ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް
ހަބަރު
19 Feb 2023 | 09:36
ވޯޓު ލުމެއް ނެތި ޖޭޕީގެ ލީޑަރު ކަމަށް ޤާސިމް ހޮވިއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގެ އިތުރު ދައުރަކަށް މިހާރުވެސް އެ މަގާމުގައި ހުންްނެވި ގާސިމް އިބްރާހިމް، ވޯޓެއް ނެތި އިންތިހާބު ވެއްޖެ އެވެ.

މިކަން ހާމަކުރައްވައި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ، ޖޭޕީގެ މަގާމް ތަކަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެ ހަމަވެފައިވާއިރު، ޕާޓީގެ ލީޑަރުގެ މަގާމުގެ އިތުރު ދައުރަކަށް ގާސިމް ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ނުލައްވާ ކަމަށެވެ. އެހެން ކަމުން ވޯޓެއް ނެތި އެމަނިކުފާނު އެ މަގާމަށް އިންތިހާބުވެފައިވާ ކަމަށް މިމަހު އޮންނަ ކޮންގްރެސްގައި އެކަމަށް ގޮތެއް ނިންމުން ނޯންނާނެ ކަމަށެވެ. 

ޖޭޕީގެ ލީޑަރު ކަމަށް ވާދަވެރިކަމެއް ނެތި ގާސިމް އިންތިޚާބު ވެ ވަޑައިގެންނެވި ނަމަވެސް، ޑެޕިއުޓީ ލީޑަރު ގެ މަގާމަށް ގިނަ ބޭފުޅުން ވާދަކުރައްވާއެވެ. 

އެގޮތުން، ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ، ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ، ގާސިމްގެ އެގްޒެކްޓިވް ސެކްރެޓަރީ އިގްބާލް އާދަމް، މިހާރު ވެސް ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު ސައުދު، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އަދި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުالله އަހުމަދު ހިމެނެއެވެ.

ޖުމްހޫރީ ޕާޓީއިން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީއިން ވާދަކުރާނެކަން އިއުލާނުކޮށްފަ އެވެ. އެހެން ނަމަވެސް އިންތިޚާބުގައި ވާދަކުރާނީ ޕާޓީއިން ވަކި ކެންޑިޑޭޓެއް ނެރެގެން ކަމެއް ނުވަތަ އެހެން ސިޔާސީ ޕާޓީއަކާއި އެކު ކޯލިޝަން ހަދައިގެން ކަމާމެދު އަދި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.

އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ކެންޑިޑޭޓް އަކަށް ވާނީ ޕާޓީގެ ލީޑަރެވެ. އެގޮތުން، 2008 ވަނަ އަހަރު އާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޕާޓީގެ ލީޑަރު ގާސިމް ވާދަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.