ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ -- ފޮޓޯ/ ވޮައިސް
ރިޕޯޓް
18 Feb 2023 | 16:16
މާރިޔާ އިންޑިޔާ ދިފާއުކޮށް، ދިވެހި ރައްޔިތަކަށް ފާޑު ކިޔުމުން ހޫނުފެނަށް!

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް އެ ޕާޓީއިން ރޭ ބޭއްވި ޖަލްސާގައި، ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ދެއްކެވި ވާހަކަފުޅަކަށެވެ.

އިންޑިޔާ ދިފާއުކޮށް، ދިވެހި ރައްޔިތަކަށް ފާޑުވިދާޅުވެ މާރިޔާ ދެއްކެވި ވާހަކަފުޅަކަށް ގުޅިގެން މިއަދު މުޅި ސޯޝަލްމީޑިޔާގައި ގިނަ ބަޔަކު ދަނީ އެކަމަނާއާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.

މާރިޔާ ފާޑުވިދާޅުވެފައި ވަނީ، ބޭސްފަރުވާއަށް އިންޑިއާއަށް ދިޔުމުން ޑީޕޯޓުކޮށްލި ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ޞަމަދަށެވެ.

ޞަމަދު އާއިލާއާއެކު އިންޑިއާއަށް ބޭސްފަރުވާއަށް ކުރި ދަތުރުގައި، އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ހައްޔަރުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ދެ ދުވަސް ބަހައްޓާފައިވާއިރު، އޭނާ ބަހައްޓާފައި ހުރީ ފިނި ކޮޓަރިއެއްގައި ކަމަށް ޞަމަދު ވަނީ ކިޔައިދީފަ އެވެ. 

އެތަނުގައި އޭނާ ބަހައްޓާފައި ހުރިއިރު، އޭނާއަށް ގަޑިން ގަޑިއަށް ދޭން ޖެހޭ ބޭސްތައް ނުދީ، ކާން ނުދިނުމުގެ ސަބަބުން އަނބުރައިގަނެ އަވަސް ފަރުވާދޭން ޖެހުނުމަށް ޞަމަދު ވިދާޅުވެފައި ވެއެވެ. 

އެކަމަށް އަލިއަޅުވާލައި ރޭ މާރިޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެކަމަނާއާއި އެ މިނިސްޓްރީ ހަވާލުކުރައްވަމުން، ގައުމީ ދިފާއީ ބާރަކީ ފަޚުރުވެރި ގާބިލު ސިފައިން އުފައްދާ ތަނަކަށް ހެއްދެވުމަށް ރައީސް ޞާލިހު އެދިވަޑައިގެންނެވި ކަމަށެވެ. 

ދިފާއީ ބާރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރިކަމަށް ވިދާޅުވާ ޞަމަދު އިންޑިއާއިން އަނބުރާ ފޮނުވާލުމާއި ގުޅިގެން ހިއްސާކުރި ވާހަކަތަކަމަށް ބަލާއިރު، މި ސަރުކާރުގައި ގާބިލު ސިފައިން އުފެއްދިފައިވާކަމުގެ އިހުސާސް ކުރެވޭކަމަށް މާރިޔާ ވިދާޅުވި އެވެ. 

"މި ދޭތެރޭން މީޑިއާތަކުގައި އުޅުނު.. ކޮންމެ ރެއަކު ވަރަށް ބާރަށް އަޅުގަނޑުމެންގެ އަވައްޓެރި ގައުމުގެ މިލިޓަރީއާއި ދިމާލަށް އެކި ގޮތްތަކަށް ގޮން ޖައްސަވާ ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައިވެސް އެފައުޖުގެ ކުރީގައި ދިދަ ހިއްޕަވައިގެން ހުންނަވާ ބޭފުޅެއް.. ތުނބުޅިބާލައްވާ ކުޑަކޮށް ތައްޔާރުވެލައްވައިގެން އާއިލާއާއެކު އެ ގައުމަށް ވަޑައިގެންނެވީ. ދެން ފެނިގެން ދިޔައީ އަނބރާ ވަޑައިގަތްތަން.. ކެމެރާތައް ހުރީ އަޅުވާފަ.. ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ސިފައިންނާއި ފުލުހުންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން" 

މާރިޔާ ދީދީ ވިދާޅުވިއެވެ.

ޞަމަދަކީ ކުރިން ދިފާއީ ބާރުގައި މަސައްކަތް ކުރެއްވި ނަމަވެސް މިހާރު ރިޓަޔާޑް ބޭފުޅެކެވެ. އަދި ހިތުގެ ބައްޔަށް ބޭސްކުރަމުންދާ ބޭފުޅެކެވެ.

މިއަދު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން ދާއިރު، ޞަމަދަކީ ގަވައިދާއި ޚިލާފަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުވެތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލާ ކުރިއަށް ގެންދާ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. 

