މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު/ ފޮޓޯ: ރާއްޖެ އެމް.ވީ
ހަބަރު
19 Feb 2023 | 18:07
ކޯލިޝަން ހަަދައިގެން ދައުލަތް ބަހާ އުސޫލު ބަލައެއް ނުގަނެވޭ: ޝިފާ

ކޯލިޝަން ހަދައިގެން ދައުލަތް ބަހާ އުސޫލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ޝިފާ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ރަސްމީކޮށް އެރުވުމާއި ހަމަ ވިދިގެން ކަހަލަ ގޮތަކަށް، ރައީސް ޞާލިހުގެ އަރިސް ދެ ބޭފުޅުން ޖުމްހޫރީ ޕާޓީގެ ލީޑަރާއި ބައްދަލުކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

ރައީސް ޞާލިހުގެ އަރިސް އެ ދެބޭފުޅުން ޤާސިމާއި ބައްދަލުކުރެއްވުމަށްފަހު ވަނީ އެ ބައްދަލުވުމަކީ އުންމީދީ ބައްދަލުވުމެއްކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރުގެ މިސްރާބު ހުރީ ކޯލިޝަނާއެކު އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމަށް ކަމަށް، ޤާސިމްއާއި ބައްދަލުކުރެއްވި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެފައި ވެއެވެ. 

އަލީ ނިޔާޒުގެ އެ ވާހަކަތަކާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ ޝިފާ ވިދާޅުވީ ބައި އަޅާއިރު ސިޔާސީ ޕާޓީތަކަށް އޮތް ބުރަދަން އެނގޭނީ ބަރުލަމާނީ ނިޒާމަކަށް ގޮސް ސިޔާސީ ޕާޓީތަކަށް ރައްޔިތުން ވޯޓު ދޭ މިންވަރު ދެނެގަނެގެން ކަމަށެވެ.

މިހާރު މި އޮތް ނިޒާމުގައި ކޮންމެ ފަހަރަކު ވެރިކަމަށް އައުމަށް، ކޯލިޝަނެއް ހަދާ، އެ ކޯލީޝަނުގައި ބައިޔަތު ހިފާ ސިޔާސީ ޕާޓީތަކަށް ބައިއަޅާ އުސޫލުން ގައުމު ވިއްކާލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫންކަމަށް ޝިފާ ވިދާޅުވި އެވެ. 

"ކޯލިޝަން ހަދައިގެން ދައުލަތް ބަހާލުން މީ ގަބޫލުކުރެވޭ ކަމެއް ނޫން. ބައި އަޅާއިރު އޮތީ ކޮން ބުރަދަނެއްކަން އެނގޭނީ ބަރުލަމާނީއަށް ގޮސް ޕާޓީތަކަށް ރައްޔިތުން ވޯޓު ދޭ ގޮތުން. ނޫނީ ބޭނުންވާ ގޮތަށް ބައި އަޅައިގެން ގައުމު އެކުގައި ވިއްކާލުމަކީ ގަބޫލު ކުރެވޭ އުސޫލެއް ނޫން"

މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު

ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމާއި ދެކޮޅަށް ޝިފާ ވަކާލާތު ކުރައްވާފައިވާއިރު، 2018 ވަނަ އަހަރު ވެރިކަން ހޯދުމަށް އެމްޑީޕީއިން ކޯލިޝަން ހަދައި، މިހާތަނަށް އެ ކޯލިޝަން ދެމެހެއްޓުމަކީ ކާމިޔާބީއެއްގެ ގޮތުގައި ރައީސް ޞާލިހު ގެންދަވަނީ ފާހަގަކުރައްވަމުން ނެވެ. 

އެއްވެސް ސިޔާސީ ޕާޓީއަކަށް ގިނިކަންޏާ ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިދާނެ ކަމަށް އެމަނިކުފާނު ގަބޫލެއް ނުކުރައްވައެެވެ. އަދި ވެރިކަން ހޯދުމަށް އެމަނިކުފާނު ގެންގުޅުއްވާ "މުޖައްރިބު" ފޯމިއުލާއަކީވެސް ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނެއްގެ ތެރެއިން ވެރިކަން ހޯދުމެވެ. 

ކޮމެންޓް
އަލީ
ދައުލަތް ކާންޖެހޭނީ އެކަނި އޮތަ.
19 Feb 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.