ނަޝީދުގެ ދެ މަންދޫބުން ޤާސިމްއާއި ބައްދަލުކުރައްވަނީ.. ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
20 Feb 2023 | 06:19
ރައީސް ޞާލިހުގެ ފެކްޝަނަށްފަހު، ނަޝީދުގެ ދެ މަންދޫބުން ޤާސިމް އަރިހަށް!

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ދެ މަންދޫބުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ބައްދަލުކުރައްވައިފި އެވެ. 

އެކަން ހާމަކުރައްވާފައިވަނީ އެ ބައްދަލުވުމުގެ ފޮޓޮއެއް ހިއްސާކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނު ކުރެއްވި ޓްވީޓެއްގަ އެވެ. 

ފިރުޝާނު ވިދާޅުވީ ގޮތުގައި "ފިކުރެއްގެ ދިރުން" ޓީމުގެ ފަރާތުން ރައީސް ނަޝީދުގެ މަންދޫބުންގެ ގޮތުގައި ޤާސިމްއާއި ބައްދަލުކުރެއްވީ ގދ އަތޮޅުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝާދު ހުސެއިން އާއި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. 

ރައީސް ނަޝީދުގެ ފަރާތްޕުޅުން ދެ މަންދޫބުން ޤާސިމްއާއި ބައްދަލުކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުން ދެ ބޭފުޅަކު ޤާސިމާއި ބައްދަލުކުރެއްވި ފަހުންނެވެ. ރައީސް ޞާލިހުގެ ފަރާތްޕުޅުން ޤާސިމާއި ބައްދަލުކުރައްވާފައިވަނީ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމެވެ. 

ރައީސް ޞާލިހުގެ ދެ މަންދޫބުން ޤާސިމާއި ބައްދަލުކުރެއްވުން 

އެ ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެއީ އުންމީދީ ބައްދަލުވުމެއް ކަމަށެވެ. އެމްޑީޕީގެ މިސްރާބު ހުރީ ކޯލިޝަނާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމުގެ މަގަށްކަމަށް އޭނާ ވިދާޅުވިއެވެ. 

ރައީސް ނަޝީދުގެ ފަރާތްޕުޅުން ޤާސިމްއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން އަދި ހާމަކޮށްފައެއް ނުވެއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ޖުމްހޫރީ ޕާޓީއިން ވެސް ވަނީ ފަށާފައެވެ. އިންތިޚާބުގައި ޖޭޕީން ވާދަކުރާނެކަމަށް ޕާޓީގެ ލީޑަރު ޤާސިމް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ޕާޓީއިން ވާދަކުރާނީ ކޯލިޝަނެއްގެ ތެރެއިންކަން ނުވަތަ ޕާޓީގެ ކެންޑިޑޭޓެއް ނެރެގެންކަން ކަނޑައަޅާނީ މި މަހުގައި އޮންނަ ޖޭޕީގެ ގައުމީ ކޮންގްރެސްއަށްފަހު އެކުލަވާލާ ކައުންސިލުންކަމަށް ޖޭޕީއިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.