މިނިސްޓަރު ޝާހިދު ރައީސް ޞާލިހަށް ރިޔާސީ ޓިކެޓު ހަވާލުކުރި ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
18 Feb 2023 | 10:33
ޞާލިހު ގެނެސްދިނީ ނޫރާރީ ދައުރެއް، ދައުލަތުގެ ސިފަ ޖައްސައިދީފި: ޝާހިދު

ދިވެހިރާއްޖޭގައި ދައުލަތެއްގެ ސިފަ ޖައްސަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ޝާހިދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ރައްޔިތުން ހަނދާން ކުރަނީ ގައުމަށް އައި މިނިވަން ނޫރާނީ ދައުރެއްގެ ގޮތުގައި ކަމަށެވެ. މީގެ ކުރީގެ ވެރިކަމުގައި ހިންގާފައިވާ އަނިޔާވެރި އެތައް ކަމެއް މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. 

އެގޮތުން ޝާހިދުގެ ވާހަކައިގައި ވަނީ މީގެ ކުރީގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީސް މެމްބަރުން، މަގާމުން ވަކިކޮށް، މަޖިލީހުން ނެރުނު ގޮތް ހަނދާންކުރުމަށް އެދިލައްވާފައެވެ. އޭނާ ވިދާޅުވީ އޭރު މަޖިލީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރުން ދީފައި ނުވާކަމަށެވެ. 

"ހަނދުމަފުޅު ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މެމްބަރުކަމުން ވަކިވެއްޖެކަމަށް ނިންމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ދަމާނެރެ، ބޮޑު ކަންނެލި އުކާހެން ގޭޓުމަތިން އުކާލީ، ދައުލަތުގެ ސަލާމަތީ ބާރުތަކުގެ އަތްދަށަށް ރައްޔިތުންގެ މަޖިލިސް ގެންދިޔަ، ހަނދުމަފުޅު ކުރައްވާ! އެއީ އަނިޔާވެރިކަން.. އެއީ ދައުލަތް ޚަރާބުކޮށްލުން. އަޅުގަނޑުމެންގެ މި މިނިވަން ނޫރާނީ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ މުއައްސަސާގެ ސިފަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެނެސްދެއްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 

ދެން އޭނާ ވިދާޅުވީ މިއަދު މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފަހި ފުރުސަތު ތަނަވަސްކޮށްދެވިފައި ވާކަމަށެވެ. މީގެ ކުރީގެ ވެރިކަމުގައި ސުޕްރިމް ކޯޓުން ޓިނުގަނައި ގާޒީން ހައްޔަރުކޮށް އެތައް އަނިޔާއެއް ކުރި ނަމަވެސް މިއަދު ފެނިގެންދަނީ މިނިވަންކަމާއެކު ކޯޓުތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެފައި އޮތް މަންޒަރުކަމަށް ޝާހިދު ވިދާޅުވިއެވެ. 

"ރާއްޖޭގެ ފަނޑިޔާރުގޭގެ ފުރާޅުން ޓިނު ނަގާ ބޮޑު ފަނޑިޔާރާއި ދެންތިބި ފަނޑިޔާރުން ނަގާ ގެންގޮސް ކުޑަގޮޅިއަށްލާ، ބަނޑު ބިންމަތީގައި ޖެއްސީ.. ކުރީގެ އަނިޔާވެރި ސަރުކާރުން. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން އަޅުގަނޑުމެން މިއަދު މި ހަނދާން ކުރަނީ ފަނޑިޔާރު ގެއަކީ މިނިވަން މުއައްސަސާއެއް"

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 

ރައީސް ޔާމީންގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރައްވާ ޝާހިދު ވިދާޅުވީ މީގެ ކުރިން ގާނޫނު އަސާސީ ގަޑުބަޑުކޮށް، ރާއްޖޭގެ ރަށްތަކާއި ފަޅުތައް ޞޭރު މީހުންނަށް ވިއްކަމުން ދިޔަކަމަށެވެ. އެހެން ނަމަވެސް އެކަންކަމަށް ރައީސް ޞާލިހުގެ ސަރުކާރުން ވަނީ ނިމުން ގެނެސްފައި ކަމަށެވެ. 