"އިންޑިއާ އައުޓު" ކެމްޕޭނުގައި ބައިވެރިވެ އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކަށް އިންޑިއާއިން ބޭނުން އަދަބެއް ދިނުމަކީ މައްސަލައެއް ނޫންކަމަށް ދޭހަވާ މޭރުމުން ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ޞަމަދު އިމިގްރޭޝަންގެ ފިނި ކޮޓަރެއްގައި ބަހައްޓާލުމުން، އެކަމަށް ކެތް ނުކުރެވުނީ ފިނޑިކަމުން ކަމަށެވެ.

އެއާއި ޚިލާފަށް މިހާރު ސިފައިންގެއިން ތަމްރީނު ކުރާ ސިފައިންނަކީ ފިނިކޮޓަރިއަކަށް ލައިގެން ރޯނެ ބައެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. 

"މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސިފައިންނާއި ފުލުހުންގެ އެ ހިތްވަރު ހުންނާނެ.. އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ތިބިފަކައެއް އައިސް ރޮއެއް ނުގަންނާނެ.. ހެދެނީ ނެހެދެނީ ކިހެނެއްކަމެއް ނޭގިގެން އުޅޭނެ ބައެއް ނޫން އަޅުގަނޑުމެން މި ތައްޔާރުކުރަމުން ދަނީ" 

މާރިޔާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އާއްމު ރައްޔިތުންނާ ހަމައިން ފެށިގެން ސިޔާސީ ބޮޑެތި މަގާމުތަކުގައި ތިއްބެވިި ބޭފުޅުން ވަނީ މާރިޔާއަށް ފާޑުކިޔާފައެވެ. 

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅަކީ މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިގެވެ، ޠާރިގު ވިދާޅުވީ ޑިފެންސް މިނިސްޓަރު އެ ހުންނެވީ ކޮންޕްރޮމައިޒް ވެފައި ކަމަށެވެ.

‏"ދިވެހި ސިފައިންނަށް. މިނިސްޓަރު މާރިޔާ ދިރިއުޅުއްވާގޭގެ 2 ފްލޯރގައި އިންޑިޔާގެ ޖާސޫސުން އުޅެމުންދޭތޯ ދިވެހި އަސްކަރިއްޔާއިން ބަލައިދެއްވާ. މިނިސްޓަރު އެ ހުންނެވީ ކޮމްޕްރޮމައިޒްވެފައި. މިނިސްޓަރު މާރިޔާއަކީ އިންޑިޔާއިން ބޭނުން ކޮންމެގަޑިއެެއްގައި ރާއްޖެ ހިފިދާނެކަމަށް ބުނި މީހެއް" 

ޠާރިގް ވިދާޅުވިއެވެ.

މީގެ އިތުރުން ވިލިމާލޭގެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާރިޔާގެ އެ ބަސްތައް ބަލައި ނުގަނެވޭ ކަމަށެވެ. ‏

"ކޮންމެ ޕާޓީއަކަށް ނިސްބަތްވިއަސް ދިވެހިރައްޔިތަކަށް ދިމާވާ ކަންކަމުގަ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ވާޖިބުކަމެއް. އޭގެބަދަލުގަ ފުރައްސާރަކޮށް މަލާމަތްކުރުމުން އެގެނީ މިސަރުކާރުގެ ބައެއް ވަޒީރުންގެ ފެންވަރު. މިވަރުގެ މީހުން ވަޒީރުކަމުގަ ބައިތިއްބަން ހެޔޮނުވާނެ." 

އުޝާމް ވިދާޅުވިއެވެ.

މާރިޔާގެ އެ ވާހަކަފުޅުތަކަށް ދިޔާނާ ސައީދުވެސް ވަނީ ފާޑުވިދާޅުވެފައެވެ.

ދިޔާނާ ވިދާޅުވީ، "އިންޑިޔާ އައުޓް" ކެމްޕޭނަށް ތާއީދު ނުކުރައްވާ ކަމަށާއި ނަމަވެސް ދިވެހި ރައްޔިތަކު ހުށަހެޅުނު ވޭނާ ތަކުލީފަށް އޭނަޔާމެދު ރަހުމުކުރުން އެއީ އޮތް ކަމެއް ކަމަށާއި އަދި ސިޔާސީ ފިކުރަށް ބަލައި ފަރަގު ނުކޮށް އޭނާގެ އިންސާނީ ކަރާމާތް ނެގެހެއްޓުމަކީ ވަޒީރުގެ ދުސްތޫރީ ވާޖިބެއް ކަމަށެވެ.

ރޭ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގިނަ ބައެއްގެ ފާޑުކިޔުން މާރިޔާއަށް އަމާޒުވެފައި ވަނީ އެކަމަނާ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

ކޮމެންޓް
ޔޫސުފް
މާރިޔާ އިސްތިއުފާ ދޭންޖެހޭ، ނޫންނަމަ ވަކިކުރަންޖެހޭ، ނޫންނަމަ އެފުރައްސާރަ ވާނީ ރައީސުޖްހޫރިއްޔާ ދިވެހިރައްޔިތުންނަށްކުރެއްވި ފުރައްސާރައަކަށް.
18 Feb 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.