބުގެ ކަންކަން ތަރުތީބުވެގެން ދާނެކަމަށް ގާސިމް ވިދާޅުވި އެވެ. 

ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި އުފައްދާފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ބޮޑު ޕާޓީއެވެ. އެގޮތުން އެ ޕާޓީގައި 18000 މެމްބަރުން ތިބެއެވެ. 

ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ޖޭޕީއިން ކުރަމުންދާއިރު، އެ ޕާޓީއަކީ މިހާރު މިއޮތް ސަރުކާރުގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.