"މިދިޔަ ޕީޕީއެމްގެ އަނިޔާވެރި ޖައްބާރު ވެރިކަމުގައި މުޅި ދައުލަތް ވިއްކާލަން ނިންމާ ހިންގި ބޮޑު ޖަރީމާގެ މަތިން ހަނދުމަފުޅު ކުރައްވާ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ޚަރާބުކޮށްލާ ގާނޫނު އަސާސީއަށް އިސްލާހު ގެނައީ ރާއްޖޭގެ ފަޅުތަކާއި އަތޮޅުތަކާއި ރަށްތައް ވިއްކާލުމަށް، ހަނދުމަފުޅު ކުރައްވާ! ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން އަޅުގަނޑުމެން ހަނދާން ކުރާއިރު، އެ އަނިޔާވެރިކަން، އެ ބިރުވެރިކަން، ރާއްޖޭގެ އިސްތިގުލާލު ނަގާލުމަށް ރާވާފައި އޮތް ބޮޑު ޖަރީމާ ފޮހެލެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު"

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 

ޝާހިދު ވިދާޅުވީ ރައީސް ޞާލިހު ސަރުކާރުގައި މީގެ ކުރިން އެއްވެސް ސަރުކާރަކަށް ފޯރުކޮށްދެވިފައި ނުވާމިންވަރަށް އަސާސީ ޚިދުމަތްތައްވެސް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ 70 އިންސައްތަ ރަށުގައި ސާފު ފެނާއި ނަރުދަމާ އޮތީ ނާޅާ ކަމަށާއި، މި ދައުރު ނިމެންވާއިރު ހުރިހާ ރަށަކަށް އެ ޚިދުމަތް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ޝާހިދު ދެއްވިއެވެ. 

"މި ދިވެހިރާއްޖޭގެ 70 ޕަސެންޓު ރަށުގައި ފެނެއް ނެތް، ނަޖިސް ފެނުން ފެންވަރައިގެން ރާއްޖެ އުފެދުނީއްސުރެ މީހުން އުޅެމުން އައީ. މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ 70 ޕަސެންޓު ރަށުގައި ސާފު ބޯފެނެއް ނެތް، ނަރުދަމާއެއް ނެތް. ﷲ ގެ އިރާދަފުޅުން، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްުޅުން އަޅުގަނޑުމެންގެ މި ދައުރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުން ފެންވަރާނީ ބޯނީ ސާފު ބޯފެން"

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރައީސް ޞާލިހުގެ ސަރުކާރުން ކޮށްދެއްވި ގިނަ ކަންތައްތަކަކަށް ޝާހިދުގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފަ އެވެ. އޭގެ ތެރޭގައި މި ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރެއިން 16000 ދަރިވަރުން މިހާރު ތައުލީމު ހާސިލްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުމަށް ފެއްޓެވި އާރުޓީއެލް ފެރީ މަޝްރުއުގެ ސަބަބުން ލިބެމުންދާ ލުއި ފަސޭހަކަމަށް ޝާހިދު ތައުރީފު ކުރެއްވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ރާއްޖޭގައި ދައުލަތުގެ ސިފަޖެހެން ފެށީ ރައީސް ޞާލިހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ރައްޔިތުން ހަނދާން ކުރަނީ ނޫރާނީ ވެރިކަމެއްގެ ގޮތުގައި ކަމަށާއި، އަނބުރާ އަނިޔާވެރިކަމަށް ދާން އެއްވެސް ރައްޔިތަކު ބޭނުން ނުވާކަމަށް ޝާހިދު ވިދާޅުވިއެވެ. 

އެއާއެކު ޝާހިދު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު ރައީސް ޞާލިހު ކާމިޔާބުކުރައްވާނީ ގަދަކޮށް ކަމަށެވެ. އަދި އެ އިންތިޚާބު ކާމިޔާބުކޮށް އަނެއްކާވެސް ވެރިކަމަށް ހުވާކުރައްވާނީ ރައީސް ޞާލިހުކަމާމެދު ޔަގީން ކުރައްވާކަމަށް ޝާހިދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.