ޑިފެންސް މިނިސްޓަރު މާރިޔާ ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި/ ފޮޓޯ: އެމްޑީޕީ
ހަބަރު
19 Feb 2023 | 05:42
އިދިކޮޅުން ތެޅިފޮޅުނަސް ވެރިކަމަށް ހުވާކުރައްވާނީ ރައީސް ޞާލިހު: މާރިޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އޮތް ތާއީދު ފެނި އިދިކޮޅުން ތެޅި ފޮޅެން ފަށައިފިކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ. 

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މިފަދައިން ވިދާޅުވެފައިވަނީ އެކަމަނާގެ އިސްތިއުފާއަށް ގޮވާލާ އިދިކޮޅުން އެކަމަނާގެ ގެކޮޅު ކުރިމަތީގައި މުޒާހަރާކުރަން ފެއްޓެވުމުން، ކުރެއްވި ޓްވީޓެއްގަ އެވެ. 

މާރިޔާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ޞާލިހަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތަށް ހާޒިރުވި މީހުންގެ އަދަދަށް ބަލާއިރު އެއްބުރުން އެމަނިކުފާނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަން އިދިކޮޅަށްވެސް މިހާރު ވިސްނިއްޖެ ކަމަށެވެ. 

އެހެންކަމުން އިދިކޮޅުން މިހާރު މަސައްކަތް ކުރަނީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަން 2012 ފެބުރުއަރީ 7 ގައި ބަދަލުކުރި ގޮތަށް އިންތިޚާބަކާއި ނުލާ ބަދަލުކުރުމަށްކަމަށް މިނިސްޓަރު މާރިޔާ ވިދާޅިވި އެވެ. 

"ރޭގެ ޖަލްސާއިން އަދަދު ފެނިއްޖެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިތުރު ދައުރަކަށް އެއްބުރުން އިންތިޚާބު ވާނެކަން އިދިކޮޅަށް ޔަގީންވެއްޖެ. ވޯޓުލައިގެން ވެރިކަން ނުލިބޭނެކަން ޔަގީންވުމުން ވޯޓާއި ނުލާ 2012 ފެބުރުއަރީ 7 ގައި ވެރިކަން ހޯދިގޮތަށް ހޯދާނަމޭ ހިތާ ތެޅިފޮޅެނީ"

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ 

މިނިސްޓަރު މާރިޔާ ވިދާޅުވީ އިދިކޮޅުން ތެޅިފޮޅުނަސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ނޮވެމްބަރު 11 ގައި ހުވާކުރައްވާނީ ރައީސް ޞާލިހުކަމަށެވެ. 

އިދިކޮޅުން މިރޭ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ގެކޮޅު ކުރިމަތީގައި މުޒާހަރާކުރަން ފެށީ، އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްޞަމަދު ހައްޔަރުކޮށް ކުރިމަތިވި ކަންތައްތަކާއި ގުޅިގެން ފުރައްސާރަކޮށް، މަލާމާތްކޮށް މާރިޔާ ވާހަކަދެއްކެވުމާއި ގުޅިގެންނެވެ. 

ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ދިވެހި ރައްޔިތަކަށް މާރިޔާ މަލާމާތްކުރީ އިންޑިއާ ރުއްސުމަށްކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި އެފަދަ ކަންކަން ބަލައިނުގަންނަކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ޞަމަދުގެ ކިބައިން މާފަށް އެދުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ސާލިހުމޫސާ
ފޭރިގެން ކުރާވެރިކަމެއް ގައުމުވިއްކާ އަޅުވެތި ކުރިބައިގަނޑައް ދޭނެ ވޯޓެއް ނެއް ކުރަނީ ވައްކަން ލޫޓުވަނީ ގައުމު ފަނާކުރަނީ ދީން ނުލިބޭނެ ވޯޓެއް
19 Feb 2023
ޢެކޮއި
ޑިފެންސް މިނިސްޓ މޮޔަވެވެއްޖެ ސާލިހައް އޮތް ތާއިދު ބޮޑުކަމުން އެހެން ތާވާނީ ރިއާސީ ފަތްކޮޅު އަރުވަނ ބޭއްވި ޖަލްސާއަށް މީހުން ގެންދިޔައީ މީހަކައް 1000ރ ރުފިއާދީގެން
19 Feb 2023
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.