ރައީސް ޞާލިހަށް ޓިކެޓުދިން ޖަލްސާގައި މާރިޔާ ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
18 Feb 2023 | 10:40
ކުރީގެ ސިފައިންނަށް މަލާމާތް: މިހާރު ތައްޔާރު ކުރާ ސިފައިން ފިނިކޮޓަރިއަށް ލައިގެން ރޯކަށް ނުފަށާނެ: މާރިޔާ

ބޭސްފަރުވާއަށް އިންޑިއާއަށް ދިޔުމުން ޑީޕޯޓުކޮށްލި ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ޞަމަދަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަލާމަތް ކުރައްވައިފި އެވެ. 

ޞަމަދު އާއިލާއާއެކު އިންޑިއާއަށް ބޭސްފަރުވާއަށް ކުރި ދަތުރުގައި، އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ހައްޔަރުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ދެ ދުވަސް ބަހައްޓާފައިވާއިރު، އޭނާ ބަހައްޓާފައި ހުރީ ފިނި ކޮޓަރިއެއްގައި ކަމަށް ޞަމަދު ވަނީ ކިޔައިދީފަ އެވެ. 

އެތަނުގައި އޭނާ ބަހައްޓާފައި ހުރިއިރު، އޭނާއަށް ގަޑިން ގަޑިއަށް ދޭން ޖެހޭ ބޭސްތައް ނުދީ، ކާން ނުދިނުމުގެ ސަބަބުން އަނބުރައިގަނެ އަވަސް ފަރުވާދޭން ޖެހުނުމަށް ޞަމަދު ވިދާޅުވެފައި ވެއެވެ. 

ޞަމަދު ޑީޕޯޓުކޮށްލުމުން އަނބުރާ މާލެ ވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަނީ

 ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ ޓިކެޓު ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އެ ހާދިސާއަށް އަލިއަޅުވާލައްވާފަ އެވެ. 

މާރިޔާ ވިދާޅުވީ އެކަމަނާއާއި އެ މިނިސްޓްރީ ހަވާލުކުރައްވަމުން، ގައުމީ ދިފާއީ ބާރަކީ ފަޚުރުވެރި ގާބިލު ސިފައިން އުފައްދާ ތަނަކަށް ހެއްދެވުމަށް ރައީސް ޞާލިހު އެދިވަޑައިގެންނެވި ކަމަށެވެ. 

ދިފާއީ ބާރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރިކަމަށް ވިދާޅުވާ ޞަމަދު އިންޑިއާއިން އަނބުރާ ފޮނުވާލުމާއި ގުޅިގެން ހިއްސާކުރި ވާހަކަތަކަމަށް ބަލާއިރު، މި ސަރުކާރުގައި ގާބިލު ސިފައިން އުފެއްދިފައިވާކަމުގެ އިހުސާސް ކުރެވޭކަމަށް މާރިޔާ ވިދާޅުވި އެވެ. 

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ 

"މި ދޭތެރޭން މީޑިއާތަކުގައި އުޅުނު.. ކޮންމެ ރެއަކު ވަރަށް ބާރަށް އަޅުގަނޑުމެންގެ އަވައްޓެރި ގައުމުގެ މިލިޓަރީއާއި ދިމާލަށް އެކި ގޮތްތަކަށް ގޮން ޖައްސަވާ ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައިވެސް އެފައުޖުގެ ކުރީގައި ދިދަ ހިއްަވައިގެން ހުންނަވާ ބޭފުޅެއް.. ތުނބުޅިބާލައްވާ ކުޑަކޮށް ތައްޔާރުވެލައްވައިގެން އާއިލާއާއެކު އެ ގައުމަށް ވަޑައިގެންނެވީ. ދެން ފެނިގެން ދިޔައީ އަނބރާ ވަޑައިގަތްތަން.. ކެމެރާތައް ހުރީ އަޅުވާފަ.. ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ސިފައިންނާއި ފުލުހުންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން"

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ 

ޞަމަދަކީ ކުރިން ދިފާއީ ބާރުގައި މަސައްކަތް ކުރެއްވި ނަމަވެސް މިހާރު ރިޓަޔާޑް ބޭފުޅެކެވެ. އަދި ހިތުގެ ބައްޔަށް ބޭސްކުރަމުންދާ ބޭފުޅެކެވެ.

މިއަދު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން ދާއިރު، ޞަމަދަކީ ގަވައިދާއި ޚިލާފަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުވެތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލާ ކުރިއަށް ގެންދާ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. 

އިންޑިއާ އައުޓު ހިންގާލުމުގައި އިސް ސަފުގައި ޞަމަދު ހަރަކާތްތެރިވަނީ 

"އިންޑިއާ އައުޓު" ކެމްޕޭނުގައި ބައިވެރިވެ އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަށް އިންޑިއާއިން ބޭނުން އަދަބެއް ދިނުމަކީ މައްސަލައެއް ނޫންކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ޞަމަދު އިމިގްރޭޝަންގެ ފިނި ކޮޓަރެއްގައި ބަހައްޓާލުމުން، އެކަމަށް ކެތް ނުކުރެވުނީ ފިނޑިކަމުން ކަމަށެވެ.

އެއާއި ޚިލާފަށް މިހާރު ސިފައިންގެއިން ތަމްރީނު ކުރާ ސިފައިންނަކީ ފިނިކޮޓަރިއަކަށް ލައިގެން ރޯނެ ބައެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. 

"މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިފައިންނާއި ފުލުހުންގެ އެ ހިތްވަރު ހުންނާނެ.. އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބިފަކައެއް އައިސް ރޮއެއް ނުގަންނާނެ.. ހެދެނީ ނެހެދެނީ ކިހެނެއްކަމެއް ނޭގިގެން އުޅޭނެ ބައެއް ނޫން އަޅުގަނޑުމެން މި ތައްޔާރުކުރަމުން ދަނީ"

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ

އޭގެ އިތުރުން ރައީސް ޞާލިހުގެ ދިފާއީ ސިޔާސަތަށްވެސް މާރިޔާ ވަނީ ތައުރީފުކުރައްވާފަ އެވެ.

އެކަމަަނާ ވިދާޅުވީ ރައީސް ޞާލިހުގެ ޙާރިޖީ ސިޔާސަތަކީ ހުރިހާ ގައުމުތަކާއިވެސް އެކުވެރިކަން ބާއްވާ ސިޔާސަތެއް ކަމަށެވެ.

އެ ސިޔާސަތުގެ ތެރެއިން ދޭ ދޭ ގައުމުތަކާއި އޮންނަ ގުޅުން ހީނަރުކުރުމަށް އެއްވެސް މީހަކަށް ފުރުސަތު ނުދެއްވާނެކަމަށް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.