ޖުމްހޫރީ ޕާޓީގެ ލީޑާރ ޤާސިމް އިބްރާހިމް
ހަބަރު
18 Feb 2023 | 11:58
ޖޭޕީ ގެ ލީޑަރު ކަމަށް ޤާސިމް ކުރިމަތިލައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އެޕާޓީގެ ލީޑަރުގެ މަޤާމުގައި ހުންނެވި ޤާސިމް އިބްރާހިމް ކުރިމަތިލައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް މިމަހުގެ 24 އަދި 25 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ތާރީޚަށް މިހާރު އެޕާޓީގެ އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަޤާމުގެ މުއްދަތު ހަމަވާނެއެވެ.

ޖޭޕީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައިޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ، ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ، ގާސިމްގެ އެގްޒެކްޓިވް ސެކްރެޓަރީ އިގްބާލް އާދަމް، މިހާރު ވެސް ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު ސައުދު، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އަދި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު ހިމެނެއެވެ.

ޖުމްހޫރީ ޕާޓީއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީއިން ވާދަކުރާނެކަން އިއުލާނުކޮށްފަ އެވެ. އެހެން ނަމަވެސް އިންތިޚާބުގައި ވާދަކުރާނީ ޕާޓީއިން ވަކި ކެންޑިޑޭޓެއް ނެރެގެން ކަމެއް ނުވަތަ އެހެން ސިޔާސީ ޕާޓީއަކާއި އެކު ކޯލިޝަން ހަދައިގެން ކަމާމެދު އަދި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ. 

އެކަމާއި ގުޅޭގޮތުން މީގެ ދުވަސްކޮޅެއް ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ޖޭޕީއާއެކު ކޯލިޝަން ހަދަން ބޭނުންވާ ފަރާތްތަކަށް އަދި އެ ފުރުސަތު އޮތް ކަމަށެވެ.

އެހެން ނަމަވެސް އެކަންކަން ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށާއި، ކައުންސިލުން ނިންމާ ގޮތެއްގެ މައްޗަށް ރިޔާސީ އިންތިޚާބުގެ ކަންކަން ތަރުތީބުވެގެން ދާނެކަމަށް ޤާސިމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.